އެމްޓީސީސީން މަރާމާތު ކުރުމަށްފަހު ހުޅުވިއިރު، ރަސްފަންނުގެ މޫދު ތަގައްޔަރުވެފައިވާ މައްސަލަ ސިޓީ ކައުންސިލުން ހައްލުކުރަނީ

މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް: ރަސްފަންނު ސަރަހައްދުގެ އެސެސްމެންޓު ހަދައި ނިމުމަށްފަހު އެ ތަނަށް ގެންނަންޖެހޭ ބަދަލުތައް ގެންނާނެ ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް: ރަސްފަންނު ސަރަހައްދުގެ އެސެސްމެންޓު ހަދައި ނިމުމަށްފަހު އެ ތަނަށް ގެންނަންޖެހޭ ބަދަލުތައް ގެންނާނެ ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ރަސްފަންނު ސަރަހައްދު މަރާމާތު ކުރުމަށްފަހު އަލުން ހުޅުވިއިރު، އެ ސަރަހައްދުގެ މޫދު ތަގައްޔަރުވެފައިވާ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފި އެވެ.

މިއަދު އޮތް މާލެ ސިޓީ ކައުންސިލުގެ ޖަލްސާގައި ވާހަކަދައްކަވަމުން މާލެ ސިޓީގެ މޭޔަރު، އާދަމް އާޒިމް ވިދާޅުވީ ރަސްފަންނު ސަރަހައްދު އެމްޓީސީސީން މަރާމާތުކޮށްފައި އޮތީ އެކަން ކުރަންޖެހޭ ގޮތަށް ނޫން ކަމަށެވެ. އަދި، އެ ތަނުގެ ހާލަތު ދެނެގަތުމަށްޓަކައި މިހާރު އެސެސްމެންޓުތަކެއް ހަދަން އަންގާފައިވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެތަން ބެލިއިރުގައި އެތަނުގައި ކަނޑާފައި ހުރި ކާނުތައް ވެސް ހުރީ ކަނޑުން ވަންނަ އެއްޗެހިތައް، ކަނޑުން ވަންނަ ކުނިތަކާ އެއްޗެހި ނުވަންނަ ގޮތަކަށް ނޫން ހަދާފައި ހުރީ، ވަރަށް އޯޕަންކޮށް އެތަން ހަދާފައި އޮތީ،" އާޒިމް ވިދާޅުވި އެވެ.

Advertisement

"އެހެންވީމާ ރަނގަޅަކަށް ނޫން އެކަން ކޮށްފައި އެ އޮތީ، މިއީ އަޅުގަނޑުމެން އުއްމީދުކުރި ގޮތަކަށް ނޫން ސަރުކާރުން އެކަން ކޮށްދީފައި އެ އޮތީ."

އާޒިމް ވިދާޅުވީ ރަސްފަންނު މަރާމާތު ކުރުމުގެ މަސައްކަތާ ސަރުކާރުން ހަވާލުވީ އެ ސަރަހައްދު މަރާމާތު ކުރުމަށްޓަކައި ސިޓީ ކައުންސިލުން މަސައްކަތަކެއްކޮށް، ކޮންޓްރެކްޓުކޮށް ބަޔަކާ އެ މަސައްކަތް ހަވާލު ވެސް ކޮށްފައި ވަނިކޮށް ކަމަށެވެ.

"މާލެ ސިޓީ ކައުންސިލުން މިދިޔަ ދައުރުގައި އަޅުގަނޑުމެން ނިންމިން އަދި ކޮންޓްރެކްޓު ވެސް ކުރިން ކޮންޓްރެކްޓު އެވޯޑު ވެސް ކުރިން. ކުރުމަށްފަހުގައި ސަރުކާރުން އެދުނީ ތިމަންނަމެން އެތަން އެ ބޭފުޅުންގެ ހަރަދުގައި ކޮށްދެއްވާނަމޭ،" އާޒިމް ވިދާޅުވި އެވެ.

ރަސްފަންނުގެ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން މާލެ ސިޓީ ކައުންސިލުގެ މެންބަރު، މުހައްމަދު ރިލްވާން ވިދާޅުވީ މަރާމާތަށްފަހު ރަސްފަންނު ހުޅުވިއިރު، އެ ސަރަހައްދަށް ވަރަށް ބައިވަރު ކުނި ވަންނަ ކަމަށާއި މޫދަށް އެރޭ ސަރަހައްދުގައި ގިނަ އަދަދަކަށް ކިސަޑު ވެސް ހުރި ކަމަށެވެ.

"މި ތަނުގައި އެއްވެސް ސާފުތާހިރުކަމުގެ މިންގަނޑެއް ނެތް، އެއް ދުވަހު ދިޔައިރު އެބަހުރި ކަޅުތެޔޮ އަޅާފައި، ކަޅުތެޔޮ. އެހެންވީމާ މިތަން އެބަޖެހޭ އަޅުގަނޑުމެން ރައްޔިތުންނަށް ހިދުމަތެއް ދެންޏާ ތަންކޮޅެއް ރަނގަޅަށް ހިދުމަތް ދޭން،" ރިލްވާން ވިދާޅުވި އެވެ.

މަރާމާތު ކުރުމަށްޓަކައި މިދިޔަ އޭޕްރިލް 9، އިން ފެށިގެން ރަސްފަންނު ބަންދުކޮށްފައި ބޭއްވުމަށްފަހު، އެ ސަރަހައްދު އަލުން ހުޅުވައިލީ މިދިޔަ މަހުގެ 12، ގަ އެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ އެ މަޝްރޫއުގެ ދަށުން ރަސްފަންނު ސަރަހައްދުގެ އުތުރު ފަރާތުގައި ހާއްސަ ފެން ހިންދާ ނިޒާމެއް ގާއިމު ކުރުމާއި ކުރިން ޖަހާފައިވާ ހިލަ ތޮށި އެއްކޮށް ނަގާފައިވާ ކަމަށް ސަރުކާރުން ބުންޏެވެ. އަދި، މޫދުން އޮއި ދެމޭގޮތަށް ހޮޅިތަކެއް ލައިގެން އަލުން ހިލަތޮށްޓެއްލައިފައިވާ ކަމަށް ވެސް ސަރުކާރުން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox