އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު ކަމަށް ތުހުމަތުކުރެވޭ ގިނަ ބަޔަކު ސަރުކާރުގެ އިސް ސަފުގައި

އާޓް ވޯކް: އިމްދާދު / އަދަދު

އާޓް ވޯކް: އިމްދާދު / އަދަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުން ގެއްލުނު ހުރިހާ ފައިސާއެއް ހޯދައި، އެ ވައްކަމުގައި ކޮންމެ މީހަކު ބައިވެރިވެފައި އޮތަސް އެމީހަކަށް އަދަބު ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އާދިއްތަ ދުވަހުގެ ރޭ ޕީއެންސީ ޖަގަހާގައި ބޭއްވި ޖަލްސާގަ އެވެ.

މިއާއެކު، މީގެ 10 އަހަރުކުރިން ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފަތްފުށްތައް އަލުން ހުޅުވާ ގިނަ ބަޔަކު ދަނީ އެ ވާހަކައިގެ ތެރެއަށް ފީނަމުންނެވެ. ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު ހިޔާނާތާ ގުޅިގެން އެންމެ ފާހަގަކޮށްލެވޭ މަސައްކަތެއް ކުރީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ އާއި ޖުޑިޝަރީ ކޮމިޓީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޓީންނެވެ.

އެ ކޮމިޓީގެ ހޯދުންތަކާއެކު، އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު މީހުންގެ ލިސްޓެއް މެއި 12، 2021 ގައި މަޖިލީހުން އާންމުކުރި އެވެ. އާންމުކުރީ އެ ކޮމިޝަނުން އެދިގެން ކުރީ ސަރުކާރުން އުފެއްދި އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހަށް ފޮނުވި ލިސްޓު އޮތްގޮތަށް ކަމަށް އެ ކޮމިޝަނުން ފަހުން ވަނީ ބުނެފަ އެވެ.

މަޖިލީހުން އާންމުކުރި ލިސްޓުގައި މީހާގެ ނަމާއި މަގާމުތަކުގެ އިތުރުން ތަފުސީލެއް ނެތެވެ. ނަމަވެސް ހަމަ އެ ދުވަސްވަރު، ނަމާއި ފޮޓޯ އަދި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއިން އެ މީހުންނަށް ލިބުނު އަދަދު ހިމެނޭ ލިސްޓެއް ލީކުވި އެވެ. ދެ ލިސްޓުގެ ނަންތައް ވެސް ދިމާވެ އެވެ.

އެ ލިސްޓުގައި 18 އަދި 19 ވަނަ މަޖިލީހުގެ ގިނަ މެންބަރުން ހިމެނެ އެވެ. އޭރު އިދިކޮޅުގައި އޮތް ޕީޕީއެމްގެ ގިނަ މެންބަރުންނާއި ކުރީގެ ސަރުކާރަށް ނިސްބަތްވި ވަޒީރުންނާއި ވެރިކަންކުރި އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ވެސް ހިމެނެ އެވެ. ސިޔާސީ ދެ ފަޅިއަށް ވެސް ކަޅު ފައިސާ ވަނީ ލިބިފަ އެވެ.

އެމްޑީޕީ ސަރުކާރުން ވެސް މި މައްސަލަތައް ބަލަން ނިންމައި އެކަމަށް މަސައްކަތްތަކެއް ކުރި ނަމަވެސް އެއްވެސް ކަމެއް ކާމިޔާބެއްނުވި އެވެ. ހުކުމެއް ކުރެވޭ ގޮތްވީ ހަމައެކަނީ ޔާމީން އާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށެވެ. ޔާމީނަށް ކުރި ދެ ހުކުމް ވެސް މަތީ ކޯޓުތަކުން ބާތިލް ކުރީ އެވެ. އަދީބަށް ކުރި 20 އަހަރުގެ ޖަލު ހުކުމް ލުއި ކުރުމަށްފަހު ކުރީ ސަރުކާރުން އޭނާ މިނިވަން ކުރީ އެވެ.

އެމްއެމްޕީއާރުސީގެ މައްސަލަ އަލުން ބައްލަވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވީ "ރައްޔިތުންނަށްޓަކައި" ކަމަށެވެ. އެ ހިޔާނާތުގައި ކޮންމެ މީހަކު ބައިވެރިވެފައި އޮތަސް އިންސާފުގެ ކުރިމައްޗަށް ގެންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑު ބޭނުންވަނީ ރައްޔިތުންނަށްޓަކައި ރައްޔިތުންގެ ފައިސާ ހޯދަން. އެމްއެމްޕީއާރްސީގެ މައްސަލަ މީގެ ތެރެއިން ބަލާއިރު އެންމެ ބޮޑު މައްސަލައަކީ. އެ ވައްކަން ކުރި ފަރާތްތައް ދެނެގަނެ، އެއީ ކޮންމެ މީހެއްކަމުގައި ވިޔަސް އެމީހަކަށް ދޭންޖެހޭ ހައްގު އަދަބު މި ސަރުކާރުން ދީ އެ ފައިސާ ރައްޔިތުންނަށްޓަކައި ހޯދުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

"ކޮންމެ މީހަކަށް ވިޔަސް" ކަމަށް ރައީސް އެ ވިދާޅުވާ ލިސްޓުގައި މި ސަރުކާރުގެ އެތައް ވެރިންނެއް އެބަތިއްބެވެ. ރައީސް އޮފީހުން ފެށިގެން މަޖިލީހާއި ސަރުކާރުގެ ކުންފުނިތަކުގައި ވެސް އެ ލިސްޓުގެ ބައިވެރިން ތިބީ އެންމެ އުހުގަ އެވެ.

މި ލިޔުމުގައި ހިމަނާނީ މަޖިލީހުން އާންމުކުރި ލިސްޓުގައި ހުރި ނަންތަކާއި ލީކުވި ލިސްޓުގައި ހުރި ފައިސާގެ އަދަދުތަކެވެ.

ނައިބު ރައީސް އާއި ވަޒީރުން

  • ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު - 1،800،000ރ.
  • އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު - 8،308،400ރ.
  • ފޮރިން މިނިސްޓަރު މޫސާ ޒަމީރު - ލިބުނު ފައިސާގެ އަދަދު ސާފެއް ނުވޭ.
  • ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫން - 2،500،000ރ.
  • ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް - 1،000،000ރ.
  • ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގު އިބްރާހިމް - 200،000ރ.

މަޖިލީހުގެ ރައީސް، ނައިބު ރައީސް އަދި މެންބަރުން

  • މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ - 1،708،400ރ.
  • މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް - 1،000،000ރ.
  • ކޯލިޝަން ޕާޓްނަރު، މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް - 5,900,000ރ.
  • ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު - 1،200،000ރ.
  • ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު - 10,200,000ރ.
  • އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމު - 28،572،980ރ.
  • މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު - 4،700،000ރ.
  • ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް - 23،100،000ރ.
  • މާފަންދު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު - 1،200،000ރ.
  • ދުވާފަރު ދާއިރާގެ މެންބަރު މުހައްމަދު އަލީ - 500،000ރ.
  • މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު - 1،608،400ރ.
  • އައްޑޫ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު - 600،000ރ.
  • ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ - 600،000ރ.
  • ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ - 600،000ރ.
  • ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު - 600،000ރ.

ރައީސް އޮފީހާއި އެހެން އިސް މަގާމުތައް

  • ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފު - 1،500،000ރ.
  • ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު - 600،000ރ.
  • ރާއްޖެއިން ޔޫއޭއީއަށް ކަނޑައަޅާފައި ހުންނަ ސަފީރު މުހައްމަދު ހުސެއިން ޝަރީފު - 579،286ރ.
  • ޕަބްލިކް ސާވިސް ސެކްރެޓަރީ އަބްދުﷲ ނާޒިމް - ލިބުނު ފައިސާގެ އަދަދު ސާފެއް ނުވޭ.
  • ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަފު އިކްރާމް އަބްދުއްލަތީފު - ލިބުނު ފައިސާގެ އަދަދު ސާފެއް ނުވޭ.
  • މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންސް ސާވިސަސް އޮތޯރިޓީގެ ޗެއާޕާސަން އަބްދުﷲ ޖިހާދު - 200،000ރ.
  • ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލު - 500،000ރ.
  • ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން - 200،000ރ.
  • ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު - 16،000،000ރ.

ކޮންމެ މަގުސަދެއްގައި ނަމަވެސް ރައީސް އާދިއްތަ ދުވަހުގެ ރޭ ދެއްކެވި ވާހަކަ އާއި އަމަލު ދިމާކުރައްވަން ބޭނުންފުޅުވާނަމަ ފަށަން މިޖެހެނީ އަމިއްލަ ނައިބު ރައީސް އާއި މަޖިލީހުގެ ރައީސް އާއި ހިސާބުންނެވެ. ކެބިނެޓުގެ އެތައް މިނިސްޓަރަކާއި މަޖިލީހުގެ ގިނަ މެންބަރުންތަކަކާއި ހިސާބުންނެވެ.

އެމްއެމްޕީއާރުސީގެ ފައިސާ ހޯދާ، އެސެޓް ރިކަވާ ކުރެވޭނީ ދެފުށް ފެންނަ ތަހުގީގެއް ހިންގިގެންނެވެ. "އެކަމަކުގައި ބައިވެރިވި މީހެއް ކަމުގައި ސާބިތު ކުރެވެންޖެހޭނީ އިންސާފުވެރިކަމާއެކީގައި،" ކަމަށް ރައީސް އާދިއްތަ ދުވަހުގެ ރޭ ވިދާޅުވި ބަހާއި ސަރުކާރުގެ އަމަލުތައް ދިމާވާންޖެހެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox