އެތެރޭގެ ސުކޫކުތަކަކަށް ސަރުކާރުގެ އިތުރު އިމާރާތްތަކެއް ރަހުނުކޮށްފައި ހުރި ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ކުރީ ސަރުކާރުން ސުކޫކު ވިއްކިއިރު ގެރެންޓީގެ ގޮތުގައި ބެހެއްޓި ދަރުމަވަންތަ ހޮސްޕިޓަލް: ރާއްޖޭގައި ހުރި އެންމެ އަގު ބޮޑު އިމާރާތަކީ ދަރުމަވަންތަ ހޮސްޕިޓަލް --- ފޮޓޯ: އަދަދު

ކުރީ ސަރުކާރުން ސުކޫކު ވިއްކިއިރު ގެރެންޓީގެ ގޮތުގައި ބެހެއްޓި ދަރުމަވަންތަ ހޮސްޕިޓަލް: ރާއްޖޭގައި ހުރި އެންމެ އަގު ބޮޑު އިމާރާތަކީ ދަރުމަވަންތަ ހޮސްޕިޓަލް --- ފޮޓޯ: އަދަދު

ކުރީ ސަރުކާރުން ބޭރުގެ އިންވެސްޓަރުންނަށް ވިއްކި ސުކޫކުގައި އިމާރާތްތަކެއް ރަހުނުކުރި ގޮތަށް، އެތެރޭގެ ބާޒާރަށް ވިއްކާފައިވާ ސުކޫކުތަކަކަށް ގެރެންޓީގެ ގޮތުގައި ސަރުކާރުގެ އިތުރު އިމާރާތްތަކެއް ރަހުނުކޮށްފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ. 

ލޯކަލް ކައުންސިލް އިންތިހާބުގައި ރަސްދޫ ކައުންސިލުގެ ގޮނޑިތައް ޕީއެންސީއަށް ލިބުން ފާހަގަކުރަން ބޭއްވި ރަސްމިއްޔާތެއްގައި، މުއިއްޒު މި ވާހަކަތައް ދެއްކެވީ މި މަހުގެ ކުރީކޮޅު ދައްކާ ހަލާސްކޮށްފައިވާ 500 މިލިއަން ޑޮލަރުގެ ސުކޫކުގެ ބޭނުމަށް ރަހުނުކުރި އިމާރާތްތައް "ސަލާމަތް" ކޮށްފައިވާ ކަމަށް ވިދާޅުވަމުންނެވެ. 

"ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތާ، އިސްކަންދަރު ސްކޫލްގެ ބިމަ، އައިޖީއެމްއެޗްގެ ބިމާ، ފިނޭންސް މިނިސްޓްރީ ބިމާ. މި ހަތަރު ތަން ހުރީ ރަހުނުކޮށްފަ. މި ހުރިހާ ތަނެއް ވެސް މިހާރު އިރާދަކުރެއްވިއްޔާ ސަލާމަތްވެފައި މީގެ ތެރެއިން،" އެމަނިކުފާނު ވިދާޅުވި އެވެ. 

Advertisement

މިހެން ވިދާޅުވުމަށް މުއިއްޒު ދެން ދެއްކެވީ އެތެރޭގެ ސުކޫކުތަކަކަށް އިތުރު ތަންތަން ރަހުނުކޮށްފައިވާ ކަމަށެވެ. އަދި، މީގެ އިތުރު ތަފުސީލުތައް ފަހުން ހާމަކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

"އަދި އެބަހުރި ލޯކަލް ސްކޫކު ތަކެއް ވެސް. އޭގެ ތަފްސީލްތައް ވެސް އަޅުގަނޑު ކުރިއަށް އޮތް ދުވަސްތަކުގައި ރައްޔިތުންނަށް ހާމަކުރާނަން. އިތުރު ބައެއް ބިންތަކެއް އެބަހުރި އެއަށް ވެސް ގުޅުވާފައި ރަހުނު ކޮށްފަ،" މުއިއްޒު ވިދާޅުވި އެވެ.

އެތެރޭގެ ބާޒާރަށް ވިއްކާފައިވާ ސުކޫކުތަކެއްގެ ވާހަކަ މުއިއްޒު ފުރަތަމަ ފަހަރަށް ދެއްކެވިއިރު، މީގެ ކުރީ ސަރުކާރުތަކުން ހަދާފައި ހުރި މާލީ ގޯސްތަކުގެ ވާހަކަތައް، އެކި ޕޯޑިއަމްތަކުގައި ދެއްކެވި އެއްވެސް ފަހަރެއްގައި، މި ވަރުގެ ގޯހެއް ހިނގާފައިވާ ކަމުގެ އިޝާރާތެއް ވެސް ނުކުރައްވަ އެވެ. 

ހަމަ އެހެންމެ، ދައުލަތުގެ ދަރަނީގެ ތަފާސްހިސާބުތަކުގައި ވެސް އެތެރޭގެ ބާޒާރަށް ސުކޫކެއް ވިއްކާފައިވާ ކަމަކަށް ބަޔާންކޮށްފައި ނެތެވެ. ފިނޭންސުން އެންމެ ފަހުން އާންމުކޮށްފައިވާ ޑެޓް ބުލެޓިންގައި (ޑެޓް ބުލެޓިން Q1 2025) އެތެރޭގެ ދަރަނީގެ ގޮތުގައި ރިޕޯޓުކޮށްފައި ހުރީ ޓީބިލާއި ބޮންޑާއި ލޯނެވެ. 

ދިވެހި ސަރުކާރުން ވިއްކާ އިސްލާމިކް އިންސްޓްރޫމަންޓުތަކުގެ ތެރޭގައި ހިމެނޭ "މުދާރަބާ" އާއި "ވަކާލާ ބި އަލް އިސްތިސްމާރް" އަކީ ވެސް ހަރުމުދާ ރަހުނުކޮށްގެން ވިއްކާ ސެކިއުރިޓީތަކެއް ނޫނެވެ. މިހެން ނަމަވެސް، އެތެރޭގެ ބޭންކުތަކުން ނަގާފައިވާ ލޯނުތަކަށް ސަރުކާރުގެ އިމާރާތްތަކާއި ބިންތައް ރަހުނުކޮށްފައި ހުރެ ދާނެ ކަމަށް މި ނޫހާ ވާހަކަ ދެއްކި ފިނޭންސް މިނިސްޓްރީގެ ކުރީގެ މުވައްޒަފަކު ބުންޏެވެ. 

 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox