މަސްތުވެ ހުރެ 26 ކިލޯގެ ޑްރަގް އެތެރެކުރި ޕައިލެޓަކު ހައްޔަރު
މަސްތުގެ ހާލަތުގައި ހުރެ ޖަކާޓާއަށް 26 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މެލޭޝިއާ އެއާލައިންސްގެ ޕައިލެޓަކު އިންޑޮނޭޝިއާގެ ކަސްޓަމްސްއިން ހައްޔަރުކޮށްފިއެވެ. ފައިސާގެ ބޭނުމުގައި މި ތަކެތި އުފުލި ޕައިލެޓްގެ މައްސަލަ ދެ ގައުމުގެ އިދާރާތަކުން ތަހުގީގު ކުރަމުންދާއިރު، އެއާލައިނުން ވަނީ މިފަދަ އަމަލުތައް ބަލައިނުގަންނާނެ ކަމަށް ބުނެފައެވެ.