ބޮޑު އީދުގެ ފޯރި ގުރައިދޫގައި ގަދަކުރަން އެޗް78 އިން ތަފާތު ހަރަކާތްތަކަކާއެކު ތައްޔާރުވެއްޖެ

May 9, 2026, 1:18 PM
އެޗް78

އެޗް78

ކުރިއަށް އޮތް އަޟްޙާ އީދުގެ މުނާސަބަތުގައި ކ. ގުރައިދޫގައި ހުންނަ އެޗް78 ހޮޓަލުން ވަރަށް ކުލަގަދަ ހަރަކާތްތަކެއް ބޭއްވުމަށް ނިންމައި އެކަން އިއުލާނުކޮށްފި އެވެ. 

މި މަހުގެ 27 އިން 29 އަށް ކުރިއަށްދާ މި ފޯރިގަދަ ހަރަކާތްތަކަކީ ރަށުގެ ރައްޔިތުންނާއި އެ ރަށަށް ޒިޔާރަތްކުރާ މީހުންނަށް އީދުގެ އުފާވެރިކަން އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމުގެ މަގުސަދުގައި ރާވާފައިވާ ހަރަކާތްތަކެއް ކަމަށް އެޗް78 ހޮޓެލްގެ އޮފިޝަލަކު ބުންޏެވެ.

ތިން ދުވަހުގެ މުއްދަތަށް ބަހާލައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ސަގާފީ ކުޅިވަރުތަކާއި، ފަންނީ ހަރަކާތްތަކުގެ އިތުރުން އާއިލާތަކަށް ބައިވެރިވެވޭނެ ތަފާތު ގިނަ ކަންތައްތަކެއް ވަނީ ހިމަނާފަ އެވެ.

އީދު ފާހަގަކުރުމުގެ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ މޭ 27 ވާ ބުދަ ދުވަހުގެ ހަވީރުއެވެ. އެގޮތުން އެ ދުވަހުގެ ހަވީރު 4:30 ގައި އެޗް78 ބީޗްފްރަންޓް ސަރަހައްދުގައި ފޯރިގަދަ ކަކުނި ރޭހެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ހަރަކާތަށްފަހު، އެ ރޭގެ ވަގުތުތަކަކީ މިއުޒިކީ ފަންނުވެރިކަމަށް ހާއްސަ ވަގުތުތަކެކެވެ. އެގޮތުން ރޭގަނޑު 7:30 ގައި މުރަނގަ ޗިލްގައި ސެކްސަފޯންގެ ހިތްގައިމު ހުށަހެޅުންތަކެއް އޮންނާނެއެވެ. އަދި އޭގެ ފަހުން ރޭގަނޑު 9:30 ގައި އަތިރި ޗިލްގައިވެސް ސެކްސަފޯންގެ އިތުރު ހުށަހެޅުންތަކެއް ކުރިއަށްދާނެއެވެ. މި މިއުޒިކީ ހަރަކާތްތަކަކީ އީދުގެ ފުރަތަމަ ދުވަހު މެހެމާނުންނަށް ހިތްފަސޭހަ މާހައުލެއް ގާއިމުކޮށްދިނުމަށް ރާވާފައިވާ ކަންކަމެވެ.

އީދުގެ ދެވަނަ ދުވަސް ހާއްސަ ކުރެވިފައިވަނީ ފަންނީ އަދި އުފެއްދުންތެރި މަސައްކަތްތަކަށެވެ. އެގޮތުން ފާލިން ސްޓޫޑިއޯގެ ފަރާތުން ބާއްވާ އީދު ކްރިއޭޓިވް އާޓް ސެޝަން އެ ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ބީޗް ހަޓްސް ސަރަހައްދުގައި ކުރިއަށްދާނެ އެވެ. މިއީ ކުރެހުމާއި ފަންނުވެރިކަމަށް ލޯބިކުރާ ފަރާތްތަކަށް ހުޅުވާލެވިފައިވާ ރަނގަޅު ފުރުސަތެއް ކަމަށް އެޗް78 އިން ބުނެ އެވެ. އެ ރޭ 7:30 އިން 9:00 އަށް މުރަނގަ ޗިލްގައި މުނިފޫހިފިލުވުމުގެ ހާއްސަ ޝޯއެއް ކުރިއަށްދާނެ އެވެ.

މި ފޯރިގަދަ އީދު ހަރަކާތްތައް ނިންމާލުމަށް ހަމަޖެހިފައިވަނީ މޭ 29 ވާ ހުކުރު ދުވަހު ކުޑަކުދިންނާއި އާއިލާތަކަށް ހާއްސަ ހަރަކާތަކުންނެވެ. އެގޮތުން އެ ދުވަހުގެ ހަވީރު 4:00 އިން 5:00 އަށް އަތިރި ޗިލްގައި މަޝްހޫރު ޖާދޫގަރު ޝައްމާންގެ ހުށަހެޅުންތަކެއް ފެނިގެންދާނެ އެވެ.

މިއީ އީދު ބަންދު ނިންމާލުމުގެ ގޮތުން ކުޑަކުދިންނަށް ވަރަށް ކަމުދާނެ ފަދަ ގޮތަކަށް ރާވާފައިވާ ހަރަކާތެކެވެ. އެޗް78 ގުރައިދޫއިން ބުނި ގޮތުގައި ރަށުގެ އެކި ސަރަހައްދުތަކުގައި މި ހަރަކާތްތައް ބޭއްވުމުގެ މަގުސަދަކީ މުޅި ރަށުގެ އެކި ހިސާބުތަކަށް އީދުގެ އުފާވެރިކަން ފޯރުކޮށްދިނުމެވެ.

މާލޭގެ ހަލަބޮލި މާހައުލާ ދުރަށް ޖެހިލައި، އާއިލާއާއި ރައްޓެހިންނާއެކު އީދުގެ އުފާ ފާހަގަކޮށްލުމަށް ކ. ގުރައިދޫއަކީ މާލެ ކައިރިން އޮތް އެންމެ ފައްކާ ރަށެވެ. މާލެއިން ފުރައިގެން ލޯންޗެއްގައި އެންމެ 30 މިނެޓުން ޒިޔާރަތްކޮށްލެވޭ މި ރަށަކީ ހިތްގައިމު ނޫކުލައިގެ ބޮޑު ވިލަކާއި، ހުދު ދޮންވެލި ގޮނޑުދޮށްތަކުން މުއްސަނދިވެފައިވާ އަމާން މަންޒިލެކެވެ.

ބޮޑު އީދު ފާހަގަކުރުމަށް ގުރައިދޫގެ ރައްޔިތުން އަންނަނީ ވަރަށް ފުރިހަމައަށް ތައްޔާރުވަމުންނެވެ. ރަށު ފެންވަރުގައި ބާއްވާ ސަގާފީ ކުޅިވަރުތަކާއި، މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތަކުގެ އިތުރުން އެޗް78 އިން ރާވާފައިވާ ހާއްސަ ހަރަކާތްތަކާއެކު، މުޅި ރަށް އޮންނާނީ އީދު އުފަލުން ގުގުމާލާފައެވެ.

ގުރައިދޫގައި ހުރި އެންމެ ބޮޑު އަދި އެންމެ ފެންވަރު ރަނގަޅު އެއް ހޮޓަލަކީ އެޗް78  އެވެ. ދިހަ ބުރީގެ މި ހޮޓެލްއަކީ ޒަމާނީ ފަސޭހަތަކާއި ރަށު ދިރިއުޅުމުގެ އަސްލު ރޫހު ގުޅުވައިދޭ ތަނެކެވެ. މި ހޮޓެލްގެ ރޫފްޓޮޕްއަކީ ރަށުގެ ގުދުރަތީ ރީތި މަންޒަރުތައް 360 ޑިގްރީއަށް ބަލާލެވޭ ފަދަ ހިތްގައިމު ތަނެވެ. 

ކަނޑުގެ ރީތި މަންޒަރު ފެންނަ އަރާމު ކޮޓަރިތަކާއި، އިންފިނިޓީ ޕޫލާއި، ސްޕާ، އަދި ކުޑަކުދިންނަށް ހާއްސަ "ކިޑްސް ކްލަބް" އާއި ރަށުގެ ރައްކާތެރި މާހައުލު އަކީ ހާސްކަމެއް ނެތި އީދު ފާހަގަކޮށްލަން މުހިއްމު ކަންކަމެވެ. 

ދުނިޔޭގެ ފެންވަރުގެ ޑައިވް ސައިޓްތައް ކަމަށްވާ ކޮކޯ ކޯނަރ، ގުރައިދޫ ކޯނަރ އަދި ކަނޑޫމާ ތިލައަށް ފީނުމާއި، ރާޅާއެޅުމުގެ ފުރުސަތު ވެސް މިރަށުން ލިބޭނެ އެވެ.

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox