އެއާ އިންޑިއާ އާއި ބެންކޮކް އެއާވޭސްއިން ރާއްޖެއަށް ކުރާ ދަތުރުތައް މެދުކަނޑާލާއިފި

Jun 2, 2026, 5:38 PM
އެއާ އިންޑިއާގެ ފްލައިޓެއް

އެއާ އިންޑިއާގެ ފްލައިޓެއް

އަވަށްޓެރި އިންޑިއާގެ ގައުމީ އެއާލައިން އެއާ އިންޑިއާ އަދި ތައިލޭންޑުގެ ބެންކޮކް އެއާވޭސްއިން ރާއްޖެއަށް ކުރަމުން އަންނަ ދަތުރުތައް މެދުކަނޑާލައިފި އެވެ. 

އެއާ އިންޑިއާއިން ވަނީ އޮގަސްޓު މަހުގެ ނިޔަލަށް ރާއްޖެއަށް ކުރާ ދަތުރުތައް މެދުކަނޑާލާފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ބެންކޮކް އެއާވޭސްއިން ދަތުރުތައް މެދުކަނޑާލީ ސެޕްޓެމްބަރު މަހުގެ ނިޔަލަށެވެ. 

އެއާ އިންޑިއާއިން ވަނީ ރާއްޖޭގެ އިތުރުން އެހެން ބައެއް މަންޒިލްތަކަށް ވެސް ކުރަމުން އަންނަ ދަތުރުތައް މެދުކަނޑާލައި ފްލައިޓުތައް މަދުކޮށްފަ އެވެ. އެއާ އިންޑިއާއިން ދިޔައީ ހަފްތާއަކު ހަތް ދުވަހު ރާއްޖެއަށް ފްލައިޓު އަޅަމުންނެވެ. 

އާންމު ގޮތެއްގައި ބެންކޮކް އެއާވޭސްއިން ރާއްޖެއަށް ހަފްތާއަކު ހަތަރު ފްލައިޓު އަޅަ އެވެ. އޮކްޓޯބަރު މަހުގެ ތެރޭގައި އެ އެއާލައިނުން އަލުން ދަތުރުތައް ފަށާނެ އެވެ. 

ރާއްޖެ އާއި އިންޑިއާއާ ދެމެދު މި ވަގުތު ސީދާ ދަތުރުކުރަނީ އިންޑިއާގެ އިންޑިގޯ އަދި ގައުމީ އެއާލައިން މޯލްޑިވިއަނުންނެވެ. ރާއްޖެ އާއި ތައިލެންޑާ ދެމެދު ސީދާ ދަތުރުތައް ކުރަނީ އެއާ އޭޝިއާއިންނެވެ. މޯލްޑިވިއަނުން ސީޒަނަލް ފްލައިޓުތަކެއް ބާއްވަ އެވެ. 

މި ފެށެނީ ފަތުރުވެރިިކަމުގެ އޮފް ސީޒަން ކަމަށްވުމާއެކު ރާއްޖެއަށް އަންނަ ފްލައިޓުތައް މަދުވުން ވެގެންދާނީ ޓޫރިޒަމަށް ލިބޭނެ ގެއްލުމަކަށެވެ. އިރާން ހަނގުރާމައާ ގުޅިގެން މިހާރު ވެސް ޓޫރިޒަމަށް އަންނަނީ ބޮޑެތި ގެއްލުންތަކެއް ވަމުންނެވެ. 

އިރާން ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ޖެޓް ފިއުލްގެ އަގު ވަރަށް ބޮޑަށް އުފުލިފައިވާއިރު އޭގެ އަސަރުތައް އެއާލައިންތަކަށް އަންނަނީ ކުރަމުންނެވެ. ގިނަ އެއާލައިންތަކުން އަންނަނީ ޓިކެޓުގެ އަގު ބޮޑުކޮށް ދަތުރުތައް މަދުކުރަމުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox