ޓްރެފިކް ޖޭމްގެ ބޮޑު ސިއްރު ހާމަކޮށްފި؛ ލައިންއަޕްއާ އަލަށް ގުޅުނީ އައްޑޮ އާއި އިއްބެ

މަޝްހޫރު ރޮކް ބޭންޑު، ޓްރެފިކް ޖޭމްގެ އައު ލައިންއަޕް. އަބްދުالله އަރަފާތު (އައްޑޮ) ، މުހައްމަދު ފަޒީހު (ފައުބެ) މުހައްމަދު ރަޝީދު (ކަޔާނޯ) އިބްރާހިމް ސާމިހު (އިއްބެ) -- ފޮޓޯ: ޓްރެފިކް ޖޭމް

މަޝްހޫރު ރޮކް ބޭންޑު، ޓްރެފިކް ޖޭމްގެ އައު ލައިންއަޕް. އަބްދުالله އަރަފާތު (އައްޑޮ) ، މުހައްމަދު ފަޒީހު (ފައުބެ) މުހައްމަދު ރަޝީދު (ކަޔާނޯ) އިބްރާހިމް ސާމިހު (އިއްބެ) -- ފޮޓޯ: ޓްރެފިކް ޖޭމް

މަޝްހޫރު ރޮކް ބޭންޑު، ޓްރެފިކް ޖޭމްގެ ލައިންއަޕާ އަލަށް ގުޅުނު ދެ މެންބަރުން އެ ބޭންޑުން އިއުލާނުކޮށްފި އެވެ.

ޓްރެފިކް ޖޭމްގެ ފޭނުންގެ ހިތްތައް ތަޅުވައިލުމަށްފަހު އެ ބޭންޑާ އަލަށް ގުޅުނު ބޭސް ގިޓަރިސްޓާއި ޑްރަމަރު އިއުލާނުކުރީ މިއަދު އެވެ. ބޭސް ގިޓަރިސްޓެއްގެ ގޮތުގައި އެ ބޭންޑާ ގުޅުނީ މަޝްހޫރު މިއުޒީޝަން، އަބްދުالله އަރަފާތު (އައްޑޮ) އެވެ. ޑްރަމަރެއްގެ ގޮތުގައި އެ ބޭންޑާ ގުޅުނީ ކުޅަދާނަ ޑްރަމަރު، އިބްރާހިމް ސާމިހު (އިއްބެ) އެވެ.

އައްޑޮއަކީ ފަސީލައިވް އަދި ވަލު އިލްމުގެ އިތުރުން އީމާންސް ކޮންސްޕިރަސީ ފަަދަ ބޭންޑުތަކުގެ ފައުންޑިން މެންބަރެކެވެ. އޭނާއަކީ 90 ގެ އަހަރުތަކާއި 2000 ގެ އަހަރުތަކުގައި ރާއްޖޭގެ މިއުޒިކީ އުދަރެހުގައި ފިޔަޖެހި އިލްސައިޓް އަދި 2005 ވަނަ އަހަރު އުފެއްދި ތްރޭޝް މެޓަލް ބޭންޑު ސެރެނިޓީ ޑައިސް ފަދަ ބޭންޑުތަކުގައި ވެސް މުހިންމު ދައުރެއް އަދާކުރި ފަންނާނެކެވެ.

އޭގެއިތުރުން ވެސް އައްޑޮ ވަނީ އައްފާން އާއި ހައިޝަމް އާއި ޝިއުޒްގެ އިތުރުން ނިޝް ނާޝިދުއާއެކު ވެސް މުހިންމު މަސައްކަތްތަކެއް ކޮށްފަ އެވެ.

އައްޑޮގެ މަސައްކަތްތަކުގެ ތެރޭގައި އިލްސައިޓްގެ އަލްބަމް، އާފްޓާ ލައިފް އާއި ފަސީލައިވްގެ ވެންޖެންސް އަދި ސިލްވާގެ އިތުރުން އައްފާންގެ ގެނބެންދެން އަލްބަމްގެ މަސައްކަތްތައް ހިމެނެ އެވެ. އޭނާގެ ސިންގަލްސްގެ ތެރޭގައި ޓްރެފިކް ޖޭމްގެ އެއްގަޑި ބައި އާއި ނިޝް ނާޝިދުގެ ދެވިހިފީ އަދި އަބްސީގެ ބައެއް ލަވަތައް ފާހަގަކޮށްލެވެ އެވެ.

އައްޑޮއަކީ މިއުޒިކް މިކްސިން އަދި މާސްޓަރިންގެ މަސައްކަތުގައި ވެސް ފާހަގަކޮސްލެވޭ މަސައްކަތްތަކެއް ކޮށްފައިވާ ފަންނާނެކެވެ. އެގޮތުން އޭނާގެ މަސައްކަތްތަކުގެ ތެރޭގައި ޓްރެފިކް ޖޭމްގެ އަލިފް ބާ ޅަވިޔަނި އާއި ނިޝް ނާޝިދުގެ ގަރުބަގަތީ އަދި އޭނާގެ އެޑްރެނަލައިން ފާހަގަކޮށްލެވެ އެވެ.

އެ ބޭންޑާ ދެން ގުޅުނު، އިއްބެއަކީ 90 ގެ ފަހުކޮޅާއި 2000 ގެ އަހަރުތަކުން ފެށިގެން މިއަދާ ހަމައަށް ވެސް އެ ބޭންޑެއްގެ އުފެއްދުންތަކަށް ދިވެހީންގެ ހިތްތަކުން ދީފައިވާ ޖާގައަށް ބަދަލެއް ނާންނަ، ދިވެހިރާއްޖޭގެ ލެޖެންޑްރީ ބޭންޑު މެޒޯ އާއި އެ ބޭންޑުގެ ބައެއް މެންބަރުން ފަހުން އުފެއްދި ސަލްޓަންސް އަދި ފަސީލައިވް ފަދަ ބޭންޑުތަކުގެ ޑްރަމަރުގެ ޒިންމާ އަދާކުރި ފަންނާނެކެވެ. އޭނާއަކީ ފަސީލައިވްގެ ކޯ ފައުންޑަރެވެ.

އިއްބެއަކީ ހުނަވެރި ޑްރަމަރެއްގެ އިތުރުން ކުޅަދާނަ މިއުޒިކް ކޮމްޕޯޒަރެއް އަދި މިއުޒިކް ޕްރޮޑިއުސަރެއް ވެސްމެ އެވެ. އޭގެއިތުރުން އޭނާއަކީ ލަވަކިޔައި ލަވަ ލިޔެ ޅެން ހެދުމުގެ އިތުރުން ރިކޯޑިން އާޓިސްޓެއް ވެސްމެ އެވެ.

އިއްބެގެ ފާހަގަކޮށްލެވޭ މަސައްކަތްތަކުގެ ތެރޭގައި މެޒޯގައި އޭނާކުރި މަސައްކަތުގެ އިތުރުން ފަސީލައިވްއިން ނެރުނު އަލްބަމްތައް ހިމެނެ އެވެ.

ޔޫރަޕްގެ ބެޓްލް އޮފް ދަ ބޭންޑްސް (އެމާޖެންޒާ) 2006-2007 ގައި ފަސީލައިވް ވާދަކޮށް 400 ބޭންޑުގެ ތެރެއިން އެންމެ މޮޅު ތިން ބޭންޑުގެ ތެރޭގައި ހިމެނުނުއިރު، އިއްބެއަކީ އެ ބޭންޑުގެ ޑްރަމަރެވެ.

އޭގެފަހުން 2009 ވަނަ އަހަރު ފަސީލައިވްއިން ވަނީ އިނގިރޭސިވިލާތުގެ މަގުބޫލު އެތައް ތަނެއްގައި ކުޅުމުގެ ފުރުސަތު ހޯދައި އެއް އަހަރު ދުވަހުގެ ޓުއާއެއް އިއްބެގެ ބައިވެރިވުމާއެކު ފުރިހަމަ ކޮށްފަ އެވެ.

އިއްބެއަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި އިންޓަނޭޝަނަލް މިއުޒިކް ފެސްޓިވަލް، ބްރޭކްއައުޓްގެ ކޯ ކްރިއޭޓަރެވެ. އަދި ހުނަރުވެރި އެތައް ގިޓަރިސްޓުންނެއްގެ ހުނަރު ދައްކާލުމުގެ ފުރުސަތު ލިބިގެންދިޔަ ގިޓާ އައިޑޮލް ގެ ފަހަތުގައި ތިބި ކޯ ގްރޫޕުގެ ވެސް މުހިންމު މެންބަރެކެވެ.

އިއްބެ އާއި އައްޑޮ ލައިންއަޕްގައި ހިމަނައިގެން ޓްރެފިކް ޖޭމްއިން ފުރަތަމަ ޕާފޯމް ކުރާނީ މި މަހުގެ 18 ވަނަ ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައި އޮންނަ އުރީދޫ ފަންރަން މިއުޒިކް ޝޯ ގަ އެވެ.

އެ ޝޯ ފަށާނީ އެރޭ 8:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox