މެކްސިކޯގެ އިންފްލުއެންސަރަކު ލައިވްކުރަމުން ދަނިކޮށް ބަޑިޖަހައި މަރާލައިފި

Aug 6, 2026, 7:00 AM
ފޮޓޯ: އިންސްޓަގްރާމް

ފޮޓޯ: އިންސްޓަގްރާމް

މެކްސިކޯގެ މަޝްހޫރު ސޯޝަލް މީޑިއާ އިންފްލުއެންސަރެއް ކަމަށްވާ ސީޒާ ގަސްޓެލުމް، ޓިކްޓޮކްގައި ލައިވްކުރަމުން ދަނިކޮށް ބަޑިޖަހައި މަރާލައިފި އެވެ.

އަންގާރަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ގަސްޓެލުމް އޭނާގެ ދެ އެކުވެރިންނާއެކު، މެކްސިކޯގެ އުތުރުގެ ސިޓީއެއް ކަމަށްވާ ކުލިއަކާންގެ ޓްރެސް ރިއޯސްގައި ހުންނަ ފާސްޓް ފުޑް ރެސްޓޯރަންޓެއްގެ ބޭރުގައި ވީޑިއޯ ނަގަން ހުއްޓާ، ސައިކަލެއްގައި އައި ދެ މީހަކު ވަނީ އޭނާއާ ދިމާލަށް ކައިރިން ބަޑިޖަހާފަ އެވެ.

ޓިކްޓޮކްގައި ބައި މިލިއަނަށްވުރެ ގިނަ ފޮލޯވަރުން ތިބޭ ގަސްޓެލުމް އަކީ އާންމުކޮށް މަޖާ ވީޑިއޯތައް ގެނެސްދޭ ފަރާތެކެވެ.

މިއީ މެކްސިކޯގައި ސޯޝަލް މީޑިއާ އިންފްލުއެންސަރަކު މަރާލި ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ އަހަރުގެ ތެރޭގައި ވެސް އުމުރުން 23 އަހަރުގެ ވަލޭރިއާ މާކޭޒް ނަމަކަށް ކިޔާ އިންފްލުއެންސަރަކު، ބިއުޓީ ސަލޫނެއްގައި ހުރެ ޓިކްޓޮކް ލައިވް ކުރަމުން ދަނިކޮށް ވަނީ ބަޑިޖަހައި މަރާލާފަ އެވެ.

ގަސްޓެލުމް މަރާލި ވަގުތު އޭނާ އާއި އޭނާގެ އެކުވެރިން ތިބީ ޑެލިވަރީ ކުރާ މީހުން އާންމުކޮށް ބޭނުންކުރާ ފަދަ އޮރެންޖު ކުލައިގެ ކޯޓާއި ދަބަސް އަޅައިގެންނެވެ.

މެކްސިކޯގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމީހުން ތިބި ހެދުމުގެ ސަބަބުން ފުރަތަމަ ފުލުހުންނަށް ހީވީ އެއީ ޑެލިވަރީ ކުރާ މީހެއް ކަމަށެވެ. ނަމަވެސް ފަހުން އޭނާގެ ވަނަވަރު ކަމާބެހޭ ފަރާތްތަކަށް ވަނީ އެނގިފަ އެވެ.

މި ހާދިސާއާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާއިރު، ސައިކަލުގައި އައި ދެ މީހުން ވަނީ އެ ސަރަހައްދުން ފިލާފަ އެވެ.

ގަސްޓެލުމްއަށް މީގެ ކުރިން އެއްވެސް ކަހަލަ އިންޒާރެއް ލިބިފައިވޭތޯ އަދި ސާފެއް ނުވެ އެވެ.

އޭނާގެ އިންސްޓަގްރާމް އެކައުންޓަށް ބަލާއިރު، އޭނާ ކުރާ ދަތުރުތަކާއި، ރޭގަނޑުގެ ވަގުތުތަކުގައި ބޭރަށް ގޮސް އުޅޭ ފޮޓޯތަކުގެ އިތުރުން އަގުބޮޑު ކާރުތަކުގެ ކުރިމަތީގައި ނަގާފައިވާ ފޮޓޯތައް އާންމުކޮށް ހިއްސާކުރެ އެވެ.

އޭނާ ހިއްސާކޮށްފައިވާ އެއް ފޮޓޯއަކުން ފެންނަނީ "އެލް ގޯޑޯ ޕެރޫސީ" ގެ ނަމުން މަޝްހޫރުވި އިންފްލުއެންސަރު ލިއޯބާޑޯ އައިސްޕޫރޯގެ މަހާނަ ކައިރީގައި ހުއްޓަ އެވެ.

އައިސްޕޫރޯ ބަޑިޖަހައި މަރާލާފައިވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. ފުލުހުން ބުނާ ގޮތުގައި އެ މަރަކީ ސިނަލޯއާ ކާޓެލްގެ ދެ ފެކްޝަނެއްގެ މެދުގައި އޮތް ދެކޮޅުވެރިކަމާ ގުޅުންހުރި މަރެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"އެވެޓާ"ގެ އާ ސީރީޒް އިއުލާންކޮށްފި

މަގުބޫލު "އެވެޓާ" ފްރެންޗައިޒްގެ އާ އެނިމޭޓެޑް ސީރީޒް "އެވެޓާ ކުރުކް: ވޭވް އޮފް ކޭއޯސް" ނިއުޔޯކް ކޮމިކް ކޮންގައި ވަނީ އިއުލާންކޮށްފަ އެވެ. ޕެރަމައުންޓް ޕްލަސް އިން ދެއްކުމަށް ހަމަޖެހިފައިވާ މި ސީރީޒްގައި ފެންނާނީ ގުދުރަތީ ބާރުތައް ކޮންޓްރޯލްކުރާ ނުކިޔަމަންތެރި ފުރާވަރުގެ އެވެޓާއެއްގެ ވާހަކައެވެ.

ވައިލެޓްގެ ލޯބީގެ ވާހަކަ ގެނެސްދޭން "ބްރިޖަޓަން"ގެ ސީރީޒެއް

މަޝްހޫރު "ބްރިޖަޓަން" ސީރީޒްގެ ވައިލެޓް ބްރިޖަޓަންގެ ޒުވާން ދުވަސްވަރާއި އޭނާގެ ލޯބީގެ ވާހަކައަށް ބިނާކޮށް އާ ސްޕިން-އޮފް ސީރީޒްއެއް އުފެއްދުމުގެ މަސައްކަތް ނެޓްފްލިކްސް އިން ވަނީ ފަށާފައެވެ. ޝޮންޑާ ރައިމްސް ޕްރޮޑިއުސްކުރާ މި ލިމިޓެޑް ސީރީޒްގައި ފެނިގެންދާނީ ވައިލެޓް އާއި އެޑްމަންޑް ބްރިޖަޓަންގެ ގުޅުމުގެ ވާހަކަތަކެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކަކޮޅުން ފެންނަނީ އިވާން އާއި މައިރާ ބެލްކަނީގައި ތިބެގެން ލީން އާއި ނަދާލްގެ ވާހަކަ ދައްކާ މަންޒަރެވެ. އިވާންގެ މަޑުމައިތިރިކަމާއި ގާތްކަމުގެ ސަބަބުން މައިރާއަށް އުފާވެރި އިހުސާސްތަކެއް ކުރެވުނުއިރު، އެމީހުންގެ މެދުގައި ބަދަލުކުރެވުނީ ރަހުމަތްތެރިކަމުގެ އާދައިގެ ވާހަކަތަކެކެވެ.

194 އަހަރުވީ "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރު ހޯދައިފި

ދުނިޔޭގެ އެންމެ ދުވަސްވީ އެއްގަމު ޖަނަވާރު "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރަކީ އޭގެ ޖެނެޓިކް ސިފަތަކާއި ސެލްތައް ޒުވާންކަންމަތީ ދެމެހެއްޓުމުގެ ގާބިލުކަން ކަމަށް ސައިންސްވެރިން ހާމަކޮށްފިއެވެ. ދިރާސާތަކުން ދައްކާގޮތުގައި 194 އަހަރުވީ މި ކަހަނބުގެ ޑީއެންއޭ މަރާމާތުކުރުމާއި ހަށިގަނޑުގެ މުހިންމު ނިޒާމުތަކަށް އައިސްފައިވާ ބަދަލުތަކަކީ އޭތި އާދަޔާ ހިލާފަށް ގިނަ ދުވަހު ދިރިހުރުމަށް އެހީތެރިވާ މައިގަނޑު ސަބަބުތަކެވެ.

ބޮމުގެ އިންޒާރަކާ ގުޅިގެން ކޮންސެޓް ކުއްލި ގޮތަކަށް ކެންސަލް

އެމެރިކާގެ ކަންޓްރީ މިއުޒިކް ތަރި އެލާ ލެންގްލީ، އޮކްލަހޯމާގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ކޮންސެޓެއް ބޮމުގެ އިންޒާރަކާ ގުޅިގެން ކުއްލި ގޮތަކަށް ކެންސަލްކޮށްފިއެވެ. މި ފިޔަވަޅު އެޅީ ސަޕޯޓަރުންނާއި މުވައްޒަފުންގެ ސަލާމަތަށްޓަކައި ކަމަށް އޭނާ ބުނެފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިނބިއްސެއްގެ ބާރުމިން: ހީކުރާ ވަރަށް ވުރެ މާ ބާރުގަދަ!

ކިނބިއްސަކީ ނޭވާލާ ނިޒާމަށް ވަންނަ ބޭރުގެ މާއްދާތަކުން ހަށިގަނޑު ސަލާމަތްކުރުމަށްޓަކައި މަސައްކަތްކުރާ ބާރުގަދަ ނިޒާމެކެވެ. ކިނބިއްސެއްގެ އަޑު ގާތްގަނޑަކަށް 90 ޑެސިބެލްއަށް އަރާއިރު، އޭގެ ވައިގެ ދުވެލި ގަޑިއަކު 100 މޭލުގެ ބާރުމިނުގައި ހުރެ، އޭގެން ބޭރުވާ ފެންތިކިތައް 26 ފޫޓު ދުރަށް ދަތުރުކުރެއެވެ.

އެއްވަނަ ލިބުނީ އޭއައި ވީޑިއޯއަކަށް ކަން ފަޅައިއަރައިފި

ނިކޮންގެ 'ސްމޯލް ވޯލްޑް އިން މޯޝަން' މުބާރާތުން އެއްވަނަ ހޯދި ވީޑިއޯއަކީ ޖެނެރޭޓިވް އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އެއްޗެއްކަން ފަޅާއެރުމުން، އެ ފަރާތް މުބާރާތުން ވަނީ ޑިސްކޮލިފައިކޮށްފައެވެ. ސައިންޓިސްޓުންތަކެއް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ހިންގި ތަހުގީގަށްފަހު ނިކޮންއިން މި ނިންމުން ނިންމީ، މުބާރާތަށް ހުށަހަޅާ އުފެއްދުންތަކުގައި އޭއައި ބޭނުންކުރުމަކީ ގަވާއިދާ ހިލާފު ކަމަކަށް ވާތީއެވެ.

Newsletter

Get the latest news delivered straight to your inbox