އައިއޯސީން ބެލަރޫސްގެ ސަސްޕެންޝަން އުވާލިޔަސް، ރަޝިއާ އަށް ލުޔެއް ނެތް

May 8, 2026, 8:38 AM
ވިންޓަ އޮލިމްޕިކްސްގެ ތެރެއިން ބެލަރޫސްގެ އެތުލީޓެއް.

ވިންޓަ އޮލިމްޕިކްސްގެ ތެރެއިން ބެލަރޫސްގެ އެތުލީޓެއް.

ޒިއުރިކް (މެއި 8) - އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން ބެލަރޫސަށް ދީފައި އޮތް ސަސްޕެންޝަން އުވާލި ނަމަވެސް، ރަޝިއާ އަށް ދީފައި އޮތް އަދަބު ދަމަހައްޓަން ނިންމައިފި އެވެ. 

ރަޝިއާ އާއި ބެލަރޫސް އަށް އައިއޯސީން ސަސްޕެންޝަނެއް ދިނީ 2022 ވަނަ އަހަރު ރަޝިއާ އިން ޔޫކްރެއިނާ ދެކޮޅަށް ފެށި ހަނގުރާމައާ ހެދި އެވެ. އަދި، ރަޝިއާ އެންމެ ފުރަތަމަ ސަސްޕެންޑްކުރިއިރު، އެ ގައުމަށް ސަޕޯޓް ދޭތީވެ، ފަހުން ބެލަރޫސް އަށް ވެސް ފިޔަވަޅު އެޅީ އެވެ. 

އެ ގޮތުން، ބެލަރޫސް އަށް ދީފައިވާ އަދަބު އުވާލައިފި ކަމަށް އައިއޯސީން ވަނީ މުބާރާތްތަކުގައި ވާދަކުރާ އޮގަނައިޒަރުންނަށް އަންގައިފަ އެވެ. އެހެން ނަމަވެސް، އެތުލެޓިކްސްގެ ދުނިޔޭގެ ޖަމިއްޔާ، ވޯލްޑް އެތުލެޓިކްސް އިން ނިންމީ އަދިވެސް، ރަޝިއާ އެކޭ އެއްގޮތަށް ބެލަރޫސްގެ ސަސްޕެންޝަން ވެސް ބަދަލެއް ނުގެނެސް ދެމެހެއްޓުމަށެެވެ. 

Advertisement

މީގެ ހަތަރު އަހަރު ކުރިން، ރަޝިއާ އާއި ބެލަރޫސް އަށް ދިން މި އަދަބު އެކި ފަހަރު މަތިން އައިއޯސީން ވަނީ މުރާޖާކޮށްފަ އެވެ. އެ ގޮތުން، 2023 ވަނަ އަހަރު އައިއޯސީން ވަނީ މުބާރާތްތަކުގައި ރަޝިއާ އާއި ބެލަރޫސްގެ އެތުލީޓުންނަށް ހުދު ދިދައިގެ ދަށުން، ނިއުޓްރަލް އެތުލީޓުންގެ ގޮތުގައި މުބާރާތްތަކުގައި ވާދަކުރަން ފުރުސަތު ދީފަ އެވެ. 

ބެލަރޫސް އަށް ދިން އަދަބު އުވާލުމަށް ފަހު، އައިއޯސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގައުމުތަކުން ނިންމާ ކުޅިވަރުން ބޭރުގެ ކަންކަމާއި ހަނގުރާމައިގެ ސަަބަބުން އޭގެ އަސަރު ކުޅިވަރު އެތުލީޓުންނަށް ކުރުމަކީ އެެދެވޭ ކަމެއް ނޫން ކަމަށެވެ. އަދި، މި ފަދަ ކަންކަން ހިނގާ ގޮތާ މެދު ގައުމުތަކުން ފުޅާ ނަޒަރިއްޔާ އަކުން ވިސްނުން ބައްޓަންކުރުމަށް އައިއޯސީން ވަނީ ގޮވާލައިފަ އެވެ. 

ބެލަރޫސް އަށް ނިސްބަތްވާ ގިނަ އެތުލީޓުންތަކެއް ވަނީ އެންމެ ފަހުން އައިއޯސީން އިސްވެ ބޭއްވި އިވެންޓްތަކުގައި ނިއުޓްރަލް އެތުލީޓުންގެ ގޮތުގައި ބައިވެރިވެފަ އެވެ. އެ ގޮތުން، ފްރާންސްގެ ޕެރިހުގައި 2024 ވަނަ އަހަރު ބޭއްވި އޮލިމްޕިކްސް އާއި މި އަހަރު އިޓަލީގެ މިލާނުގައި ބޭއްވި ވިންޓަ އޮލިމްޕިކްސްގައި ވެސް ބެލަރޫސަށް ނިސްބަތްވާ ގިނަ އެތުލީޓުން ވަނީ ވާދަކޮށްފަ އެވެ. 

އައިއޯސީގެ މި ނިންމުމަކީ، 2028 ވަނަ އަހަރު އެމެރިކާގެ ލޮސް އެންޖެލްސްގައި ބާއްވާ އޮލިމްޕިކްސް އާއި އިޓަލީގައި ހަމަ އެ އަހަރު ބާއްވާ ވިންޓަ އޮލިމްޕިކްސްގެ ކޮލިފައިން ސައިކަލް ތެރޭގައި ބެލަރޫސް އެތުލީޓުންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox