އީދަށް އެޗް78 އިން ގުރައިދޫގައި ހަރަކާތްތަކެއް ބާއްވަނީ
ބޮޑު އީދުގެ މުނާސަބަތުގައި ކ. ގުރައިދޫ އެޗް78 ހޮޓަލުން އިސްނަގައިގެން މި މަހުގެ 27، އިން 29، އަށް ކުރިއަށްގެންދާ ތަފާތު ހަރަކާތްތަކެއް އިއުލާނުކޮށްފި. މި ޕްރޮގްރާމްގައި ކަކުނި ރޭހާއި، ސެކްސަފޯން މިއުޒިކާއި، އާޓް ސެޝަންތަކުގެ އިތުރުން ޖާދޫގަރު ޝައްމާންގެ ހާއްސަ ހުށަހެޅުންތަކެއް ހިމެނޭ.