ކޮމިޝަނުގެ ހިސާބުން ވެސް ކައުންސިލް އިންތިހާބު ކާމިޔާބު ކުރީ އެމްޑީޕީ

Apr 19, 2026, 9:11 PM
ލޯކަލް ކައުންސިލް އިންތިހާބު 2026 ގައި މާލެ ސިޓީ ކައުންސިލްގެ ގޮނޑިތައް ކާމިޔާބުކުރި އެމްޑީޕީގެ ކެންޑިޑޭޓުން އުފާ ފާޅުކުރަނީ؛ މި އިންތިހާބުގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރު، އާދަމް އާޒިމް ވަނީ ކާމިޔާބު ހޯދާފައި -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު

ލޯކަލް ކައުންސިލް އިންތިހާބު 2026 ގައި މާލެ ސިޓީ ކައުންސިލްގެ ގޮނޑިތައް ކާމިޔާބުކުރި އެމްޑީޕީގެ ކެންޑިޑޭޓުން އުފާ ފާޅުކުރަނީ؛ މި އިންތިހާބުގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރު، އާދަމް އާޒިމް ވަނީ ކާމިޔާބު ހޯދާފައި -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު

މި އޭޕްރީލް 4، ގައި ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އިދިކޮޅު އެމްޑީޕީއަށް ގިނަ ގޮނޑި ލިބުނުއިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ގިނަ ގޮނޑި ލިބުނީ ވެރިކަން ކުރާ ޕީއެންސީއަށް ކަން ހިސާބުތަކުން ދައްކައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު އާންމު ހިސާބުތަކުން ދައްކާ ގޮތުގައި އެމްޑީޕީ އިން  289 ގޮނޑި ކާމިޔާބު ކުރި އެވެ. ޕީއެންސީއަށް ލިބުނީ 280 ގޮނޑި އެވެ. އަދި އަމިއްލަ ގޮތުން ވާދަ ކުރި ކެންޑިޑޭޓުން 91 ގޮނޑި ކާމިޔާބު ކުރި އެވެ. 

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ 304 ގޮނޑި ޕީއެންސީ އިން ކާމިޔާބު ކުރިއިރު އެމްޑީޕީއަށް އެ އިންތިހާބުގައި ހޯދުނީ 274 ގޮނޑި އެވެ. އަދި އަމިއްލަ ގޮތުން ވާދަ ކުރި 78 ކެންޑިޑޭޓަކު ވެސް އިންތިހާބު ކާމިޔާބު ކުރި އެވެ. 

ރާއްޖޭގެ ފަސް ސިޓީގެ މޭޔަރުގެ މަގާމު ވެސް ލިބުނީ އެމްޑީޕީއަށެވެ. އަދި ކައުންސިލްތަކުގެ 41 ގޮނޑި އެ ޕާޓީ އިން ހޯދި އެވެ. ސިޓީތަކުން ޕީއެންސީއަށް ހޯދުނީ އެންމެ ފަސް ގޮނޑި އެވެ. 

އިލެކްޝަންސް ކޮމިޝަނުން އިންތިހާބުގެ ބައެއް ތަފާސްހިސާބު ނެރެފައި މި ވަނީ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުތަކުން މޮޅުވީ ޕީއެންސީ ކަމަށް ދައްކަން އެ ޕާޓީ އިން މަސައްކަތް ކުރަމުން ދަނިކޮށެވެ. 

އިންތިހާބުން މޮޅުވީ ޕީއެންސީ ކަމަށް އެ ޕާޓީން ބުނަނީ، ދެ އިންތިހާބުން ލިބުނު ގޮނޑިތައް އެކީ ގުނައިގެންނެވެ. އެފަދަ މޭރުމަކުން ރައީސް މުހައްމަދު މުއިއްޒު ވެސް ރޭ ވާހަކަ ދެއްކެވި އެވެ. 

"މުޅި ރާއްޖޭގެ މި އިންތިހާބަށް ބަލާއިރުގަ ހަގީގަތުގަ ޖުމްލަކޮށް ބަލާއިރުގަ ކޮންމެ ކޮންމެ ކަހަލަ ކެންޑިޑޭޓެއް ނަމަވެސް މިދެންނެވީ ކައުންސިލްކަމުގަ ވިޔަސް، ކައުންސިލް މެމްބަރުން ވިޔަސް، ކައުންސިލްތަކުގެ ރައީސުން ކަމުގައި ވިޔަސް، ޑަބްލިއުޑީސީ މެމްބަރުން ކަމުގައި ވިޔަސް އަދި ޑަބްލިއުޑީސީ ރައީސުން ކަމުގައި ވިޔަސް މިކޮންމެ ހަތަރު ދާއިރާއިން މި ކޮންމެ ދާއިރާއަކުން ވެސް އިރާދަކުރެއްވީތީ މި މުޅި ރާއްޖޭން އަޅުގަނޑުމެންނަށް ވަނީ ގިނަ ގޮނޑިތައް ލިބިފައި،" އެމަނިކުފާނު ވިދާޅުވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox