ކުނި އެތެރެކުރުން އެއްކޮށް މަނާކޮށް، ޕްލާސްޓިކް ކޮތަޅުން ނަގާ ފީއަށް ލުއިތަކެއް ދޭން ގާނޫނު އިސްލާހު ކުރަނީ

ފިހާރައަކުން މީހަކަށް ޕްލާސްޓިކު ކޮތަޅެއް ދިއްކޮށްލަނީ: ކޮތަޅުގެ ހިސާބު ބަލަހައްޓަންޖެހެނީ ވަކިން -- ފޮޓޯ: އަދަދު ފައިލް

ފިހާރައަކުން މީހަކަށް ޕްލާސްޓިކު ކޮތަޅެއް ދިއްކޮށްލަނީ: ކޮތަޅުގެ ހިސާބު ބަލަހައްޓަންޖެހެނީ ވަކިން -- ފޮޓޯ: އަދަދު ފައިލް

ދިވެހިރާއްޖެއަށް ކުނި އެތެރެކުރުން އެއްކޮށް މަނާކޮށް، ޕްލާސްޓިކް ކޮތަޅުން ނަގާ ފީއަށް ލުޔެއް ދިނުމަށް ހިމަނައި ކުނި މެނޭޖުކުރުމުގެ ގާނޫނަށް ސަރުކާރުން އިސްލާހެއް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މަޖިލިސް މެންބަރު، އިބްރާހިމް ޝިފާޒް އެވެ. އޭނާ ހުށަހެޅުއްވި ބިލުގައި އެންމެ ބޮޑު ބަދަލެއްގެ ގޮތުގައި އޮތީ 50 ކޮތަޅަށްވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑިން 2ރ. ނެގުން ހުއްޓާލުމެވެ.

އެގޮތަށް ގާނޫނު އިސްލާހު ކުރުމުން، ކޮތަޅު ހޯލް ސޭލް ކުރާއިރު، 2ރ. ގެ ފީއެއް ނަގާކަށް ނުޖެހޭނެ އެވެ.

ގާނޫނުގައި މިހާރު އޮތް ގޮތުން، ހޯލްސޭލްކޮށް ކޮތަޅު ގަންނަ ވިޔަފާރިވެރިޔާ ވެސް ކޮތަޅަކުން ދެރުފިޔާ ދައުލަތަށް ދައްކަން ޖެހޭ އިރު، ފިހާރަތަކުން ވަކިިވަކިން ކޮތަޅު ގެންދާ މީހާ ވެސް ކޮތަޅަކަށް ދެ ރުފިޔާ ދައްކަން ޖެހެ އެވެ.

އެ އިސްލާހާ ބެހޭ ގޮތުން މި ނޫހަށް މައުލޫމާތު ދެއްވަމުން ބަންޑާރަނައިބު، އަހުމަދު އުޝާމް ވިދާޅުވީ ޕްލާސްޓިކް ކޮތަޅުން 2.ރ ނެގުމަށް ގާނޫނުގައި ހިމެނިއިރު، އިސްތިސްނާއެއް ހިމަނާފައި ނުވުމުގެ ސަބަބުން ކޮތަޅުގެ އަގު ވަރަށް ބޮޑަށް އުފުލުނު ކަމަށެވެ.

"އޭރު ޕްލާސްޓިކް ކޮތަޅުން 2ރ. ނަގަން ގާނޫނުގައި ހިމެނިއިރު، އިސްތިސްނާއެއް ހިމަނާފައި ނެތީމާ ކޮތަޅު އެތެރެކުރާ މީހުން ހޯލްސޭލަރުންނަށް ވިއްކަނީ 2.ރ ގެ ފީއެއް ނަގާފައި. ހޯލްސޭލަރުން ރީޓެއިލަރުންނަށް ވިއްކަނީ 2ރ. ގެ ފީއެއް ނަގާފައި. އަނެއްކާ ރީޓެއިލަރުން ކަސްޓަމަރުންގެ އަތުން 2ރ. ގެ ފީއެއް އެބަ ނަގާ،" އުޝާމް ވިދާޅުވި އެވެ.

ނަމަވެސް މިހާރު ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ފާސްވުމާއެކު، އެކަމަށް ބަދަލު އައިސް، ރީޓެއިލަރުންގެ އަތުން ހޯލްސޭލަރުން ނަގަމުންދިޔަ ފީ، ދެން ނަގަން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި 2ރ. ނެގުން އިސްތިސްނާ ވަނީ ތިން ހާލަތެއްގަ އެވެ. އެއީ:

  • ޑިއުޓީ ފްރީ ފިހާރަތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅު
  • ބަންދުނުކޮށް ހުންނަ، ހުރިހާ ބާވަތެއްގެ ތާޒާ މަސް އެޅުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅު
  • ކުނި މެނޭޖުކުރުމުުގެ ހިދުމަތްދޭ ފަރާތްތަކުން ނުވަތަ ކަމާބެހޭ އެހެން އިދާރާއަކުން ކުނި އެޅުމަށް ހާއްސަކޮށް ވިއްކާ ނުވަތަ ދޫކުރާ "ބިންލައިނާ"

އިސްލާހުގައި ވާ ގޮތަށް، 50 ކޮތަޅަށްވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑިން ނަގާ ފީ އިސްތިސްނާކުރުމުން ދައުލަތަށް ލިބޭ އާމްދަނީ ދަށްވާނެ ކަމަށް އެ ބިލުގެ ކޮސްޓު އެސްޓިމޭޓުގައި ހިމަނާފައިވެ އެވެ.

އޭގައި ހިމަނާފައިވާ މައުލޫމާތުގައި ވާގޮތުން، މި އަހަރުގެ މިހައިތަނަށް ޕްލާސްޓިކް ކޮތަޅުން ނަގާ ފީގެ ގޮތުގައި 2،011،421ރ. ދައުލަތަށް ލިބިފައިވެ އެވެ. ޕްލާސްޓިކް ކޮތަޅުން ނަގާ ފީގެ ގޮތުގައި މިދިޔަ އަހަރު ދައުލަތަށް ލިބިފައި ވަނީ 5.9 މިލިއަން ރުފިޔާ އެވެ.

އޭގެ އިތުރުން، ދެން އެ ބިލުގައި ހިމަނާފައި ވަނީ ކުނި މެނޭޖުކުރުމުގެ ގާނޫނުގެ 44 ވަނަ މާއްދާއަށް އިސްލާހު ގެނައުމަށެވެ. އިސްލާހުގައި ހިމަނާފައި ވަނީ އެއްވެސް ފަރާތަކުން އެއްވެސް ބާވަތެއްގެ ކުނި ދިވެހިރާއްޖެއަށް އެތެރެކުރުމަކީ މަނާކަމެއް ކަމަށެވެ.

ގާނޫނުގައި މިހާރު އޮންނަ ގޮތުން މިނިސްޓްރީގެ ވަކި ހުއްދައެއް ހޯދައިގެން ދިވެހިރާއްޖެއަށް ކުނި އެތެރެ ކުރެވެ އެވެ. އެފަދަ ހުއްދައެއް ދޫކުރެވެނީ މިނިސްޓްރީން ހަދާފައި އޮންނަ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox