ދެކުނު ކޮރެއާގެ ކުރީގެ ރައީސްގެ ޖަލު ހުކުމް ހަތް އަހަރަށް އިތުރުކޮށްފި

Apr 29, 2026, 3:09 PM
ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޔޫން ސުކް ޔޯލް ކޯޓަށް ވަޑައިގަންނަވަނީ. -- ފޮޓޯ: ރޮއިޓާސް

ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޔޫން ސުކް ޔޯލް ކޯޓަށް ވަޑައިގަންނަވަނީ. -- ފޮޓޯ: ރޮއިޓާސް

ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޔޫން ސުކް ޔޯލް 2024 ވަނަ އަހަރު އިއުލާންކުރެއްވި ކުރު މުއްދަތުގެ މާޝަލް ލޯ ނުވަތަ އަސްކަރީ ގާނޫނާ ގުޅިގެން އޭނާގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް، އެ ގައުމުގެ އިސްތިއުނާފީ ކޯޓުން ހަތް އަހަރަށް އިތުރުކޮށްފި އެވެ. މި ހުކުމް އިތުރުކޮށްފައިވަނީ އެ މައްސަލަ އިސްތިއުނާފު ކުރުމާ ގުޅިގެންނެވެ.

މިދިޔަ ޖެނުއަރީ މަހު ދަށު ކޯޓުން ޔޫންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ ބައެއް ދައުވާތަކުން އޭނާ ބަރީއަކުރުމަށްފަހުގަ އެވެ. ނަމަވެސް، އިސްތިއުނާފީ ކޯޓުން ވަނީ އޭނާ ހައްޔަރުކުރުމަށް އައި ކަމާބެހޭ ފަރާތްތަކަށް ހުރަސްއެޅުމަށް ރިޔާސީ ސަލާމަތީ ހިދުމަތްތައް ބޭނުންކުރި މައްސަލަ ހިމެނޭހެން، އިތުރު ދައުވާތަކެއް ސާބިތުވާކަމަށް ކަނޑައަޅާފަ އެވެ.

ސޯލް ހައި ކޯޓުގެ ފަނޑިޔާރު ވިދާޅުވީ، ބާރުގެ ބޭނުންކޮށްގެން ހައްޔަރުކުރުމުގެ އަމުރެއް ތަންފީޒުކުރުން ހުއްޓުވަން މަސައްކަތް ކުރުމަކީ، ގާނޫނާއި ގަވާއިދު ހިނގާ މުޖުތަމައެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

Advertisement

މިދިޔަ އަހަރު މަގާމުން އަޒުލުކޮށް ވަކިކުރި، އުމުރުން 65 އަހަރުގެ ކުރީގެ ޕްރޮސެކިއުޓަރުގެ މައްޗަށް ވަނީ ރަސްމީ ލިޔެކިޔުންތައް އޮޅުވާލުމާއި، އަސްކަރީ ގާނޫނު އިއުލާންކުރުމުގައި ފުރިހަމަކުރަންޖެހޭ ގާނޫނީ އިޖުރާއާތްތަކަށް އަމަލުނުކުރުމުގެ ކުށް ވެސް ސާބިތުވެފަ އެވެ.

އަސްކަރީ ގާނޫނު އިއުލާންކުރި މައްސަލަތައް ބެލުމަށް ހާއްސަކޮށް އުފެއްދި ކޯޓު ޑިވިޝަނުން ނިންމި މި ފުރަތަމަ ނިންމުން ވަނީ ޓީވީ މެދުވެރިކޮށް ވަގުތުން ދައްކާފަ އެވެ.

ޕްރޮސެކިއުޓަރުން އެދިފައިވަނީ ޔޫންގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށެވެ. އެ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ޔޫން ވަނީ ރައްޔިތުންގެ އިތުބާރަށް ހިޔާނާތްތެރިވެ، ދުސްތޫރީ ނިޒާމު މުގުރާލައި، ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން އަމިއްލަ ބާރު ދެއްކުމަށް މަސައްކަތް ކުރައްވާފަ އެވެ.

ދަށު ކޯޓުގެ ނިންމުން ޔޫން އިސްތިއުނާފު ކުރެއްވީ، ޝަރީއަތުގެ ތެރޭގައި ފެންމަތިވި ހެކިތަކަށް ކޯޓުން އިހުމާލުވެފައިވާ ކަމަށާއި ހަގީގަތްތައް އޮޅޭ ގޮތަށް މާނަކޮށްފައިވާ ކަމަށް ބުނެ އެވެ.

ޔޫންގެ ވަކީލުން ބުދަ ދުވަހު ބުނީ، އިސްތިއުނާފީ ކޯޓުގެ ނިންމުމަކީ "ބަލައިގަނެވޭނެ" ނިންމުމެއް ނޫން ކަމަށާއި، ސިޔާސީ ކަންތައްތަކެއްގެ ގޮތުގައި ބެލެވިދާނެ ކަންކަމަށް ހަރުކަށި ގާނޫނީ އުސޫލުތައް ކޯޓުން ތަންފީޒުކޮށްފައިވާތީ، އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށެވެ.

މިދިޔަ އޭޕްރީލް މަހު މަގާމުން ވަކިކުރި ޔޫންއާ ދެކޮޅަށް އަށް ޝަރީއަތެއް ކުރިއަށް އެބަދެ އެވެ. ޔޫން ޖަލުގައި ބަންދުކުރީ މިދިޔަ ޖުލައި މަހު އެވެ.

އެހެން މައްސަލަތަކުގެ ތެރެއިން، 2024 ވަނަ އަހަރު އަސްކަރީ ގާނޫނު އިއުލާންކޮށް ވެރިކަން ދަމަހައްޓަން ރޭވި ކަމަށް ސާބިތުވެ ޔޫންގެ މައްޗަށް ފެބްރުއަރީ މަހު ވަނީ އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.

ނަމަވެސް، ޔޫން ގެންދަވަނީ އޭނާގެ މައްޗަށް ކުރެވޭ ހުރިހާ ތުހުމަތުތަކަކަށް އިންކާރު ކުރައްވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދޮންބާސް ދޫކޮށްލައިފިނަމަ ނޭޓޯ މެންބަރުކަން ދިނުމުގެ ހުށަހެޅުމެއް

ޔޫކްރެއިންގެ ދޮންބާސް ސަރަހައްދު ރަޝިއާއަށް ދޫކޮށްލުމުގެ ބަދަލުގައި އެ ގައުމަށް ނޭޓޯގެ މެންބަރުކަން ދިނުމުގެ ހުށަހަޅުމެއް އެމެރިކާގެ މަންދޫބުން ހުށަހަޅާފައިވާ ކަމަށް ރައީސް ޒެލެންސްކީ ވިދާޅުވެއްޖެއެވެ. މިފަދަ އެއްބަސްވުމަކަށް ދާނީ ގައުމުގެ ސަލާމަތާއި އާރާސްތުކުރުމުގެ ފުރިހަމަ ޔަގީންކަން ލިބި، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން އެކަން ފާސްވެއްޖެނަމަ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ޔޫގަންޑާގައި އަސްކަރީ ޖެނެރަލުން ހައްޔަރުކޮށްފި

ޔޫގަންޑާގެ ރައީސް މުސެވެނީގެ ދަރިކަލުން އަދި އަސްކަރިއްޔާގެ ވެރިޔާ ޖެނެރަލް މުހޫޒީ ކައިނޭރުގާބާ، އެ ގައުމުގެ އިސް ޖެނެރަލުންތަކެއް ހައްޔަރުކޮށް ނައިބު ރައީސަށް އިންޒާރު ދެއްވުމާ ގުޅިގެން ސިޔާސީ ނުތަނަވަސްކަން ވަނީ ބޮޑުވެފައެވެ. މުހައްލިލުން ގަބޫލުކުރާ ގޮތުގައި މިއީ ބައްޕައަށް ފަހު ވެރިކަމަށް ވަޑައިގަތުމަށްޓަކައި، އެކަމަށް ހުރަސްއަޅާ ފަރާތްތައް އެއްފަރާތްކުރުމަށް ކައިނޭރުގާބާ ހިންގަވާ ސިޔާސީ ހަރަކާތެކެވެ. މި ހައްޔަރުކުރުންތަކަކީ ކޮރަޕްޝަނާ ދެކޮޅަށް ކުރާ ކަމެއް ކަމަށް އަސްކަރިއްޔާއިން ބުނި ނަމަވެސް، މިއީ ސީދާ ވެރިކަމުގެ ބާރުތައް ހޯދުމަށް ކުރާ ކަމެއްކަމުގެ ތުހުމަތު ވަނީ އަމާޒުވެފައެވެ.

އެމެރިކާގެ ހުރިހާ ފްލައިޓްތަކެއް ހުއްޓުމަކަށް

އެމެރިކާގެ އެއާ ޓްރެފިކް ކޮންޓްރޯލްގެ މުއާސަލާތީ ނިޒާމަށް ދިމާވި މައްސަލައަކާ ގުޅިގެން، އެ ގައުމުގެ ހުރިހާ ފްލައިޓްތަކެއް ހުއްޓުމަކަށް އައިސް ގިނަ އަދަދެއްގެ ދަތުރުތައް ވަނީ ކެންސަލްވެފައެވެ. މިއީ ސައިބާ ހަމަލާއެއް ނޫން ކަމަށާއި، މިއީ ނިޒާމަށް ދިމާވި ފަންނީ މައްސަލައެއް ކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ.

ޓްރަމްޕް، ޝީ އަދި ޕުޓިން އަންނަ ހަފުތާގައި ބައްދަލުކުރަނީ

އަންނަ ހަފުތާގައި ޗައިނާގައި ބާއްވާ އޭޕެކް ސަމިޓުގެ ހަވާސާގައި އެމެރިކާ، ޗައިނާ އަދި ރަޝިޔާގެ ރައީސުން ބައްދަލުކުރައްވައި ނިއުކްލިއާ ހަތިޔާރު މަދުކުރުމާ ގުޅޭގޮތުން ތާރީޚީ މަޝްވަރާތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި ނިއުކްލިއާ މައްސަލައިގެ އިތުރުން އީރާނުގެ މައްސަލައާ ގުޅޭގޮތުން ވެސް ވާހަކަދެއްކުމަށް ހަމަޖެހިފައިވާއިރު، މިއީ މި ތިން ގައުމުގެ އިސްވެރިން އެކުގައި ބާއްވާ މިފަދަ ފުރަތަމަ ބައްދަލުވުމެވެ.

މައިކްރޯސޮފްޓްގެ ހިދުމަތްތަކަށް ބުރޫ އަރައިފި

މައިކްރޯސޮފްޓްގެ އިންފްރާސްޓްރަކްޗާއަށް ބާރުބޮޑުވުމުގެ ސަބަބުން، އައުޓްލުކް އާއި ޓީމްސް ހިމެނޭހެން އެ ކުންފުނީގެ ގިނަ ހިދުމަތްތަކަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ބުރޫތަކެއް އަރައިފިއެވެ. މި މައްސަލަ ހައްލުކޮށް ހިދުމަތްތައް އާންމު ހާލަތަށް ގެނައުމަށްޓަކައި އެ ކުންފުނިން ދަނީ އަވަސް ފިޔަވަޅުތަކެއް އަޅަމުންނެވެ. ބައެއް ސަރަހައްދުތަކަށް މިހާރު ހިދުމަތް ލިބުނު ނަމަވެސް، މައްސަލަ އެއްކޮށް ހައްލުކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.

ގާޒާގެ ހޮސްޕިޓަލަކަށް ހަމަލާދީ ޑޮކްޓަރަކާއި ކުއްޖަކު މަރާލައިފި

ގާޒާގެ ނާސިރު ހޮސްޕިޓަލަށް އިޒްރޭލުން ދިން ވަރުގަދަ ހަމަލާއެއްގައި ޑޮކްޓަރަކާއި ކުޑަކުއްޖަކު ހިމެނޭހެން ހަ މީހަކު ޝަހީދުވެ، 40 މީހުންނަށް އަނިޔާވެއްޖެއެވެ. އެމެރިކާގައި އުފައްދާފައިވާ ބޮން ބޭނުންކޮށްގެން ދިން މި ހަމަލާގައި ހޮސްޕިޓަލުގެ ސާޖަރީ ޔުނިޓަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އިޒްރޭލުން ބުނަނީ މިއީ ހަމާސްގެ ކޮމާންޑަރަކަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށެވެ.

އެންވީޑިއާގެ ސީއީއޯ އިސްތިއުފާ ދެއްވައިފި

އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއާން ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވީ، އޭނާ ބޭއްވި ނަހަމަ ގުޅުންތަކެއްގެ ތެރޭގައި ޗައިނާގެ ޖާސޫސަކު ހިމެނޭ ކަމަށް ތުހުމަތު ކުރެވި ގައުމީ ސަލާމަތަށް ނުރައްކާވުމާ ގުޅިގެންނެވެ. މި ހާދިސާއާ އެކު ކުންފުނީގެ ބާޒާރުގެ އަގުން 550 ބިލިއަން ޑޮލަރު އުނިވެފައިވާއިރު، ވަގުތީ ގޮތުން ކުންފުނި ހިންގުމާ ހަވާލުވެވަޑައިގަތީ ސީއެފްއޯ ކޮލެޓް ކްރެސް އެވެ. އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން މިހާރު ދަނީ މި މައްސަލަ ތަހުގީގުކޮށް، ޖެންސަން ކޮންގްރެސްއަށް ހާޒިރުކުރުމަށް މަސައްކަތް ކުރަމުންނެވެ.

Newsletter

Get the latest news delivered straight to your inbox