ޒާތީ މައުލޫމާތު އާންމު ކުރީ މަޖުބޫރުވެގެން: މުއިއްޒު
ދަނާލުގައި ނިޔާވި ދަރިވަރުގެ ޒާތީ މައުލޫމާތު ހާމަކުރަން ޖެހުނީ، އެ ހާދިސާގައި ފުލުހުންނަށް އަމާޒުވި އިހުމާލުގެ ތުހުމަތުތަކުން ދިފާއުވުމަށް މަޖުބޫރުވެގެން ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް ވިދާޅުވީ ޒާތީ މައުލޫމާތު އާންމުކުރުމަކީ ރަނގަޅު ކަމެއް ނޫން ނަމަވެސް، އެކަން ކުރަންޖެހުނީ އާންމުންގެ ޕްރެޝަރާއި ފުލުސް އޮފިސަރުންގެ ރައްކާތެރިކަމަށްޓަކައި ކަމަށެވެ.