ފެން ބުއިމުން ހަށިގަނޑަށް އަންނަ ބަދަލުތައް
ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި ކޮންމެ ދުވަހަކުވެސް ހަށިގަނޑަށް ބޭނުންވާ މިންވަރަށް ފެން ބުއިމަކީ ކިޑްނީގެ ބަލިތަކުންނާއި ބަނޑުހަރުވުމުން ސަލާމަތްވުމަށް މުހިންމު ކަމެކެވެ. ފެން ބުއިމުގެ ސަބަބުން ހުޅުތަކުގެ ދުޅަހެޔޮކަން އިތުރުވެ، ސިކުނޑީގެ މަސައްކަތްތައް ހަލުވިވެ، ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށް އެހީތެރިވެދެއެވެ.