ކޮންގޯގެ ޖަންގަލިތަކުން އާ ބާވަތެއްގެ ރާމާމަކުނެއް ފެނިއްޖެ

Jul 16, 2026, 12:48 PM
ފޮޓޯ: ޖޫނިއާ އަމްބޯކޯ

ފޮޓޯ: ޖޫނިއާ އަމްބޯކޯ

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ ޖަންގަލިތަކުގައި ދިރިއުޅޭ، ފިޔާތޮށި ކުލައަކަށްދާ އޮރެންޖު ކުލައިގެ ތުންފަތަކާއި ކަޅު މޫނެއް ހުންނަ ރީތި ރާމާމަކުނަކީ، ސައިންސްގެ ދާއިރާއިން މުޅިން އަލަށް ފެނުނު ބާވަތެއްކަން ކަށަވަރުވެއްޖެ އެވެ.

ކަޅު ކުލައިގެ ކެހެރިގަނޑެއް އޮންނަ މި ރާމާމަކުނު ފެނިފައިވަނީ އެ ގައުމުގެ މެދުތެރޭ އިރުމަތީގައި އޮންނަ ލޮމާމީ ނޭޝަނަލް ޕާކުގެ ހިޔާބޮޑު ގަސްތަކުގެ ތެރެއިންނެވެ. އަދި އެ ސަރަހައްދުން މީގެ ފޮޓޯ ވެސް ވަނީ ނަގާފަ އެވެ.

އެ ސަރަހައްދުގައި މަސައްކަތްކުރާ ތިމާވެށި ރައްކާތެރިކުރާ ފަރާތްތަކަށް، ތަފާތު ސިފައެއް ހުރި މި ޖަނަވާރު އެންމެ ފުރަތަމަ ފެނިފައިވަނީ 2008 ވަނަ އަހަރު އެވެ. ނަމަވެސް އެ ފަހަރު އެމީހުންނަށް ނެގުނީ ސާފުނުވާ އެންމެ ފޮޓޯއެކެވެ.

އޭގެ 10 އަހަރު ފަހުން މި ރާމާމަކުނު އަލުން ފެނުމާ ގުޅިގެން، ބައިނަލްއަގުވާމީ ޓީމަކުން ވަނީ މީތި ހޯދައި ދިރާސާކުރުމުގެ މަސައްކަތް ފަށާފަ އެވެ. އަދި މި ދިރާސާތަކުން އެނގުނު ގޮތުގައި މިއީ މީގެ ކުރިން ސައިންސްވެރިންނަށް އެނގިފައި ނުވާ މުޅިން އާ ބާވަތެކެވެ.

މިއީ ވޭތުވެދިޔަ 75 އަހަރުގެ ތެރޭގައި އެފްރިކާއިން އަލަށް ފެނުނު ރާމާމަކުނުގެ ފަސްވަނަ ބާވަތެވެ.

ފްލޮރިޑާ އެޓްލާންޓިކް ޔުނިވާސިޓީގައި ޕީއެޗްޑީއަށް ކިޔަވަމުންދާ ޖޫނިއާ އަމްބޯކޯ އިސްވެ ހުރެ ކުރިއަށްގެންދިޔަ މި ހޯދުންތަކުގައި، ރާމާމަކުނުގެ އަޑު ރެކޯޑުކުރުމާއި، ފޮޓޯ ނެގުމުގެ އިތުރުން ޖެނެޓިކްސްއާ ގުޅޭ ތަފްސީލީ ދިރާސާތަކެއް ވަނީ ކޮށްފަ އެވެ.

މި ހޯދުންތަކުގެ ތަފްސީލުތައް މިހާރު ވަނީ ސައިންޓިފިކް މަޖައްލާއެއް ކަމަށްވާ "ޕްލޮސް ވަން" ގައި ޝާއިއުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރިޔާދުގެ މައި އެއާޕޯޓު ކައިރިން ބާރުގަދަ ގޮވުންތަކެއް

ޔަމަނުގެ ހޫތީންގެ ހަމަލާތައް ވަރުގަދަވެފައިވާ ދަނޑިވަޅެއްގައި، ސައުދީގެ ވެރިރަށް ރިޔާދުގެ މައި އެއާޕޯޓު ކައިރިން ބާރުގަދަ ގޮވުންތަކަކާއެކު ބޮޑު ދުންގަނޑެއް ފެނިއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ ވައިގެ މަގުން ހަމަލާއެއް އަތުވެދާނެ ކަމުގެ އިންޒާރު ސައުދީ ސަރުކާރުން ނެރެފައިވަނިކޮށް ކަމަށްވިޔަސް، މިކަމާ ގުޅޭގޮތުން ސަރުކާރުން ރަސްމީ ބަހެއް އަދި ބުނެފައެއް ނުވެއެވެ.

އެމެރިކާ އާއި ޑެންމާކުން ގްރީންލޭންޑާ މެދު އެއްބަސްވުމަކަށް

ގްރީންލޭންޑްގެ ސަލާމަތީ ކަންކަމާ ގުޅޭގޮތުން އެމެރިކާ އާއި ޑެންމާކުން އެއްބަސްވުމަކަށް އައިސްފައިވަނީ އެ ސަރަހައްދު ހިފާނެ ކަމަށް ބުނެ ޓްރަމްޕް ދެއްވި އިންޒާރުތަކާ ގުޅިގެން އުފެދުނު ނުތަނަވަސް ކަމަށް ފަހުގަ. މި އެއްބަސްވުމުގެ ދަށުން ގްރީންލޭންޑްގެ ސަލާމަތީ ކަންކަމުގައި އެމެރިކާއަށް ބޮޑެތި ބާރުތަކެއް ލިބިގެންދޭ.

ދެކުނު ކޮރެއާގެ ޓީމަށް އުތުރު ކޮރެއާގެ ގައުމީ ސަލާމް ޖަހައިފި

ޖަޕާނުގައި ބޭއްވި އޭޝިއަން ގޭމްސްގެ ހޮކީ މެޗެއްގެ ކުރިން، ދެކުނު ކޮރެއާގެ ގައުމީ ސަލާމުގެ ބަދަލުގައި އުތުރު ކޮރެއާގެ ގައުމީ ސަލާމް ޖެހުމުން މުބާރާތް އިންތިޒާމުކުރާ ފަރާތުން މައާފަށް އެދިއްޖެއެވެ. މި އޮޅުމާ ގުޅިގެން ދެކުނު ކޮރެއާގެ ކޯޗު ވަނީ މިއީ ދިމާވެގެންވާނެ ފަދަ ސީރިއަސް މައްސަލައެއް ނޫން ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ބައެއް މީޑިއާތަކަށް ވައިޓް ހައުސްއަށް ވަނުން މަނާކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރާ ބެހޭގޮތުން ދޮގު ޚަބަރު ފަތުރާކަމަށް ބުނެ ސީއެންއެން، އެމްއެސް ނައު އަދި ޕޮލިޓިކޯ ވައިޓް ހައުސްއަށް ވަނުން މަނާކުރަން ނިންމައިފިއެވެ. މި ނިންމުމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ދިން ޣައިރު ގާނޫނީ ހަމަލާއެއް ކަމަށް ބުނެ މީޑިއާތަކުން ވަނީ އެކަން ކުށްވެރިކޮށް، ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައެވެ.

ބޮލީވިއާގެ ޖަންގަލީ ތެރެއިން އާ ވައްތަރެއްގެ ބުޅަލެއް ފެނިއްޖެ

ގޭގައި ގެންގުޅޭ އާދައިގެ ބުޅަލެއްގެ ބޮޑުމިން ހުންނަ މި ކުޑަ ބުޅަލަކީ، އެ ސަރަހައްދުގައި އުޅޭ އެހެން ވަލު ބުޅާތަކާ ލަފާއި ކުރެހުންތައް އެއްގޮތްވުމުގެ ސަބަބުން، މީގެ ކުރިން މުޅިން އާ ބާވަތެއްގެ ގޮތުގައި ފާހަގަނުވެ އޮތް ޖަނަވާރެކެވެ.

15 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭން ކުރަނީ

"އުމުރުން 18 އަހަރުން ދަށުގެ ކޮންމެ ކުއްޖަކަށްޓަކައި، ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ރައްކާތެރިކަމުގެ އުސޫލުތަކަށް ތަބާވާންޖެހޭނެ. އެއްވެސް ވިހަ ނުވަތަ ދެވިހިފާ ފަދަ ސިފަތަކާއި، އޮޅުވާލުންތައް ހުރެގެން ނުވާނެ،" އޭނާ ވިދާޅުވި އެވެ.

ޖޯހަނަސްބާގްގައި ނުވަވަނަ އަންހެނެއްގެ ހަށިގަނޑު ފެނިއްޖެ

ދެކުނު އެފްރިކާގެ ޖޯހަނަސްބާގުން ފާއިތުވި ދެ މަސްދުވަހުގެ ތެރޭގައި މަރުވެފައިވާ ނުވަ އަންހެނުންގެ ހަށިގަނޑު ފެނުމާ ގުޅިގެން އެ ގައުމުގައި ކަންބޮޑުވުން ވަނީ އިތުރުވެފައެވެ. ފުލުހުން ބުނާގޮތުގައި މި މަރުތަކަކީ ސީރިއަލް ކިލަރެއްގެ އަމަލެއްކަން އަދި ކަށަވަރު ނުވި ނަމަވެސް، ފެނުނު ގިނަ ހަށިގަނޑުތަކުގައި އަނިޔާގެ ނިޝާންތައް ހުއްޓެވެ.

Newsletter

Get the latest news delivered straight to your inbox