ރޭންކު ބަދަލުނުވިޔަސް ސިފައިންގެ ހިދުމަތުގައި ތިބޭވޭ ގޮތް ހަދަން މުއިއްޒު ނިންމަވައިފި

ސިފައިންގެ ދުވަސް ފާހަގަކުރަން ރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވި ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ

ސިފައިންގެ ދުވަސް ފާހަގަކުރަން ރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވި ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ

ސިފައިންގެ ހިދުމަތުގައި ތިބޭ މީހުން ވަކި ރޭންކެއްގައި ގިނަ ދުވަސްތަކެއް ވަންދެން ތިބެންޖެހުމުން ހިދުމަތުން ވަކިވާންޖެހޭ ގޮތަށް އޮތް އުސޫލު ބަދަލުކޮށް، ސިފައިންގެ ގާނޫނާއި ގަވާއިދުތަކަށް ބޮޑެތި އިސްލާހުތަކެއް ގެނައުމަށް ރައީސް މުހައްމަދު މުއިއްޒު ނިންމަވައި އެކަން ރޭ އިއުލާނު ކުރައްވައިފި އެވެ.

ސިފައިންގެ ދުވަސް ފާހަގަކުރަން ކަޅުތުއްކަލާ ކޮށީގައި ރޭ ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ މިހާރު އަމަލުކުރަމުންދާ ގަވާއިދުތައް ހުރި ގޮތުން، އެއް ރޭންކެއްގައި ވަކި މުއްދަތަކަށް މަޑުކުރަން ޖެހިއްޖެނަމަ، ހިދުމަތުން ދުރަށް ދާންޖެހޭ ކަމަށާއި މިއީ އެންމެ އަދުލުވެރި ގޮތް ނޫން ކަމަށާއި، މީގެ ސަބަބުން ގައުމަށާއި ސިފައިންގެ މީހާ އަށް ވެސް ގެއްލުންތަކެއް ކުރިމަތިވާ ކަމަށެވެ. 

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއީ އެންމެ އަދުލުވެރި ގޮތެއް ނޫން. އަދި އެ ސިފައިންގެ ހިދުމަތްތެރިޔާއަށް ވެސް އެންމެ އަދުލުވެރި ގޮތެއް ނޫން. ގައުމަށް ވެސް އެންމެ ރަނގަޅު ގޮތެއް ނޫން. އެހެންވީމަ ސިފައިންގެ ހިދުމަތުގައި ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކީގައި ހިދުމަތް ކުރަމުންދާ ސިފައިންގެ މީހުންނަށް އަދި ރޭންކުގައި ވަކި މުއްދަތެއް ވިޔަސް އަދި ލިމިޓޭޝަން މިހާރު އޮތް ގަވާއިދުގެ ތެރެއިން ހަމަވާ ގޮތަށް އޮތް އޮތުން އެއީ ބަދަލުކުރަންޖެހޭ ކަމެއްގެ ގޮތުގައި އަޅުގަނޑު ގަބޫލުކުރަން، އިރާދަ ކުރެއްވިއްޔާ އެގޮތަށް ބަދަލުކޮށްދީ ސިފައިންގެ ހިދުމަތުގައި ދެމިހުރެވޭނެ ގޮތް އިރާދަކުރެއްވިއްޔާ ހަދަން ގަސްދުކުރަން. އެގޮތަށް އިރާދަކުރެއްވިއްޔާ ބަދަލުކޮށްދޭނަން،" މުއިއްޒު ވިދާޅުވި އެވެ. 

Advertisement

ރިޓަޔާމަންޓު ސިޔާސަތަށް ބަދަލެއް

ސިފައިންގެ ރިޓަޔާމަންޓު ގަވާއިދަށް އިސްލާހުތައް ގެނެސް ހިދުމަތުން ވަކިވުމުން ލިބޭ މަންފާ، ހިދުމަތުގެ އަހަރުގެ ނިސްބަތަށް ބަދަލުކުރައްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"އެއީ 30 އަހަރަށް ވުރެ ގިނަ އަހަރު ވެގެން ދާއިރު، 30 އަހަރު ވިޔަސް 35 އަހަރު ވިޔަސް ތަފާތެއް ނެތް ރިޓަޔާމަންޓުގައި މިހާރު ލިބޭ ބެނެފިޓަށް ބަލާއިރު. މިއީ ބަދަލުކުރަންޖެހޭ ކަމެއް ކަމަށް ގަބޫލުކުރަން. އެހެންވީމަ ސިފައިންގެ ރިޓަޔަމަންޓު ގަވާއިދު މި ދެންނެވި ގޮތަށް ހިދުމަތްކުރި އަހަރުގެ ނިސްބަތުން އެ ލިބޭ ބެނެފިޓު ކަނޑައަޅާ ގޮތަށް ބަދަލުކުރަން ގަސްދުކުރަން،" މުއިއްޒު ވިދާޅުވި އެވެ. 

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއީ މިއަދާ ހަމައަށް އައިރުގައި ވެސް ނޫނީ އަޅުގަނޑުމެން މިކަމާ ތިބޭފުޅުންގެ ހިދުމަތްތައް ރަނގަޅު ކުރުމަށް ޒިންމާއާ ހަވާލުވެގެން އައިއިރުގައި ވެސް ރަނގަޅުވެފައި ހުންނަންޖެހޭނެ ކަންތައް."

ސިފައިންގެ ފައުޖު ބޮޑުކޮށް ސިފައިންގެ މީހާގެ އާއިލާ ދިރިއުޅޭ ރަށް އަތޮޅު ނުވަތަ ސަރަހައްދަކާ އެންމެ ކައިރީގައި ހުންނަ ކޮމާންޑު ސެންޓަރެއްގައި ހިދުމަތް ކުރެވޭ ގޮތަށް އުސޫލު ބަދަލުކުރާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ. 

"ހިދުމަތް ފުޅާކުރަން ބަލާއިރު ކޮންމެ އޭރިއާ ކޮމާންޑަކާ އެންމެ ކައިރި ސަރަހައްދުތަކަށް ވިސްނައިގެން ކޮންމެ ސިފައިންގެ މީހަކުގެ އާއިލާ ދިރިއުޅޭ ސަރަހައްދަކީ ބަލައި އެ ސަރަހައްދެއް ހިމެނޭ އޭރިއާ ކޮމާންޑެއްގައި ޑިއުޓީ އަދާކުރެވޭނެ ފުރުސަތު ގާއިމުކޮށްދޭން އަޅުގަނޑު ގަސްދުކުރަން،" މުއިއްޒު ވިދާޅުވި އެވެ. 

މި ބަދަލާއެކު،  ސިފައިންގެ ފައުޖު ވެސް ވަރުގަދަކޮށް، ބޮޑުކުރަންޖޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެކަމަށްޓަކައި ދައުލަތުގެ މިއަހަރު ބަޖެޓުގައި އިސްކަމެއް ދީފައިވާނެ ކަމަށާއި ބޭނުމަކީ ޒުވާނުން އިތުރުކުރުން ކަމަށް މުއިއްޒު ފާހަގަ ކުރެއްވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox