އެއާ އޭޝިއާއިން އެއާބަސްގެ 150 ބޯޓު ގަންނަނީ
މެލޭޝިއާގެ އެއާ އޭޝިއާއިން އެއާބަސްގެ އޭ220-300 މަރުކާގެ 150 ބޯޓު ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، މިއީ މި މަރުކާގެ ބޯޓުތަކަށް އެއްފަހަރާ ލިބުނު އެންމެ ބޮޑު އޯޑަރެވެ. މި ބޯޓުތައް ބޭނުންކުރާނީ އޭޝިއާގެ މަންޒިލްތަކަށް ދަތުރުތައް ފުޅާކުރުމަށާއި އައު މާކެޓްތަކަށް ވާސިލްވުމަށެވެ.