މާލޭ ފަޅުތެރޭގެ ނަޖިސް ފެނުން މަސް ދޮންނަ މައްސަލައެއް ފެންމަތިވެއްޖެ

Apr 11, 2026, 9:47 AM
ނަޖިސް ލޮނުފެނުން މަސްތައް ސާފުކުރަނީ

ނަޖިސް ލޮނުފެނުން މަސްތައް ސާފުކުރަނީ

މާލޭ ރޯމަސް މާރުކޭޓުގައި ވިއްކަން ނެރޭ މަސް، ފަޅުތެރޭގެ ނަޖިސް ފެނުން ދޮންނަ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

މިކަން ހާމަވެފައިވަނީ އަހުމަދު މުނައްވަރު ނަމަކަށް ކިޔާ މީހަކު ފޭސްބުކްގައި އާންމުކުރި ވީޑިއޯއަކުންނެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި، ކަޅުބިލަމަސްތަކެއް ފިނިކުރަން ފޮށިތަކަށް އެޅުމުގެ ކުރިން، ބަނދަރުތެރެއިން ލޮނު ނަގައިގެން އެ މަސްތަކަށް އަޅާތަން ފެނ ެއެވެ.

މާލޭގެ ރޯމަސް މާރުކޭޓުގެ ބަނދަރު ސަރަހައްދަކީ އާންމުކޮށް ވެސް ކުނި ގިނަ އަދި ކިލަނބު ސަރަހައްދެކެވެ. މީގެ އިތުރުން އެ ސަރަހައްދުގައި އުޅޭ ބައެއް މީހުން މޫދަށް ކުޑަކަމުވެސްދެ އެވެ. 

"ފަޅުތެރޭގައި ހުރި އޮޑިފަހަރުގައި ދިރިއުޅޭ އެމީހުން ގުއިރެނީ ފަޅަށެވެ. މަހު ލެޔާއި މަސްކަނޑާފައި ބާކީވާ ބަޔާއި ކުނިވާ މަސްފަދަ ތަކެތި އަޅަނީ ފަޅަށެވެ. ފަޅުން ލޮނު ނަގާފައި އެއަޅަނީ މަސް ބާސްކެޓަށެވެ. މާދަމާ އެ މަސްތައް ވިއްކާނީ މަސްމާރުކޭޓުގައެވެ. އާދެ، އެމީހުން ގުއިރީ ތަޣައްޔަރު ވެފައިވާ މޫދުގެ ލޮނުން (ގުއިފެނުން) ދޮވެފައިވާ މަހެވެ،" ވީޑިއޯ ފޭސްބުކްގައި އާންމުކުރި މުނައްވަރު ބުނެފައިވެ އެވެ. 

މިގޮތަށް ނަޖިސް ލޮނުން މަސް ސާފުކުރުމަކީ އޭގެ ސަބަބުން ސިއްހީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެދާނެ ކަމެކެވެ. ބަނދަރު ފަދަ ތަންތަނަކީ ތެލާއި، ކުނިބުނީގެ އިތުރުން ނަޖިސް އެކުލެވޭނެ ތަންތަނެވެ.

މުނައްވަރު ހިއްސާކުރި ވީޑިއޯއަށް ކޮމެންޓުކުރި މީހަކު ބުނެފައި ވަނީ  ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ ފަދަ ތަންތަނުގެ އަސްލު މަގުސަދަކީ މިފަދަ ކަންކަން މޮނިޓާކޮށް، އާންމު ސިއްހަތު ރައްކާތެރިކުރުން ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox