އަޒާން ހުށަހެޅި އަބުރުގެ ދައުވާ ސާބިތުނުވަނީސް ދައުރު' ނޫހުގެ ރިޕޯޓު ނަގަން ސިވިލް ކޯޓުން އަމުރުކޮށްފި

Jun 10, 2026, 2:49 PM
މެންބަރު އަޒާން އާއި ރައީސް މުހައްމަދު މުއިއްޒު: އަޒާން ކޯޓަށް ދިޔައީ ތަޖުރިބާކާރު ނޫސްވެރިޔާ މޫސާ ލަތީފު ލިޔުނު ލިޔުމަކާ ގުޅިގެން -- ފޮޓޯ: އަދަދު ފައިލް

މެންބަރު އަޒާން އާއި ރައީސް މުހައްމަދު މުއިއްޒު: އަޒާން ކޯޓަށް ދިޔައީ ތަޖުރިބާކާރު ނޫސްވެރިޔާ މޫސާ ލަތީފު ލިޔުނު ލިޔުމަކާ ގުޅިގެން -- ފޮޓޯ: އަދަދު ފައިލް

އޮންލައިން ނޫސް 'ދައުރު' ގައި ޝާއިއުކުރި ލިޔުމަކާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާންގެ ފަރާތުން އެ ނޫހުގެ އެޑިޓަރު މޫސާ ލަތީފާއި އެ ނޫސް ހިންގާ ކުންފުނި ކަމަށްވާ 'ނެކްސްޓް މީޑިއާ ގްރޫޕް' އާ ދެކޮޅަށް ހުށަހެޅި އަބުރުގެ ދައުވާ ސާބިތުނުވަނީސް އެ ރިޕޯޓު ނަގަން ސިވިލް ކޯޓުން އަމުރެއް ނެރެފި އެވެ. 

މަޖިލީހަށް އިންތިހާބުވުމުގެ ކުރިން ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އަޒާން މި މައްސަލަ ކޯޓަށް ހުށަހެޅުއްވީ އެޕްރީލް 28، 'ދައުރު' ނޫހުގައި ޝާއިއުކުރި "އަދަދު އަށް ފުލުހުން ވަދެގަތުމާއި އަޒާން ކުރެއްވި ތަޖުރިބާ" މި ސުރުހީގެ ދަށުން ލިޔެފައިވާ ރިޕޯޓަކާ ގުޅިގެންނެވެ.

އަޒާންގެ ފަރާތުން ކޯޓުގައި އެދިފައިވަނީ އެ ލިޔުމުގެ ސަބަބުން އޭނާގެ އަބުރަށް އުނިކަން ލިބިފައިވާ ކަމަށް ކަނޑައަޅައިދީ، އެކަމުގެ ބަދަލު ނަގައިދިނުމަށެވެ. އަދި އެ މައްސަލަ ކޯޓުން ބަލައި ނިމެންދެން ވަގުތީ ފިޔަވަޅެއްގެ ގޮތުން، އެ ލިޔުން އާންމުންނަށް ނުފެންނާނެހެން ހެދުމުގެ އަމުރަކަށް ވެސް އަޒާންގެ ފަރާތުން ވަނީ އެދިފަ އެވެ.

Advertisement

ސިވިލް ކޯޓުން މިއަދު ނެރުނު ވަގުތީ އަމުރުގައި ވަނީ އެ ލިޔުމުގެ ޕަބްލިކޭޝަން ސްޓޭޓަސް "ޑްރާފްޓް" އަށް ބަދަލުކޮށް އެ ލިޔުން އާންމުންނަށް ނުފެންނަ ގޮތް ހެދުމަށެވެ. އެގޮތަށް ނިންމީ ޑްރާފްޓް ސްޓޭޓަސްއަށް ބަދަލުކުރުމަކީ އެ ލިޔުން ޑިލީޓް ކުރުން ކަމުގައި ނުވާތީ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެ އެވެ. 

"މި ލިޔުމުގައި ބަޔާންކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މި މައްސަލާގައި ގޮތެއް ކަނޑައެޅުމުގެ ކުރިއަށް ހިމާޔަތް ކުރަން ޖެހޭ ދައުވާ ކުރާ ފަރާތުގެ މައުޟޫއީ ހައްގެއް މައްސަލަ ފުރަތަމަ ބެލުމުން އެނގެން އޮންނާތީ އާއި ޑްރާފްޓް ލިޔުމަކަށް ބަދަލުކުރުމުގެ އަމުރެއްގެ ސަބަބުން، ދައުވާ ލިބޭ ފަރާތަށް ލިބޭނެ ގެއްލުމެއް އޮތް ކަމަށް ޝަރީއަތަށް ގަބޫލުކުރެވެން ނެތަތީ،" އެ އަމުރު ނެރުނު ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައިވެ އެވެ. 

އެ މައްސަލާގައި އަޒާން އެދިވަޑައިގެންފައިވަނީ އެ ލިޔުމަކީ އޭނާގެ އަބުރަށް އަރައިގަނެފައިވާ ލިޔުމެއް ކަމަށް ކަނޑައަޅައި، އެ ލިޔުން ނޫހުން ޑިލީޓު ކުރުމަށް ނުވަތަ އިސްލާހު ކުރުމަށް އަމުރުކޮށްދިނުމަށެވެ. މީގެ އިތުރުން، އަބުރާ ބެހުމުގެ ސަބަބުން ލިބުނު މައުނަވީ ގެެއްލުމުގެ ބަދަލެއްގެ ގޮތުގައި 5،000 ރުފިޔާ އާއި، ގާނޫނީ ވަކީލުންގެ ފީގެ ގޮތުގައި ހޭދަވި 28،670 ރުފިޔާގެ އިތުރުން މައްސަލަ ރެޖިސްޓްރީ ކުރުމަށް ދެއްކި ފީ ވެސް ނަގައިދިނުމަށް ވަނީ އެދިފަ އެވެ.

ދައުރު ނޫހުގެ އެޑިޓަރު މޫސާ ލަތީފަކީ 1989 ވަނަ އަހަރު، އޭރުގެ 'ހަވީރު' ނޫހުން ނޫސްވެރިކަމުގެ މަސައްކަތް ފެށްޓެވި ގޮތަށް މިއަދާ ޖެހެންދެން ވެސް ނޫސްވެރިކަމުގެ މަސައްކަތުގައި ދެމިހުންނެވި، ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ނޫސްވެރިޔާ އެވެ. 'ހަވީރު' ނޫހުގެ އެކި ފަންތީގައި މަސައްކަތްކުރައްވައި، އެ ނޫހުގެ އެޑިޓަރު ކަމުގެ މަގާމު ވެސް އޭނާ އަދާކުރެއްވި އެވެ. 'ދައުރު' އުފައްދަން މަގާމުން އިސްތިއުފާ ދިނުމާ ހަމައަށް އޭނާ ހުރީ 'މިހާރު' ނޫހުގެ އެޑިޓަރު ކަމުގެ މަގާމުގަ އެވެ.

ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ މެންބަރު އަޒާންގެ ފަރާތުން މި ދައުވާ އުފުލިއިރު، 'އަދަދު' ގެނެސްދިން ޑޮކިއުމަންޓްރީއެއްގެ މައްސަލައިގައި ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާއާއި، އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ޖިނާއީ ދައުވާއެއް ވަނީ އުފުލިފަ އެވެ. އަދި އެ މައްސަލައިގެ އެއްވެސް ވާހަކައެއް ނުދެއްކުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަކާ ހިލާފުވެއްޖެ ކަމަށް ކަނޑައަޅައި އަދަދު ނޫސްވެރިންކަމަށްވާ ޝަހުޒާން އަދި ލީވާން ޖަލަށް ލުމަށް ވެސް ކްރިމިނަލް ކޯޓުން ވަނީ ހުކުމެއް ކޮށްފަ އެވެ. 

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox