އިންތިޒާރު ކުރަމުން އައި ސޮނީ ސްޕޯޓްސްގެ "ފައްކާ ހަފުތާ" ފެށިއްޖެ، 80 ޕަސަންޓާ ހަމައަށް ޑިސްކައުންޓު

ފައްކާ ހަފުތާ ކުރިއަށް ދާނީ ޖުލައި 1-10 އަށް

ފައްކާ ހަފުތާ ކުރިއަށް ދާނީ ޖުލައި 1-10 އަށް

ރާއްޖޭގައި ކުޅިވަރު ސާމާނު ވިއްކުމުގައި މަޝްހޫރު ސޮނީ ސްޕޯޓްސްއިން ކޮންމެ އަހަރަކު ކުރިއަށްގެންދާ "ފައްކާ ހަފުތާ" ޕްރޮމޯޝަން ފެށިއްޖެ އެވެ.

ގިނަ ބަޔަކު އިންތިޒާރުކުރާ މި ޕްރޮމޯޝަން ކުރިއަށް ދާނީ ޖުލައި 1-10 ގެ ނިޔަލަށް ޖަނަވަރީ މަގުގައި ހުންނަ ސޮނީ ސްޕޯޓްސްގެ ފިހާރައިގަ އެވެ. 

ސޮނީ ސްޕޯޓްސް އިން ބުނީ ފައްކާ ހަފުތާ ޕްރޮމޯޝަންގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑްތައް ކަމަށްވާ ނައިކީ އާއި އެޑިޑާސް ފަދަ ބްރޭންޑްތަކުގެ ބޫޓާއި، ހެދުމާއި، އަދި ކުޅިވަރުގެ އެކި ސާމާނުން ބޮޑު ޑިސްކައުންޓެއް ލިބޭނެ ކަމަށެވެ. 

Advertisement

ހޮވާލެވޭ ބައެއް ތަކެތިން 80 ޕަސަންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށް ފާހަގަކޮށް ސޮނީ ސްޕޯޓްސް އިން ބުނީ މިއީ ކުޅިވަރުގެ ސާމާނާއި ފެޝަންގެ އުފެއްދުންތަކަށް ލޯބިކުރާ މީހުންނަށް ލިބޭނެ ރަނުގެ ފުރުސަތެއް ކަމަށެވެ. 

ކަސްޓަމަރުންނަށް ބޭނުންވާ ތަމްރީނު ބޫޓުތަކާއި، ކުޅިވަރު ކުޅޭއިރު ބޭނުންކުރާ ހާއްސަ ހެދުންތަކުގެ އިތުރުން، އާންމު ދިރިއުޅުމުގައި ބޭނުންކުރާނެ ސްނީކާސް ފަދަ ތަކެތި މި ސޭލްގެ ތެރެއިން ލިބެން ހުންނާނެ ކަމަށްވެސް ސޮނީ ސްޕޯޓްސް އިން ބުންޏެވެ. 

ސޮނީ ސްޕޯޓްސް އިން މިދިޔަ އަހަރު ފައްކާ ހަފްތާ ޕްރޮމޯޝަން ދެ ފަހަރެއްގެ މަތިން ކުރިއަށް ގެންދިޔަ އެވެ. އެ ދެފަހަރުވެސް ޕްރޮމޯޝަނަށް ބޮޑު ތަރުހީބެއް ލިބުނުކަން ފާހަގަކުރެވެ އެވެ. 

ސޮނީ ސްޕޯޓްސްއަކީ ރާއްޖޭގައި ކުޅިވަރާއި ދުޅަހެޔޮކަމުގެ ސާމާނު ފޯރުކޮށްދިނުމުގައި ގިނަ ދުވަސްތަކެއް ވަންދެން އިތުބާރު ހޯދާފައިވާ ކުންފުންޏެކެވެ. ފައްކާ ހަފްތާގެ މަގްސަދަކީ ކަސްޓަމަރުންނަށް އެންމެ ފެންވަރު ރަނގަޅު އުފެއްދުންތައް އެންމެ ހެޔޮ އަގުގައި ފޯރުކޮށްދިނުން ކަމަށް އެ ފިހާރައިން ބުންޏެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox