މައިންޑްޗޭމްޕްސްގެ ކުޑަކުދިންގެ ހަވީރެއް ހޮނިހިރު ދުވަހު އާޓިފިޝަލް ބީޗުގައި ބާއްވަނީ

މައިންޑްޗެމްޕްސް ޕްރީސްކޫލް

މައިންޑްޗެމްޕްސް ޕްރީސްކޫލް

މައިންޑްޗޭމްޕްސް އިންޓަނޭޝަނަލް ޕްރީސްކޫލުން އިންތިޒާމުކޮށްގެން ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން ބާއްވާ ހާއްސަ ހަރަކާތްތަކެއް އަންނަ ހޮނިހިރު ދުވަހު ހަވީރު އާޓިފިޝަލް ބީޗުގައި ބޭއްވުމަށް ނިންމައިފި އެވެ.

ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން ރާއްޖޭގެ ހުރިހާ ކުޑަކުދިންނަށް ހުޅުވާލައިގެން ބާއްވާ މި އާއިލީ ހަވީރު ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 16:00 ޖަހާއިރެވެ. އެ ހަވީރަކީ ކުޑަކުދިންގެ ދުވަހުގެ އުފާވެރިކަން ހުރިހާ ކުދިންނަށް ފޯރުކޮށްދިނުމަށް

މައިންޑްޗޭމްޕްސް އިން ބުނީ މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ކުޑަކުދިންގެ ދުވަހުގެ އުފާވެރިކަން ހުރިހާ ކުދިންނަށް ފޯރުކޮށްދީ، އާއިލާތަކާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމުގެ ފުރުސަތު ދިނުގެ އިތުރުން މައިންޑްޗޭމްސް އިންޓަނޭޝަނަލް ޕްރީ ސްކޫލްއާއި ބެހޭ މައުލޫމާތު ފަސޭހައިން ބެލެނިވެރިންނަށް ލިބޭނެ ގޮތް ތަނަވަސްކޮށްދިނުން ކަމަށެވެ. 

"މި ހަވީރުގައި ކުޑަކުދިންނާ ގުޅޭ ތަފާތު ގިނަ ކުޅިވަރުތަކާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ކުރިއަށް ދާނެ. ކުޅިވަރުތަކުގައި ބައިވެރިވާ ކުދިންނަށް ހާއްސަ އިނާމުތަކެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފައި،" މައިންޑްޗޭމްޕްސް އިން ބުންޏެވެ. 

މި ހަރަކާތް މެދުވެރިކޮށް މައިންޑްޗޭމްޕްސް ޕްރީސްކޫލުގެ ޓުއާއެއްދީ، ޕްރީސްކޫލާ ބެހޭ މައުލޫމާތުތައް ވެސް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އިވެންޓުގެ ތެރެއިން ކުރިއަށްދާ ހަރަކާތްތަކުގެ ތެރޭގައި ވަރަށް ގިނަވައްތަރުގެ މުދާ އެކުލެވޭ ޖަމްބަލް ސޭލްއެއްވެސް ކުރިޔަށްދަން ވަނީ ހަމަޖެހިފަ އެވެ. 

މި ސޭލްގައި ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ބޭނުންވާނެ ތަފާތު އެކި ބާވަތުގެ ތަކެތި ހެޔޮ އަގުގައި ލިބެން ހުންނާނެ ކަމަށާއި މިއީ ގިނަ ބަޔަކަށް ބޭނުންތެރި ސާމާނު އެއްތަނަކުން ފަސޭހަކަމާއެކު ގަތުމަށް ލިބޭނެ ރަނގަޅު ފުރުސަތެއް ކަމުގައި މައިންޑްޗޭމްޕްސްއިން ބުންޏެވެ.

މި ހަވީރަށް ޒިޔާރަތްކުރާ މީހުންނަށް އަދި ވަކިން ހާއްސަކޮށް ކުޑަކުދިންނަށް މީރު ކެއުންތަކާއި ބުއިންތައް ލިބޭނެ ހާއްސަ ކެންޓީނެއް ވެސް އެ ސަރަހައްދުގައި ގާއިމުކުރެވިފައި ހުންނާނެ ކަމަށް އެ ޕްރީސްކޫލުން ބުންޏެވެ. 

މީގެއިތުރުން ތަފާތު ސްޓޯލްތަކެއްގެ ހިދުމަތްތައް މި ހަވީރުގަ ބައިވެރިވާ ކުޑަ ކުދިންނަށް ހުޅުވާލެވިފައި ހުންނައިރު، އޭގެ ތެރޭގައި ވައިޓަލް ކެއާ އިން ޖެނެރަލް ސްކްރީނިން އަދި ދަތުގެ ސްކްރީނިން ހިލޭ ހެދޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ. 

ފަހުގެ ޚަބަރު

ގަންނަ ކޮންމެ ލެނޯވޯ ލެޕްޓޮޕަކާއެކު ހަދިޔާ ލިބޭ ޕްރޮމޯޝަނެއް

އަހަރު ނިމުމާ ދިމާކޮށް ސިމްޑީން ފެށި މި ޕްރޮމޯޝަންގައި، ޑިސެމްބަރު 31 ގެ ނިޔަލަށް ލެނޯވޯގެ އައު މޮޑެލްތަކުގެ ލެޕްޓޮޕް ގަންނަ ފަރާތްތަކަށް ހިލޭ ޕްރިންޓަރަކާއި ބެކްޕެކެއް ލިބޭނެއެވެ. މި ޕްރޮމޯޝަންގެ މަގުސަދަކީ ކިޔަވާ ދަރިވަރުންނާއި މަސައްކަތްތެރިންނަށް އެންމެ ފަހުގެ އައި.އޭ ޓެކްނޮލޮޖީގެ ލެޕްޓޮޕްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

Newsletter

Get the latest news delivered straight to your inbox