އެސްއާރްގެ "ވަލު ދޮރޯށި" ؛ ހަޔާތެއްގެ ލަވަތައް ބަލަން ދާން ވާނެ!

ސިމްބޮލިކްސް ރެކޯޑްސް (އެސްއާރު) އިން ކުރިން ދިން ޝޯގެ ޕާފޮމެންސެއް: ހުކުރު ދުވަހުގެ ރޭ އެ ގްރޫޕްގެ ހާއްސަ ޝޯއެއް އޮންނާނެ

ސިމްބޮލިކްސް ރެކޯޑްސް (އެސްއާރު) އިން ކުރިން ދިން ޝޯގެ ޕާފޮމެންސެއް: ހުކުރު ދުވަހުގެ ރޭ އެ ގްރޫޕްގެ ހާއްސަ ޝޯއެއް އޮންނާނެ

ސިމްބޮލިކް ރެކޯޑްސްގެ އާޓިސްޓުން ބޮޑު ޝޯއެއް ބާއްވަން ތައްޔާރުވެއްޖެ އެވެ. ހުކުރު ދުވަހުގެ ރޭ ބާއްވާ އެ ޝޯ އަކީ ޖުމުލަ ތިން ގަޑިއިރަށް ދެމިގެންދާނެ ޝޯއެކެވެ. ރާއްޖޭގެ އެންމެ މަގުބޫލު، ބޮޑު ސަޕޯޓް ބޭސްއެއް އޮތް ރެޕް ލޭބަލްގެ ހުށަހެޅުންތައް އެއް ރެއެއްގައި އެހާ ދިގުކޮށް ބަލައިލަން ލިބޭނެ މިއީ ފުރަތަމަ ފަހަރެވެ. އެފަދަ ފުރަތަމަ ޝޯއެވެ.

ދިވެހި ލަވަތަކުގެ ކަޑިތައް ރެޕް ސްޓައިލަށް ބައްޓަންކޮށް މުޅީން އަމިއްލަ ރާގާއި ލިރިކްސްގެ އުފެއްދުންތައް ނެރެމުން އަންނަތާ 10 އަހަރުވީ މި ލޭބަލްގެ އަމިއްލަ ޝޯއެއް މި ބާއްވަނީ އަލަށެވެ. މީގެ ކުރިން ހުށަހަޅައިދިނީ އެހެން ފަރާތްތަކުން ބާއްވާ ޝޯތަކުގައެވެ. އެންމެ ގިނަވެގެން ވެސް ބައި ގަޑިއެެއްހާ އިރަށެވެ.

މި ސަބަބަށް ޓަކައި އެކަނި ވެސް، އޮލިމްޕަސް ބެކްޔާޑް ސްޓޭޖްގައި އޮންނަ މިޔުޒިކް ޝޯ ވަރަށް ހާއްސަ އެވެ.

"މީގެ ކުރިން އެހެން މީހުން ބާއްވާ ޝޯތަކުގަ އެސްއާރުން ޕާފޯމް ކޮށްފަ ހުންނާނީ 30 އިން 45 މިނެޓަށް، އެންމެ ގިނަ ވެގެން ވެސް، ހުކުރު ދުވަހުގެ ރޭ، ތިން ގަޑިއިރުގެ ޝޯއެއް، އެސްއާރު އުފެދުނީއްސުރެން އެންމެ ފަހުން ނެރުނު އަލްބަމާ ހަމައަށް ނެރެފެ ހުރި އެކި ސްޓައިލްގެ ލަވަތައް، 40އެއްހާ ލަވަ ޕާފޯމްކުރާނެ،" އުންމީދުން ފުރިފައިވާ ޝޯއާ ގުޅޭ ގޮތުން އެސްއާރުގެ އެއް ބާނީ އަދި ރެޕް އާޓިސްޓު އިސްމާއިލް އިފްހާމް (ޕެސްޓް) ބުންޏެވެ.

އެސްއާރުގެ ޝޯ ބަލަން ސަޕޯޓަރުން ދާންވީ ސަބަބުތަކުގެ ދިގު ލިސްޓެއް، އެ ގްރޫޕްގެ ފަންނާނުންގެ އަތުގައި އެބަ އޮތެވެ. ލިސްޓުގެ އެންމެ ފުރަތަމަ އޮތް ސަބަބަކީ ވެސް ޕެސްޓެވެ. ރެޕްގެ ރަސްގެފާނުގެ ނަމުން އެންމެން ވެސް ދަންނަ ޕެސްޓު، މިދިޔަ ތިން އަހަރެއްހާ ދުވަހު އުޅުނީ މަސްތުވާތަކެތީގެ ތުހުމަތުތަކެއްގައި ތާއްޓެއްގަ އެވެ. އެ ދުވަސްތައް މާޒީއަށްވެ، ޕެސްޓު ނުކުންނާނީ އެސްއާރުއާ މިހާރު ގުޅިފައިވާ ޒުވާން އާ އެތައް ފަންނާނުންނާ ވެސް އެކުގަ އެވެ.

  • ޕެސްޓްއާއި ޖައިލަމް (ބޭ) ދުވަސްތަކަކަށް ފަހު އެކުގައި ފެންނަ ފުރަތަމަ ޝޯ
  • އެސްއާރުގެ ޒުވާން ފަންނާނުންގެ ބެޗާއި ސީނިއާ ފަންނާނުންގެ ބެޗު އެއްކޮށް ފެނިގެން ދިޔުން
  • ދުވަހަކު ވެސް ޝޯތަކުގައި ޕާފޯމް ނުކުރާ އެތައް ލަވައެއް އެކީގައި ކިޔާނެ
  • އެސްއާރުގެ ފުރަތަމަ ޝޯ، އެސްއާރުގެ މުޅި ދަތުރު ދައްކައިދޭނެ

"އަހަރެން ވެސް، ޕެސްޓްއާ އެއްކޮށް ނުކިޔާ ބައިވަރު ލަވަތައް، އެއްކޮށް ޕާފޯމް ކޮށްލަން ލިބޭ ފަހަރެއް މިއީ، ޔަންގު ބެޗާއި އޯލްޑް ބެޗާ. ޔަންގު ބެޗު ވެސް (ލައިވް ޕާފޮމެންސް)އަށް ޓެސްޓުކޮށްލަން ލިބޭ ފުރުސަތެއް މިއީ، އެސްއާރުގެ ހުރިހާ ޖެނެރޭޝަނެން، މުޅި ޖާނީ ފެންނާނެ ޝޯއެއް މީ،" އެސްއާރުގެ އެއް ބާނީ އަދި އެންމެ ސީނިއާ އެއް ފަންނާނު، ބޭ ބުންޏެވެ.

ކީއްވެ، "ވަލު ދޮރޯށި" ނަން؟

އެސްއާރުގެ ޝޯއަށް ދީފައިވާ ނަމަކީ "ވަލު ދޮރޯށި - ސޭޅިކުރި ބަސްވާރުންގެ އިންޤިލާބު" އެވެ.

އެ ލޭބަލްގެ ޕަބްލިކް ރިލޭޝަންސް ޑިކްރެޓަރު ނާއިލް ނަޝީދު ބުނީ "ވަލު ދޮރޯށި" ނަން ދޭން ވިސްނި އެއް ސަބަބަކީ ޝޯ ބާއްވަނީ އޮލިމްޕަސްގެ ވަލުދޮރޯށިން ވަދެވޭ ސްޓޭޖެއްގައި ކަމަށްވުމުން ކަމަށެވެ. އަނެއް ސަބަބަކީ، އަދި އެ ނަމުގެ ފަހަތުގައިވާ ބޮޑު ވާހަކައަކީ އެސްއާރު އުފެދުނު ގޮތެވެ.

އެސްއާރުގެ ގިނަ ފައުންޑަރުން ވެސް ބުނާ ގޮތުގައި އެއީ ވަލުދޮރޯއްޓަކުން އިންޑަސްޓްރީއަށް ވަދެތިބި ބަޔެކެވެ.

"އަހަރެމެން މި އިންޑަސްޓްރީއަށް ވަންނަން، ބަޔަކު ތަނބަކަކަށް ލައިފަ ދިނީއެއް ނޫން، ދޮރެއް ހުޅުވައިދިނީއެއް ނޫން، ވަލުދޮރާށިން ވަދެ ގަތީ، ވަރަށް ގިނަ ފައިޓްސް އެއީ، ކުޑަ ދޮރަކުން ވިޔަކަސް ވަންނަން އުޅެ ނުވަދެވިގެން، އެންމެ ފަހުން ވަލު ދޮރޯއްޓަކުން ވަދެވުނީ،" ބޭ ކިޔައިދިނެވެ.

ޝޯގެ ނަމުގައި ދެން ހިމެނޭ ބައިގައި ވެސް ބުނެދެނީ އެ ވާހަކައެވެ. ސޭޅިކުރުމުގެ މާނައަކީ ބައެއްގެ ތެރޭގައި ބާކީ ކުރުމެވެ. ބަސްވާރުންނޭ އެ ބުނަނީ ބަސް އުފައްދާ، ނޫނީ ލަފުޒުތަކުން ކަޑިތަކާއި ޅެން އުފައްދާ މީހުންގެ ވާހަކަ އެވެ. އިންޑަސްޓްރީގައި އެސްއާރު މިހާރު އޮތް މަގާމަށް އާދެވުނު ގޮތް ސިފަކުރީ އިންޤިލާބެއް ގޮތަށެވެ.

"ބަޔަކު ކަމެއްގައި ކުރިއަރައިގެން ގޮސްދާނެތީ، މިއީ ކޮންޓްރޯލް ނުވެދާނެ ބަޔެކޭ، ފާޑެއްގެ އާ ވައްތަރެެއްގެ އެއްޗެއް ލިޔާ ބަޔެކޭ، މި މީހުންގެ ފޮތްތައް ޖެހޭނީ ނައްތާލާށޭ، އެހެން ސޭޅިކުރަން ތިއްބައި ގެނެވުނު ރެވޮލިއުޝަނެކޭ މި ޝޯއާ ހަމައަށް އާދެވުމަކީ، މި އަންނަން އުޅެނީ ވެސް،" ނާއިލް އިތުރަށް ބުންޏެވެ.

އެސްއާރުގެ ފަންނާނުން ކިޔައިދިން ގޮތުގައި "ވަލު ދޮރޯށި" ޝޯގައި އެ ލޭބަލްގެ އެކި ޖީލުގެ ފަންނާނުން އެކުގައި، އެކި ދުވަސްވަރު އުފެއްދި އެކި ލަވަތައް ހުށަހަޅައިދީގެން އެ ލޭބަލްގެ މުޅި އެ ހަޔާތް ބަލައިލަން ލިބޭނެ އެވެ.

"އަހަރުންގެ ފުރަތަމަ އަލްބަމް، މަގުމަތި އަލްބަމުން ފެށިގެން ގޮސް، މިހާތަނަށް ގެނެސްދިން އެކި އަލްބަމްގެ އެކި ލަވަތައް، އެކި އިހުސާސްތައް އެކުލެވޭ ލަވަތައް، އެ އިހުސާސްތަކާ ވެސް އެކީގައި، އެކި ވާހަކަތައް މި ލަވަތަކުން މި ކިޔައިދެނީ، އަހަރެމެންގެ މުޅި ޖާނީ އެ ދައްކައިދެނީ، އޭގަ އެ ބައިވެރިވެވެނީ،" ނާއިލް ބުންޏެވެ.

މިއީ އަދި ފެށުމެއް، އެދެނީ ފޭނުންގެ ބައިވެރިވުމަށް

އެސްއާރުގެ އަމާޒު މިހާރު އޮތީ މިޔުޒިކް ޝޯ ދިނުމުގެ ސަގާފަތެއް އުފެއްދުމަށެވެ. އެ ލޭބަލްއިން ބުނަނީ ހުކުރު ދުވަހުގެ ރޭގެ ޝޯއަކީ ސިލްސިލާއެއްގެ ފުރަތަމަ ބާބު ކަމަށެވެ. އަދި އިތުރު ޝޯތައް އޮތީ ކުރިއަށެވެ.

ޕަބްލިކް ރިލޭޝަންސް ޑިރެކްޓަރ ނާއިލް ދެން ކިޔައިދިނީ މުޅި މިޔުޒިކް އިންޑަސްޓްރީގެ ހާލަތެވެ. މިޔުޒިކް ޑިޖިޓަލްކޮށް ލިބޭ ގޮތް ވީ ފަހުން ރާއްޖޭގައި ފަންނާނުންނަށް ރަނގަޅު އާމްދަނީއެއް ނުލިބެ އެވެ. އެސްއާރު ވެސް ކުރިއަށް ދާން ފޭނުންގެ އިތުރު އެހީ ބޭނުންވެ އެވެ. ޝޯއަކީ އެ ކަމަށް ދެވޭ ކޮންޓްރިބިއުޝަނަކަށް ހެދުމަށް ނާއިލް އެދުނެވެ.

"އެސްއާރުން ވެސް ފޭނުން ހިތްހަމަޖެހޭ ޕްރޮޑަކްޓްސް ނެރެން، ފޭނުންގެ ސަޕޯޓާއި ކޮންޓްރިބިއުޝަން ބޭނުންވެޔޭ، ސްޓޫޑިއޯއެއް ހިންގަން ޖެހޭ، ވަސީލަތްތައް އިތުރު ކުރަން ޖެހޭ، ނޫނީ ހުއްޓިގެންދާނީ، ޝޯ ކަލްޗާއަކީ މި ކަން ދެމެހެއްޓިނިވި ގޮތަކަށް ގެންދަން އޮތް މޮޑެލްއެއް،" ނާއިލް ބުންޏެެވެ.

މި ޝޯ ބޭއްވުމުގައި ބައިސްކޯފާއި ޕްރިންޓްލެބް އަދި އެކްސްބީއެޗްގެ އިތުރުން ބައެއް ފޭނުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަމަށް އެސްއާރުން ޝުކުރު އަދާކުރި އެވެ. އާދައިގެ މަތިން ސިމްބޮލިކް ރިކޯޑްސްގެ އެންމެ ބޮޑު ޝުކުރެއް މިފަހަރުވެސް އޮތީ އެ ލޭބަލްގެ ފޭނުންނަށެވެ. ސިމްބޮލިކް ރިކޯޑްސްއިން މި ގެންނަ އިންގިލާބުގައި ދެގޮތެއްނުވެ ތިބި ރަތާ ކަޅުގެ ލަޝްކަރަށެވެ.

“ވަލުދޮރޯށި” ޝޯ އޮންނާނީ ހުކުރު ދުވަހުގެ ރޭ އޮލިމްޕަސް ވީވަރު ސްޓޭޖް (އޮލިމްޕަސް ބެކްޔާޑް ސްޓޭޖް) ގައެވެ. ތަނުގެ ޖާގައަށް ބަލައި މި ޝޯއަށް ލިމިޓެޑް މިންވަރަކަށް ޓިކެޓް ވިއްކަން ނިންމާފައިވާއިރު ޓިކެޓެއްގެ އަގަކީ 200 ރުފިޔާ އެވެ. 9144449 އަށް ގުޅުމުން ޓިކެޓް ޑެލިވާ ކޮށްދޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓޭލާ ސުވިފްޓަކީ ފޭކު ސަޕޯޓަރެއް ކަމަށް ކުޅުންތެރިން ބުނެފި

ނިއުޔޯކް ނިކްސްގެ ބައެއް ކުޅުންތެރިން ޓޭލާ ސުވިފްޓަކީ ދެއްކުންތެރިކަމަށް މެޗުތަކަށް އަންނަ "ފޭކު" ސަޕޯޓަރެއް ކަމަށް ބުނުމުން، އެ ޓީމުން އޭނާގެ ދިފާއުގައި ވާހަކަދައްކައިފިއެވެ. ޓީމުގެ ތަރުޖަމާނު ވަނީ ސުވިފްޓަކީ ގިނަ ދުވަސްތަކެއް ވަންދެން ޓީމަށް ސަޕޯޓްކުރާ ވަފާތެރިއެއްކަން ފާހަގަކޮށް، ކުޅުންތެރިންގެ ވާހަކަތައް ދޮގުކޮށްފައެވެ.

ގްލެޑިއޭޓާ 2" ގެ ސެޓުގައި ހިނގި ހާދިސާއަކާ ގުޅިގެން ކޯޓަށް

"ގްލެޑިއޭޓާ 2" ގެ މަންޒަރެއް ކުޅެމުން ދަނިކޮށް ހިނގި އަލިފާނުގެ ހާދިސާއެއްގައި ހަށިގަނޑުގެ 15 އިންސައްތަ ފިހުނު އެކްޓަރަކު، ފިލްމު އުފެއްދި ކުންފުންޏާ ދެކޮޅަށް ކޯޓުގައި ދައުވާކޮށްފިއެވެ. މި ހާދިސާގެ ޒިންމާ ފިލްމީ ކުންފުނިން އުފުލި ނަމަވެސް، ލިބުނު އަނިޔާތަކަށް ބަދަލުގެ ގޮތުގައި އެދިފައިވާ 200،000 ޕައުންޑް ދިނުމަށް އެ ކުންފުނިން ވަނީ އިންކާރުކޮށްފައެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކައިގައި ކިޔައިދެނީ އިވާން އާއި މައިރާގެ މެދުގައި ހިނގި ލޯބިވެތި ވަގުތުކޮޅެއްގެ ވާހަކައެވެ. ނަމަވެސް، ކޮޓަރީގެ ބޭރުން ނަދާލް ގޮވައިލި އަޑަށް އެ ދެމީހުންގެ ހަރަކާތްތަކަށް ހުއްޓުމެއް އައިސް، މައިރާ ނަދާލަށް ޖަވާބުދީ އެތަނުން ދާން މަސައްކަތް ކުރެއެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ޖަޕާނުގެ ބޮޑީބިލްޑަރެއް އުމުރުން 90 އަހަރުގައި ވެސް ސްޓޭޖަށް

ޖަޕާނުގެ އުމުރުން 90 އަހަރުގެ ޓޮޝިސުކޭ ކަނަޒާވާ، ސްޕެއިންގައި ބޭއްވި ބޮޑީބިލްޑިން މުބާރާތެއްގައި ވާދަކޮށް، އުމުރަކީ ދުޅަހެޔޮކަމަށް އޮތް ހުރަހެއް ނޫންކަން ސާބިތުކޮށްދީފިއެވެ. އޭނާގެ ދުޅަހެޔޮކަމުގެ ސިއްރަކީ ޖަޕާނުގެ ސަގާފީ ކެއުންތައް ކަމަށްވާ ބްރައުން ރައިސް އާއި މިސޯ ސޫޕް ފަދަ ތަކެތި ބޭނުންކުރުން ކަމަށްވާއިރު، އޭނާގެ އަމާޒަކީ އުމުރުން 93 އަހަރުގައިވެސް މުބާރާތެއްގައި ވާދަކުރުމެވެ.

ކުދިކުދި ހަރަކާތްތަކުން ވެސް ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަވޭ

ދިރިއުޅުމުގެ އާދައިގެ ތެރެއިން ކުރެވޭ ކުދިކުދި ހަރަކާތްތަކުގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެ، ސިއްހީ ގިނަ ފައިދާތަކެއް ލިބެއެވެ. މީގެ ތެރޭގައި އިށީނދެގެން އިންނައިރު ފައި ތަޅުވާލުމާއި، ކޮނޑު އަރުވާލުން ފަދަ "ނީޓް" ހަރަކާތްތައް ހިމެނޭއިރު، މިއީ ކަސްރަތު ކުރަން ވަގުތު ނުލިބޭ މީހުންނަށް ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

Newsletter

Get the latest news delivered straight to your inbox