އެބޯލާ ބަންޑިބުގްޔޯއާ ދެކޮޅަށް ތިން ވެކްސިނެއް
ނުރައްކާތެރި "ބަންޑިބުގްޔޯ" އެބޯލާ ވައިރަހުން ރައްކާތެރިވުމަށްޓަކައި އޮކްސްފޯޑް، މޮޑާނާ އަދި އައިއޭވީއައިއިން ތިން ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ޑަބްލިއުއެޗްއޯއިން ބުނީ މިއީ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށާއި ކުރިމަގުގައި ފެނިދާނެ އައުޓްބްރޭކްތަކަށް ތައްޔާރުވުމަށް ލިބޭނެ ބޮޑު އެހީއެއް ކަމަށެވެ.