އޮސްޓްރޭލިއާ އާއެކު ގިނަ ދާއިރާތަކަކުން ގުޅުން ބަދަހިކުރުމަށް ރާއްްޖެއިން މަޝްވަރާކޮށްފި

Jul 30, 2026, 4:00 PM
ޖުލައި 28، 2026: އޮސްޓްރޭލިއާ އާއި ދިވެހިރާއްޖޭގެ އިސް އޮފިޝަލުންގެ މެދުގައި ބާއްވާ ތިންވަނަ ބުރުގެ މަޝްވަރާތައް މާލޭގައި ނިންމާލައިފި

ޖުލައި 28، 2026: އޮސްޓްރޭލިއާ އާއި ދިވެހިރާއްޖޭގެ އިސް އޮފިޝަލުންގެ މެދުގައި ބާއްވާ ތިންވަނަ ބުރުގެ މަޝްވަރާތައް މާލޭގައި ނިންމާލައިފި

އޮސްޓްރޭޭލިއާ އާއެކު ގިނަ ދާއިރާތަކަކުން ގުޅުން ބަދަހިކުރުމަށް ދިވެހި ސަރުކާރުން މަތީ ފަންތީގެ އޮފިޝަލުންގެ މެދުގައި ކުރިއަށްގެންދިޔަ މަޝްވަރާތައް ނިންމާލައިފި އެވެ. 

މާލެ ސިޓީގައި ކުރިއަށްދިޔަ މި މަޝްވަރާތަކުގައި ރާއްޖޭގެ ފަރާތުން އިސްކޮށް ހުންނެވީ ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ އެވެ. އޮސްޓްރޭލިއާ ސަރުކާރުގެ ވަފްދުގެ އެންމެ އިސް އޮފިޝަލަކަށް ހުންނެވީ އެ ގައުމުގެ ޑިޕާޓްމަންޓު އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑުގެ ފަސްޓް އެސިސްޓަންޓް ސެކްރެޓަރީ ސާރާ ސްޓޯރީ އެވެ. 

ދެ ގައުމުގެ އެކި މިނިސްޓްރީތަކުގެ އިސް އޮފިޝަލުން ވެސް ބައިވެރިވި މި ބައްދަލުވުމުގައި ވަނީ ދެ ގައުމުގެ މެދުގައި މިހާރު ވެސް އޮތް ގުޅުން އިތުރަށް ބަދަހިކޮށް އެއްބާރުލުން އިތުރުކުރުމަށް އެއްބަސްވެފަ އެވެ. 

Advertisement

"ދިފާއީ، ސެކިއުރިޓީ އަދި ކަނޑުތަކުގެ ސަލާމަތްތެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، އިގުތިސޯދީ، ވިޔަފާރި އަދި ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން ދިނުމާއި، ތަރައްގީގެ ދާއިރާއިން އެއްބާރުލުން ދިނުމާއި، ސަރަހައްދީ ކަންކަމާއި، ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާއަތްތަކުގައި އެއްބާރުލުން ދިނުމަށް ވެސް މަޝްވަރާ ކުރެވުނު،"  ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.

ގައުމީ އެއާލައިން، މޯލްޑިވިއަނުން އަންނަނީ އޮސްޓްރޭލިއާގެ މެލަބަންއަށް ސީޒަނަލް ދަތުރުތަކެއް ކުރަމުންނެވެ. މިއީ ދެ ގައުމުގެ މެދުގައި ސީދާ ވައިގެ މަގުން ގުޅާލި ފުރަތަމަ ފަހަރެވެ. އަދި އޮސްޓްރޭލިއާގެ ސަރުކާރުން ވަނީ މިފަހުން ރާއްޖޭގެ އަސްކަރިއްޔާއަށް ގާޑިއަން ކްލާސް ޕެޓްރޯލް ބޯޓެއް ހަދިޔާކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox