ވީރަން އިން ކުންފުނިތަކާއި މުއައްސަސާތަކަށް ހާއްސަ ދުވުމެއް އޮގަސްޓު މަހު

ފޮޓޯ: ވީރަން

ފޮޓޯ: ވީރަން

ވިޔަފާރި ކުންފުނިތަކާއި މުއައްސަސާތަކުގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމާއި ޓީމް ރޫހު އާލާކުރުމުގެ މަގުސަދުގައި ވީރަން މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ ހާއްސަ ކޯޕަރޭޓް ރަން "ބީއެމްއެލް ވީރަން - ކޯޕަރޭޓްސް" ގައި ބައިވެރިވުމުގެ ފުރުސަތު އަދިވެސް އެބަ އޮތެވެ. 

ކްރޮސް ރޯޑުގައި އޮގަސްޓް 7، ގައި ބާއްވާ މި ދުވުމުގައި ބައިވެރިވުމުގެ ސުންގަޑިއަކީ އޮގަސްޓު 4، އެވެ. މިއީ ކޮންމެ ޓީމެއްގައި ފަސް ދުވުންތެރިން ހިމެނޭ، އަދި ކޮންމެ ދުވުންތެރިއަކު އެއް ކިލޯމީޓަރު ދުވަންޖެހޭ (ޖުމްލަ 5 ކިލޯމީޓަރުގެ) ރިލޭ ރޭހެކެވެ.  

ރާއްޖޭގައި ހިންގާ ކުންފުނިތަކާއި މުއައްސަސާތަކުގެ އިތުރުން ޖަމިއްޔާ ޖަމާއަތްތަކަށް ހާއްސަކޮށްގެން ބާއްވާ މި ރޭހުގައި އަންހެން އަދި ފިރިހެން ކެޓަގަރީ ހިމެނެ އެވެ. ކޮންމެ ޓީމެއްގައިވެސް ތިބެންޖެހޭނީ އެ ކުންފުންޏެއްގެ ފުލްޓައިމް މުވައްޒަފުންނެވެ.

"މިހާރު ވެސް ކުންފުނިތަކުން ދަނީ ބައިވެރިވަމުން. މިއީ ރާއްޖޭގައި އަލަށް ބާއްވާ މިފަދަ ފުރަތަމަ ރިލޭ. އަދިވެސް ބައިވެރިވުމުގެ ފުރުސަތު އެބަ އޮތް،" ވީރަންގެ މެނޭޖިން ޑިރެކްޓަރު ޒިނާން ވިދާޅުވި އެވެ. 

އަންހެން އަދި ފިރިހެން ދެ ކެޓަގަރީންވެސް އެންމެ މޮޅު ތިން ޓީމަށް ފައިސާގެ އިނާމާއި ތަށި ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ދުވުމުގެ އެއްވަނަ ޓީމަށް 20،000ރ. ދިނުމަށް ހަމަޖެހިފައިވާއިރު، ދެވަނަ ޓީމަށް 15،000ރ. އަދި ތިންވަނަ ޓީމަށް 10،000ރ. ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެއިތުރުން ރޭސް ފުރިހަމަކުރާ ކޮންމެ ދުވުންތެރިޔަކަށް ފިނިޝާ މެޑަލްއެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. 

މި ރޭހަކީ ކުޅިވަރުގެ ވާދަވެރިކަމާއެކު ކޯޕަރޭޓް އިޖުތިމާއީ ގުޅުން ބަދަހިކޮށް، މަސައްކަތުގެ މާހައުލުގައި ދުޅަހެޔޮކަން އިތުރުކުރުމަށް ލިބިގެންދާނެ ރަނގަޅު ފުރުސަތެކެވެ.

މި ހަރަކާތް ކުރިއަށް ދާނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއެކު ވެވުނު ދެ އަހަރު ދުވަހުގެ ޕާޓްނަޝިޕް އެއްބަސްވުމެއްގެ ދަށުންނެވެ.

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox