ހަތް އަހަރު ފަހުން އިންޑިއާ އިން ހަ ވަނަ ފަހަރަށް ސާފް ވިމެންސް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި

Jun 7, 2026, 12:03 AM
ސާފް ވިމެންސް ޗެމްޕިއަންޝިޕްގެ ތަށްޓާ އެކު އިންޑިއާ އިން އުފާފާޅުކުރަނީ. ---- ފޮޓޯ: ސާފް

ސާފް ވިމެންސް ޗެމްޕިއަންޝިޕްގެ ތަށްޓާ އެކު އިންޑިއާ އިން އުފާފާޅުކުރަނީ. ---- ފޮޓޯ: ސާފް

ފައިނަލުގައި އެންމެ ފަހުން ދެ ފަހަރުގެ ޗެމްޕިއަންކަން ހޯދި ބަންގްލަދޭޝް އަތުން 3-1 އިން މޮޅުވެ، އިންޑިއާ އިން ހަތް އަހަރު ފަހުން ހަ ވަނަ ފަހަރަށް ސާފް ވިމެންސް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދައިފި އެވެ. 

ސާފްގެ އަންހެން ފުޓްބޯޅަ މުބާރާތް ޖުމްލަ އެކު، އަށް ފަހަރު ބޭއްވިއިރު ހަ ފަހަރު ތަށި ހޯދީ އިންޑިއާ އިންނެވެ.

ދެކުނު އޭޝިއާގެ ފުޓްބޯޅަ ފެޑެރޭޝަން، ސާފް އިން އަންހެން ފުޓްބޯޅަ މުބާރާތްތައް ބާއްވަން ފެށީ 2010 ވަނަ އަހަރު އެވެ. އެ އަހަރުން ފެށިގެން އިންޑިއާ އިން ޖެހިޖެހިގެން ފަސް މުބާރާތުގެ ތަށި ހޯދި އެވެ. އެއީ، 2010، 2012، 2014، 2016 އަދި 2019 ވަނަ އަހަރު އެވެ. އެކަމަަކު، އޭގެ ފަހުން، 2022 އާއި 2024 ގައި ތަށި އުފުލާލީ ބަންގްލަދޭޝް އިންނެވެ. އެކަމަކު، ޖެހިޖެހިގެން ތިން ވަނަ ފަހަރު ތަށި ހޯދަން ބަންގްލަދޭޝް އިން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ. 

އިންޑިއާގެ ގޯއާގައި ކުރިއަށްދިޔަ މި ފަހަރުގެ ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި ހަ ގައުމު ކުޅުނުއިރު، އިންޑިއާ އާއި ބަންގްލަދޭޝާ އެކު ދެން އެ ގްރޫޕްގައި އޮތީ ރާއްޖެ އެވެ. އިންޑިއާ އާއި ބަންގްލަދޭޝް އިން ގްރޫޕްގެ ފަހު މެޗުގައި ބައްދަލުކުރަން ޖެހުނުއިރު، އެ މެޗަށް ކުރިމަތިލިއިރު ވެސް އެ ދެ ޓީމު ވަނީ ސެމީ އަށް ގޮސްފަ އެވެ. އެއީ، އިންޑިއާ އިން 11-0 އިން ރާއްޖެ ބަލިކުރިއިރު، ބަންގްލަދޭޝް އަށް ރާއްޖޭގެ މައްޗަށް ކުރިހޯދުނީ 4-2 އިންނެވެ. 

ގްރޫޕް ސްޓޭޖުގައި އިންޑިއާ އިން 3-0 އިން ބަންގްލަދޭޝް ބަލިކުރި އެވެ. ސެމީގައި އިންޑިއާ އިން 1-0 އިން ބޫޓާންގެ މައްޗަށް ކުރިހޯދިއިރު، ފަހު ވަގުތު ލަނޑު ޖަހައި، ބަންގްލަދޭޝް އިން 2-1 އިން ނޭޕާލް ބަލިކޮށް ފައިނަލަށް ދަތުރުުކުރި އެވެ. 

ގޯއާގެ ޖަވާހަރްލާލް ނެހްރޫ ސްޓޭޑިއަމްގައި މިރޭ ކުޅުނު ފައިނަލުގައި، އިންޑިއާ އިން ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނިޓަށް ވެފައި ވަނިކޮށް ޕިޔާރީ ޒާޒާގެ ލަނޑުން ލީޑުނެގި އެވެ. އެކަމަކު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ރީތޫ ޕޯރްނާ ޗަކްމާ ވަނީ ބަންގްލަދޭޝް އަށް އެއްވަރުކޮށްދީފަ އެވެ. ދެ ވަނަ ހާފުގެ ކުޅުން ފެށިގެން 40 ސިކުންތު ތެރޭގައި އިންޑިއާ އިން ލަނޑެއް ޖަހައި އަލުން ލީޑުނެގި އެވެ. އެ ޓީމުގެ ލަނޑު ޖެހީ، ސަންފިދާ ނޮންގްރަމް އެވެ. އަދި، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އަށް މިނިޓަށް ވެފައި ވަނިކޮށް ބަދަލަކަށް ކުޅެން އެރި ލިންޑާ  ކޯމް ސެރްތޯ ވަނީ އިންޑިއާގެ ފަހު ލަނޑު ޖަހައިފަ އެވެ. 

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox