"ވަރުބަލިވެފައިވާ" ދެކުނު ކޮރެއާގައި ނިދުމުގެ މުބާރާތެއް
ދެކުނު ކޮރެއާގެ ސޯލްގައި މަސައްކަތް ބުރަވުމުގެ ސަބަބުން ވަރުބަލިވެފައިވާ ޒުވާނުންނަށް އަމާޒުކޮށްގެން އަރާމު ނިންޖެއް ހޯދައިދިނުމަށް "ޕަވާ ނެޕް" މުބާރާތެއް ބާއްވައިފިއެވެ. ހާން ކޯރު ކައިރީގައި ބޭއްވި މި މުބާރާތުން ފެނިގެންދިޔައީ އެ ގައުމުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ނިދިމަދުވުމުގެ ދާއިމީ މައްސަލައާއި އެކަމަށް އޮތް ބޮޑު ބޭނުންތެރިކަމެވެ.