ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަނުގެ ފަހު މެޗުގައި ދިއްދޫން ބިސް ބުރު ބަލިކޮށްފި

Jun 26, 2026, 4:06 AM
ދިވެހި ޕްރިިމިއާ ލީގުގެ ކޮލިފަައިންގައި ބިސް ބުރު ކޮޅަށް ލަނޑު ޖެހުމަށް ފަހު ދިއްދޫގެ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ދިވެހި ޕްރިިމިއާ ލީގުގެ ކޮލިފަައިންގައި ބިސް ބުރު ކޮޅަށް ލަނޑު ޖެހުމަށް ފަހު ދިއްދޫގެ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަނުގެ ފަހު މެޗުގައި މިރޭ ނޯތު ރީޖަން ލީގުގެ ޗެމްޕިއަން، ހއ. ދިއްދޫން 6-2 އިން މާލެ ރީޖަން ލީގުެގެ ޗެމްޕިއަން، ބިސް ބުރު ސްޕޯޓްސް ބަލިކޮށްފި އެވެ. 

މި ދެ ޓީމު މި މެޗަށް ނުކުތްއިރު ވެސް ވަނީ އަންނަ ސީޒަނުގެ ދިވެހި ޕްެރިމިއާ ލީގުގެ ޖާގައެއް ޔަގީންކޮށްފަ އެވެ. 

ހަ ޓީމުގެ މެދުގައި ކުޅުނު ކޮލިފިކޭޝަން ނިމުނުއިރު، ގަދަ ހަތަރަކަށް އަންނަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުން ވަނީ ޖާގަ ލިބިފަ އެވެ. އެ ގޮތުން، ކޮލިފިކޭޝަނުގެ ގަދަ ތިނަކަށް ވެސް ޕޮއިންޓް ލިބުނީ އެއްވަރަށެވެ. އެއީ، 10 ޕޮއިންޓެވެ. ޓީސީ ކުރީގައި އޮތީ ލަނޑުގެ ތަފާތު 10 ގޯލު އޮތުމުންނެވެ. ދެ ވަނަ އަށް ދިޔަ ބިސް ބުރުގެ ލަނޑުގެ ތަފާތަކީ 8 އެވެ. އަދި، ތިން ވަަނަ އަށް ދިޔަ ދިއްދޫގެ ލަނޑުގެ ތަފާތަކީ ހަތަރެކެވެ. ހަތަރު ވަނަ އަށް ނިންމި، ސައުތު ރީޖަން ލީގުގެ ޗެމްޕިއަން، ގދ. ގައްދޫ އަށް ނުވަ ޕޮއިންޓް ލިބުނެވެ. 

ކޮލިފިކޭޝަނުގެ ފުލުން ނިންމައި، އަންނަ ސީޒަނުގެ ރިޖަނަލް ލީގުގައި ވާދަކުރަން ޖެހުނު، ސެންޓްރަލް ލީގުގެ ޗެމްޕިއަން، ކ. ހުރާ އާއި ދިވެހި ޕްރިމިއާ ލީގުގެ އަށް ވަނައިގައި ނިންމި ގްރީން ސްޓްރީޓްސް  ވަނީ ކޮލިފިކޭޝަނުގައި ކުޅުނު ފަހު މެޗުތަކުން ވެސް ބަލިވެފަ އެވެ. ދެ ޓީމަށް ވެސް ކޮލިފިކޭޝަނުގައި މޮޅެއް ނުލިބެ އެވެ. ގްރީން ސްޓްރީޓްސް އަށް ދެ ޕޮއިންޓް ލިބުނުއިރު، ހުރާ އަށް ލިބުނީ އެންމެ ޕޮއިންޓެކެވެ. 

ގަލޮޅު ދަނޑުގައި މިރޭ ދިއްދޫން ހަތް ވަނަ މިނިޓްގައި މުހައްމަދު ޝަނާއު ނަސީރުގެ ލަނޑުން ލީޑުނެގި އެވެ. އަދި، 37 ވަނަ މިނިޓްގައި ސެއިންޓް ޑަންޖޫމާ ގުމްބާރީގެ ލަނޑުން ލީޑުފުޅާކުރި އެވެ. އަދި، ދެ ވަނަ ހާފުގައި ބެނާޑް އެންވަބުއީސީގެ ގޯލުން ތިން ގޯލުން ކުރީގައި އޮތް ނަމަވެސް، ބިސް ބުރުގެ އަލީ އަހުސަން ގާތްގާތުގައި ދެ ލަނޑު ޖަހައި ފަރަގުކުޑަކުރި އެވެ. 

އެކަމަކު، އޭގެ ފަހުން، ދިއްދޫގެ ޔޫސުފް އަފުލް ދެ ގޯލާއި ޝަނާއު އިތުރު ލަނޑެއް ޖަހައި އެ ޓީމަށް މެޗުގެ ތިން ޕޮއިންޓް ހޯދައިދިނީ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox