ރައްކާތެރިނޫން ތަކެތި ވިއްކުމުން އަލީއެކްސްޕްރެސް 629 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

Jul 23, 2026, 8:41 AM
އަލީއެކްސްޕްރެސް

އަލީއެކްސްޕްރެސް

އޮންލައިންކޮށް ވިއްކާ ރައްކާތެރިނޫން އަދި ފޭކު މުދާ ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައިނުވާތީ، ޗައިނާގެ މަގުބޫލު އޮންލައިން މާކެޓްޕްލޭސް "އަލީއެކްސްޕްރެސް" 550 މިލިއަން ޔޫރޯ (629 މިލިއަން އެމެރިކާ ޑޮލަރު) އިން ޖޫރިމަނާކުރުމަށް ޔޫރަޕިއަން ކޮމިޝަނުން ނިންމައިފި އެވެ. 

މިއީ 27 ގައުމު އެކުލެވޭ ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ 'ޑިޖިޓަލް ސާވިސަސް އެކްޓް' ގެ ދަށުން މިހާތަނަށް ކޮށްފައިވާ އެންމެ ބޮޑު ޖޫރިމަނާ އެވެ. މީގެ މަސްތަކެއް ކުރިން، މިފަދަ މައްސަލަތަކެއްގައި އެހެން އޮންލައިން ވިޔަފާރިއެއް ކަމަށްވާ "ޓެމޫ" ވެސް 200 މިލިއަން ޔޫރޯއިން ޖޫރިމަނާކޮށްފައި ވާއިރު، މިދިޔަ އަހަރު އިލޮން މާސްކްގެ އެކްސް ވެސް 120 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައިވެ އެވެ. 

ޔޫރަޕިއަން ކޮމިޝަންގެ ޓެކްނޮލޮޖީ، ސެކިއުރިޓީ އަދި ދިމުގުރާތީ ކަންކަމާ ބެހޭ އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓް ހެނާ ވިރްކުނެން ވިދާޅުވީ، ފޭކު އަންނައުނާއި، ރައްކާތެރިނޫން ކުޅޭއެއްޗެއްސާއި، ނުރައްކާތެރި ކޮސްމެޓިކްސްގެ އިތުރުން ގާނޫނާ ހިލާފު އެހެނިހެން ތަކެތި އޮންލައިންކޮށް ފެތުރުމަކީ އޮންލައިން ވިޔަފާރީގައި ނުވެ ނުދާނެ ކަމެއް ނޫން ކަމަށާއި، މިއީ ޑިޖިޓަލް ސާވިސަސް އެކްޓުގެ ދަށުން އަދާކުރަންޖެހޭ ޒިންމާތަކަށް އަލީއެކްސްޕްރެސްއިން އަމަލުނުކުރުމުގެ ނަތީޖާ ކަމަށެވެ. 

ކުންފުނި ބޮޑުވުމަކީ އުޒުރެއް ނޫން ކަމަށާއި، ކަސްޓަމަރުންނަށް ރައްކާތެރިކަމާއެކު އޮންލައިންކޮށް ވިޔަފާރިކުރެވޭނެކަން ކަށަވަރުކުރުމަށްޓަކައި ނުރައްކާތައް ދެނެގަނެ، ރާވައިގެން ހައްލުކުރަންޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ދީފައިވާ ބަޔާނެއްގައި އަލީއެކްސްޕްރެސްއިން ބުނީ އަށް އަމަލުކުރަން ފެށީއްސުރެ ގާނޫނީ ޒިންމާތައް އަދާކުރުމަށް ބޮޑެތި ހަރަދުތަކެއްކޮށް، ނުރައްކާތައް ވަޒަންކުރުމަށާއި ކަސްޓަމަރުންގެ ރައްކާތެރިކަމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށެވެ. އަދި ކޮމިޝަނުން ކަނޑައެޅި ބޮޑު ޖޫރިމަނާއާމެދު ހިތްހަމަނުޖެހޭކަން ހާމަކޮށް އަލީއެކްސްޕްރެސްއިން ބުނީ، މިއީ އެކުންފުނިން ކޮށްފައިވާ މަސައްކަތްތަކާ ނުބައްދަލު ބޮޑު ޖޫރިމަނާއެއް ކަމަށާއި، މި ނިންމުން އިތުރަށް ދިރާސާކޮށް ކުރިއަށްދާނެ ގޮތްތައް ބަލަމުންދާ ކަމަށެވެ.

މި ޖޫރިމަނާއަކީ މިދިޔަ އަހަރުގެ ޖޫން މަހާ ހަމައަށް އެކުންފުނިން ކަންކަން ކޮށްފައިވާ ގޮތަށް ބަލައި ކުރި ޖޫރިމަނާއެކެވެ.

ކޮމިޝަނުން ބުނެފައިވަނީ، ގާނޫނާ ހިލާފު މުދާ ވިއްކުން ހުއްޓުވުމަށް އަލީއެކްސްޕްރެސްއިން އަޅާނެ އިސްލާހީ ފިޔަވަޅުތަކުގެ ޕްލޭނެއް ހުށަހެޅުމަށް އޮކްޓޯބަރު 20 ގެ ނިޔަލަށް އެކުންފުންޏަށް މުއްދަތު ދީފައިވާ ކަމަށެވެ.

ޔޫރަޕިއަން ޔޫނިއަންގެ 'ޑިޖިޓަލް ސާވިސަސް އެކްޓް' އަކީ އިންޓަނެޓް ބޭނުންކުރާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ގާނޫނާ ހިލާފު ނުވަތަ ގެއްލުންހުރި މައުލޫމާތާއި ތަކެތި ފެތުރުން ހުއްޓުވުމަށް އެކުލަވާލާފައިވާ ގާނޫނެކެވެ.

މި ނިންމުން އައިސްފައިވަނީ އަލީއެކްސްޕްރެސްގެ މައި ކުންފުނި "އަލީބާބާ" އިން، އެމެރިކާއަށް ގާނޫނާ ހިލާފު ބޭހާއި ކެމިކަލް އެތެރެކުރި ކަމަށް ބުނެ އެމެރިކާ ސަރުކާރާއެކު އުފެދުނު މައްސަލަ ހައްލުކުރުމަށް 600 މިލިއަން ޑޮލަރު ދެއްކުމަށް އެއްބަސްވިތާ ހަފުތާއެއް ވެސް ނުވަނީހެވެ.

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox