މޭރީ މަރާލީ މައްސަލައިގައި މާވިން 25 އަހަރަށް، ލަމްހާ 15 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

Jul 1, 2026, 8:19 PM
މޭރީ ގްރޭސް މަރާލުމުގެ ކުށް ސާބިތުވީ މާވިން އަދި ލަމްހާ

މޭރީ ގްރޭސް މަރާލުމުގެ ކުށް ސާބިތުވީ މާވިން އަދި ލަމްހާ

އައިޖީއެމްއެޗްގައި މަސައްކަތް ކުރި ނަރުސް މޭރީ ގްރޭސް މަރާލި މައްސަލައިގައި އޭނާގެ ފިރިމީހާ މާވިން ވާގަސް 25 އަހަރަށް އަދި އެކަމުގައި އޭނައަށް ވާގިވެރިވީ ހަލީމަތު ލަމްހާ 12 އަހަރަށް ޖަަލަށް ލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެެ. 

މޭރީ މަަރާލި މައްސަލައިގައި މައްސަލައިގައި މާވިންގެ މައްޗަށް ސާބިތުވީ އެނގިހުރެ މީހަކު މެރުމުގެ ދައުވާ އެވެ. ލަމްހާގެ މައްޗަށް ސާބިތުވީ އެނގި ހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ އެވެ.

މި ދެ މީހުންގެ މައްޗަށް ވެސް މިދިޔަ މަހު ބޭއްވި ހުކުމް އިއްވުމުގެ އަޑުއެހުންތަކުގައި ކުށްވެރިވާ ކަމަށް ކަނޑައަޅާފައިވާއިރު، މިއަދު އޮތީ އަދަބު ކަނޑައަޅަން ބޭއްވި މަޖިލީހެވެ.

ކްރިމިނަލް ކޯޓުގައި ދައުލަތުގެ ފަރާތުން އެދުނީ މާވިންގެ އަދަބު އަށް ދަރަޖަ މަތިކޮށް، 25 އަހަރަށް ޖަލަށް ލުމަށެވެ. މާވިން އެދުނީ އޭނާގެ ކުށަށް ދެވެން އޮތް އެންމެ ކުޑަ އަދަބެއް ދިނުމަށެވެ. 

މި މައްސަލައިގައި ކޯޓުން ހުކުމް އިއްވީ ދައުލަތުން އެދުނު ގޮތަށެވެ. އޭގެ ސަބަބުތަކުގެ ތެރޭގައި  މޭރީގެ އެއްވެސް ކުށެއް ނެތި އޭނާ މަރާލާފައިވުމާއި އެ މަރު ފޮރުވަން މަސައްކަތް ކުރުމާއި، އޭނާގެ އަމަލުގެ ސަބަބުން އެ މީހުންގެ ދަރިފުޅު މަންމަގެ ލޯބިން މަހުރޫމްވެފައިވުން ގާޒީ ފާހަގަކުރެއްވި އެވެ.

މޭރީ މަރާލި މައްސަލައިގައި މމާވިން ބަންދުގައި ހުންނަތާ ހަތަރު އަހަރާއި ހަ މަހާއި 4 ދުވަސްވެފައިވާތީ ޖަލު އަދަބުން އޭނާ ދެން ތަންފީޒު ކުރަން ޖެހޭނީ 20 އަހަރާއި ތިން މަހާއި ފަސް ދުވަހެވެ. 

ދައުލަތުން އެދުނީ ލަމްހާއަށް މައްސަލައިގައި ކަނޑައެޅޭ އެންމެ ބޮޑު އަދަދު ކަނޑައަޅައިދިނުމަށެވެ. ލަމްހާ އެދުނީ ގޭބަންދުކޮށް ދިިނުމަށެވެ. ނަމަވެސް ގާޒީ ވަނީ އޭނާ ގޭބަންދުގައި ބަހައްޓަން ޖެހޭ ހާލަތެއް ނެތް ކަމަށް ބުނެ 15 އަހަރާއި ހަތަރު މަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. 

ލަމްހާ ބަންދުގައި ތިން އަހަރާއި ފަސް މަހާއި 25 ދުވަސް ހޭދަކޮށްފައިވާތީ އޭނާ ހަލުގައި ހުންނަން ޖެހޭނީ 12 އަހަރެވެ. 

މާވިން އާއި ލަމްހާއަކީ ވެސް އައިޖީއެމްއެޗްގައި ނަރުހުންގެ ގޮތުގައި މަސައްކަތް ކުރި ދެ މީހުންނެވެ. މޭރީ އަކީ ވެސް އެ ހޮސްޕިޓަލުގައި މަސައްކަތް ކުރި ނަރުހެކެވެ.

މޭރީ އާއި މާވިން އަދި ލަމްހާއަކީއައިޖީއެމްއެޗްގެ ކެޝުއަލްޓީގައި މަސައްކަތް ކުރާ ނަރުހުންނެވެ. ފިލިޕީންސްގައި ވަރިކުރުމަކީ މަނާކަމެއް ގޮތުގައި އޮތް އިރު، ލަމްހާއާއި މާވިން އުޅުނީ ސިއްރު ލޯބީގެ ގުޅުމެއް ބާއްވައިގެން ކަމަށް ތުހުމަތު ކުރެ އެވެ.

އޮކްޓޯބަރު 19, 2021 ގައި ގްރޭސް ދަންޖެހިގެން މަރުވި ކަމަށް ބުނެ މާވިން ރިޕޯޓް ކުރިޔަސް ތުހުމަތު ކުރެވޭ ކަންކަން ހުރުމުން ފުލުހުން ތަހުގީގު އިތުރަށް ހިންގަމުން ދިޔައީ އެވެ. އަދި ގްރޭސް މަރާލި ކަމުގެ ތުހުމަތުގައި މާވިން ހައްޔަރު ކުރީ އެ އަހަރުގެ އޮކްޓޯބަރު 27 ގަ އެވެ. ލަމްހާ ހައްޔަރު ކުރީ އޭގެ 50 ދުވަސް ފަހުން އެ އަހަރުގެ ޑިސެމްބަރު 16 ގަ އެވެ.

ފަހުގެ ޚަބަރު

ދަނޑުވެރި ރަށްތައް ގިނަވިއްޔާ އިންވެސްޓްމެންޓު ގެންނަން ދަތިވާނެ

"ހުރިހާ ރަށެއްގައި ބަރާބަރަށް އެބޭފުޅުން ހުށަހަޅުއްވާފައި ހުރި ގޮތަށް މަސައްކަތުގެ ވޯކް ޕްލޭނާ އެއްގޮތަށް މަސައްކަތް ކުރިއަށްދާ ނަމަ އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ބައެއް ބާވަތްތައް، މަދުވެގެން ބައެއް ބާވަތްތައް ސަބްސްޓިޓިއުޓް ކުރެވޭނެ،" ޝިޔާމް ވިދާޅުވި އެވެ.

މުއިއްޒު، އުޝާމް އަދި މުއްތޮލިބަކީ ކުށްވެރިން: ޔާމީން

ރަސްމާލޭގައި ޔަހޫދީން ވަޒަންވެރިކުރުވުމަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ވިދާޅުވެ، އެ މަޝްރޫއުގައި ބައިވެރިވާ ރައީސް މުއިއްޒާއި ބައެއް ވަޒީރުންނަކީ ކުށްވެރިން ކަމަށް ރައީސް ޔާމީން ސިފަކުރައްވައިފިއެވެ. ފަލަސްތީނުގެ ދިފާއުގައި ވާހަކަދައްކަވަމުން ޔަހޫދީންނަށް ބިން ވިއްކުމަކީ ދެކޮޅުނުޖެހޭ ކަމެއް ކަމަށާއި، މި މަޝްރޫއު ހުއްޓުވުމަށް ސަލާމަތީ ބާރުތަކުން ފިޔަވަޅު އަޅަންޖެހޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ފުވައްމުލަކާއި އައްޑޫގެ ނަރުދަމާގެ މަސައްކަތް ފެން ކުންފުންޏަށް

ފެނަކަ އުވާލަން ސަރުކާރުން ނިންމިކަން ރައީސް މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވީ ސެޕްޓެމްބަރު 7، ގަ އެވެ. އެމަނިކުފާނު ވިދާޅުވީ ފެނަކަ އުވާލުމަށްފަހު އެތަން އެމްޑަބްލިއުއެސްސީއާ އެއްކޮށްލާނީ ކަމަށެވެ.

ރައީސް އޮފީހުގެ ކުރީގެ މުވައްޒަފެއްގެ މައްޗަށް ގަޒުފްގެ ދައުވާ

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މަސައްކަތް ކުރި ކުރީގެ އަންހެން މުވައްޒަފެއްގެ މައްޗަށް ގަޒްފު ކުރުމުގެ ކުށުގެ ދައުވާ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓުގައި މިއަދު އުފުލައިފި އެވެ.

ރަސްމާލެ ހޯދި ޔޫއޭއީގެ ކުންފުނިން ނެރުނު ނޫސް ބަޔާން ބަދަލުކޮށްފި

އީގަލް ހިލްސް އިން މިއަދު ބަދަލު ކުރީ ރަސްމާލެ ޕްރޮޖެކްޓުގައި ސޮއި ކުރި ދުވަހު ސެޕްޓެމްބަރު 21، ގައި ނެރުނު ނޫސް ބަޔާނެވެ. ބަދަލު ކުރީ 99 އަހަރަށް ބިން ލިބުމާއި ކޮންމެ ޓްރާންސްފާއަކާއެކު 99 އަހަރުގެ އާ ކުލީގެ މުއްދަތެއް ފެށޭނެ ކަމަށް ބުނާ ބަޔެވެ.

ރަސްމާލޭގެ އެގްރިމެންޓު ހާމަކުރަން ފައްޔާޒް ގޮވާލައްވައިފި

"އޭގެ ސަބަބުން ކުއްޔަށް ދިން ބިން ދާއިމީ ގޮތެއްގެ ދިވެހިންގެ އަތުން ބީވުމަކީ ވެދާނެ ކަމެއް. އެއިރުން ހަގީގަތުގައި އެ އެގްރިމެންޓަކީ ފްރީހޯލްޑް އެގްރިމެންޓެއް،" ފައްޔާޒް ވިދާޅުވެފައިވެ އެވެ.

ރަސްމާލެ ދޫކޮށްލުމާ ދެކޮޅަށް އިލްމުވެރިން ތެދުވާން ފަށައިފި

"ރަސްމާލެ ބިން ވިއްކާލި ވާހަކަ ދެކެވޭތީ އީގަލް ހިލްސްގެ ވެބްސައިޓު މިރޭ ބަލާލައިފިން. އެ ސައިޓުގައި އެވާގޮތަށް ރަސްމާލެ އެއްބަސްވުން އޮތް ނަމަ... އެއީ ބަލައިގަނެވޭނެ ކަމެއް ނޫން. އޭގެ ސަބަބުން އެ ބިން އެޔޮތީ ދިވެހީން އަތުން ތާއަބަދަށް ގެއްލިގެން ގޮސްފަ،" އޭނާ ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox