ހޫނުގަދަވެ ޖަޕާނުގެ ޒުލަކުން ތިން ސިންގާ މަރުވެއްޖެ
ޖަޕާނުގެ ޓަމާ ޒޫލޮޖިކަލް ޕާކުގައި އުޅޭ ތިން އަންހެން ސިންގާއެއް، އާދަޔާ ހިލާފަށް ހޫނުގަދަވުމުގެ ސަބަބުން ދިމާވި ސިއްހީ މައްސަލަތަކެއްގައި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން އިތުރު ސިންގާތަކަކަށް ފަރުވާދެމުންދާއިރު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ޒޫގައި ސިންގާ ދައްކާލުމާއި ސަފާރީ ބަހުގެ ހިދުމަތް މިހާރު ވަނީ މެދުކަނޑާލާފައެވެ.