ޝޯ ބާއްވާ ތަން ބަދަލުކުރުމަކީ އޮޕްޝަނެއް ނޫން: އޫބާ އިވެންޓްސް
ސޯޝަލް ސެންޓަރުގައި ބާއްވަން ހަމަޖެހިފައި އޮތް "ބިޔޯން އަގެއިން" ޝޯ ބާއްވާ ތަން ފަހު ވަގުތު ބަދަލުކުރަން ޔޫތު މިނިސްޓްރީން އެންގިޔަސް އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް އޫބާ އިވެންޓްސް އިން ބުނޭ. ތަން ބަދަލުކުރަން އެންގުމުގެ ސަބަބުން ޝޯ ކެންސަލް ކުރަން ޖެހުމާއެކު ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް ކުންފުނިން ބުނޭ.