މަގާމުތަކާއި ޖާހުގެ އަގު

އިސްލާމީ މަރުކަޒުގައި މީހަކު ގުރުއާން ކިޔަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އިސްލާމީ މަރުކަޒުގައި މީހަކު ގުރުއާން ކިޔަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ހޫނުގަދަ ދުވަހެއްގައި، ހަލީފާ ހާރޫނުއްރަޝީދުގެ ދަރުބާރަށް މަޝްހޫރު ވާއިޒެއްކަމަށްވާ މުހައްމަދު ބިން ސުބައިހުއްސައްމާކް ޒިޔާރަތެއް ކުރި އެވެ. ދަރުބާރު ހިނގަމުން ދަނިކޮށް ހާރޫނުއްރަޝީދު ވަރަށް ބޮޑަށް ކަރުހިއްކައިގަނެގެން ފެން ތަށްޓަކަށް އެދިވަޑައިގަތެވެ. އޭނާގެ ހާދިމުން ފެންޖަގެއް ގެނެސްދިނުމުން ހާރޫނުއްރަޝީދު އެ ހިއްޕަވާންވެގެން އަތްއުފުލާލި ތަނުން އިބްނުއްސައްމާކް ދެންނެވި އެވެ. އޭ އަމީރުލްމުއުމީނެވެ. އިހަށް މަޑުކުރައްވާށެވެ. 

ﷲ އަށްޓަކައި ނިކަން ޖަވާބުދެއްވަބައްލަވާށެވެ! މިހާބޮޑަށް ކަރުހިއްކައިގެނެގެން އުޅެންޖެހޭ ފަދަ ހޫނު ދުވަހެއްގައި ތިޔަ ފެންފޮދު ލިބޭނެ ހަމަ އެއްވެސް ގޮތެއް ނެތި ފެންލިބުމުގެ މަގު ބަންދުވެއްޖެނަމަ، ތިޔަފަދަ ފެންފޮދެއް ގަތުމަށް ކިހާ ފައިސާއެއް ހަރަދުކުރައްވަފާނަން ހެއްޔެވެ؟ ހާރޫނުއްރަޝީދު ވަރަށް ފުންކޮށް ވިސްނާވަޑައިގަތުމަށްފަހު ވިދާޅުވި އެވެ. އަހަރެންގެ ވެރިކަމުގެ ދެބައިކުޅަ އެއްބައިދީފައި ވެސް އެފެންފޮދު ގަންނާނަމެވެ.

ދެން އިބްނުއްސައްމާކް ދެންނެވި އެވެ. ހަމަޖެހިވަޑައިގެން ފެންފޮދު ހިއްޕަވާށެވެ! ހަލީފާ ހާރޫނުއްރަޝީދު ފެންފޮދު ހިއްޕަވައި ހަމަޖެހިވަޑައިގަތުމުން އިބްނުއްސައްމާކް ދެންނެވިއެވެ. ﷲ އަށްޓަކައި ޖަވާބުދެއްވަބައްލަވާށެވެ! ދެންމެ ތިޔަ ބެއްލެވި ފެންފޮދު ކަލޭގެފާނުގެ ހަށިގަނޑުގައި ތާށިވެ، ހީސްލުމުން މަހްރޫމްވެއްޖެނަމަ، ހީސްލެވޭނެ ގޮތް ހެދުމަށް ކިހާ ހަރަދެއްކޮށްފާނަން ހެއްޔެވެ؟ ހާރޫނުއްރަޝީދު ވިދާޅުވި އެވެ. އަހަރެންގެ ވެރިކަމުގެ ބާކީ އޮތް ބައި ދީފައި ވެސް އެކަން ކުރެވޭނެ ގޮތެއް އޮތްތޯ ބަލާނަމެވެ. 

އިބްނުއްސައްމާކް ވިދާޅުވި އެވެ. އޭ އަމީރުލްމުއުމިނީން އެވެ. އެވެރިކަމެއްގެ އަގަކީ، ތިޔަ ކަހަލަ ފެންފޮދަކާއި އެންމެ ފަހަރަކު ހީސްލުމާ އެއްވަރު ވެރިކަމެއް ކަމުގައިވާ ވެރިކަމެއްގެ އޮތީ ކޮން އަގެއް ހެއްޔެވެ؟ ދެން ހާރޫނުއްރަޝީދު ވަރަށް ބޮޑަށް ކީރިތި ކުރައްވާފައި، ފަގީރުންނާއި މިސްކީނުންނަށް ދައުލަތުގެ ބައިތުލްމާލުން އެތައް ސަދަގާތެއް ކުރެއްވުމަށް އަމުރުކުރެއްވި އެވެ. 

އަހަރެމެން ކޮންމެ ދުވަހަކު އާދަވެގެން ކުރަމުންދާ ވަރަށް ކުދިކުދި ކަންކަމަކީ ވަރަށް އާދައިގެ އަގެއް ނެތް ކަންކަންކަމަށް ހީވިޔަސް ބައެއް ތަކެއްޗާއި ކަންކަމަކީ ވިސްނާފިކުރުކޮށްފި ނަމަ، އޭގެ އަގު އަދާނުކުރެވޭވަރުގެ އަގު ބޮޑު ތަކެއްޗާއި ކަންކަމެވެ. 

އިބްނުއްސައްމާކް ޖެއްސެވި މިސާލަށް ނަޒަރެއް ދޭއިރު، ވެރިކަމަކީ އެކަން ހޯދުމަށްޓަކައި އެތައް ބަޔަކު އެބަޔެއްގެ މުޅި މާލިއްޔަތު ހުސްކުރާ އަދި އެތައް ބަޔެއްގެ ލޭއޮހޮރުވިދާ އެއްބަނޑު ތިމާގެ މީހުން އެކަކު އަނެކަކު މަރާ ގަތުލުކޮށްހަދާ ފަދަ އަގުބޮޑު އަގުހުރި ކަމެކެވެ. 

އެކަމަކު އަހަރެމެންނަށް ލިބިފައިވާ ފެނުގެ ނިއުމަތް އެއަށްވުރެ މާ އަގުބޮޑެވެ. ހަމަ މިގޮތަށެވެ. އިންސާނާގެ ދިރިހުރުމަށް ފެން ބޭނުންވާ އުސޫލުން ވަކި ނިޒާމަކުން އެ ފެން ހަށިގަނޑުގެ ތެރެއިން ބޭރުވެގެންދިއުމުގެ ނިއުމަތަކީ ވެސް އެހާމެބޮޑު ނިއުމަތެކެވެ. ރަސްކަމެއްގެ އެއްބަޔާ ވެސް ވަރުން އަޅާ ނުކިޔޭނެ ވަރުގެ އަގުހުރި ކަމެކެވެ. 

ހަމަ މިގޮތަށް ވިސްނާވަޑައިގަންނަވާށެވެ! ވެރިކަމާއި ބާރުވެރިކަން ހޯދުމަށް ތިމާމެންގެ މާލިއްޔަތު ހުސްކުރެ އެވެ. ރަށްޓެހިން ހަތުރުންނަށް ވެދެ އެވެ. ދުވަހަކު ވައިއެޅެން ކަމުނުދާނެ ފަދަ ކޮރަޕްޓް އިންސާނުން ތިމާގެ އެންމެ ގާތް މީހުން ކަމުގައި ހަދަ އެވެ. ވެރިކަމަށްޓަކައި އެއްބަނޑު ތިމާގެ މީހުން މަރާ ގަތުލުކުރެ އެވެ. އެހާވަރުގެ ވާދަވެރިކަން ވެރިކަމައިގެން އުފެދިފައި އޮންނައިރު ވެރިކަމުގެ ބާރާއި އޭގެ ބޭރުފުށުގެ ޖާހުން ލިބޭ ހަގީގީ މަންފާއެއް ފަހެ އެބައޮތް ހެއްޔެވެ؟ އޭގެ އަގަކީ ހަމަ ލައްކަ ބޮޑު އަގެއް ހެއްޔެވެ؟ އިބްނުއްސައްމާކް ވިދާޅުވާހެން، އެއްބަޔަކު އަނެއް ބަޔަކަށް ތަޅާފޮޅާ މިއުޅޭ މިނިސްޓަރުކަމުގެ މަގާމުތައް ވިޔަސް ރައީސުލްޖުމްހޫރިއްޔާގެ މަގާމުކަމަށް ވިޔަސް މިއިން އެއްވެސް މަގާމެއްގެ އަގު ބިއްލޫރި ތަށްޓެއްގެ ފެނާއި އެއްފަހަރުގެ ހީސްލުމާ ވެސް އެއްވަރުނުވެ އެވެ.

މަގާމުތަކާއި ބާރުވެރިކަމަކީ އެ ލިބިއްޖެ މީހަކަށް މާތް ﷲ ތިމާ ފަދަ އަނެއް އިންސާނުންނަށް ހިދުމަތްކުރުމަށް ތިމާއަށް ދެއްވާ ވަރަށް އަގުހުރި ނިއުމަތެކެވެ. އެފަދަ ބޮޑު ނިއުމަތުގެ ބޭރުފުށަށް ފެންނަން އެ އޮންނަ ޖާހާއި މަތިވެރިކަމާއި މުއްސަނދިކަމަކީ އޭގެ ޒާތުގައި އަގެއް ހުރި އެއްޗެއް ނޫނެވެ. 

ބައެއް ފަހަރަށް ބައެއް މީސްމީހުންނަށް މަގާމު ލިބެނީ ބުނެކިޔައިގެންނެވެ. އަނެއް ބަޔަކަށް އެމަގާމަކަށް އެދުމަކާ ނުލައި ވެސް ލިބޭތަން އާދެ އެވެ. އެކަމަކު ކޮންމެ ގޮތަކުން އަދި ކޮންމެ ސަބަބެއް މެދުވެރިގެން ތިމާއާ މަގާމެއް މަތިވިޔަސް އެ ފުރުސަތަކީ ރައްޔިތުންނަށް ހިދުމަތްކުރުމަށް މާތް ﷲ ދެއްވި މަތިވެރި ފުރުސަތެއްކަން ދެކޭ މީހުންނަކީ އެއީ ބާއްޖަވެރިންނެވެ. މަގާމުގެ ޖާހަކީ ދެމި އޮންނަ އެއްޗެއް ނޫނެވެ. ދެމި އޮންނަ އެއްޗަކީ ފެންނާން އޮންނަ ހިދުމަތާއި އެ ހިދުމަތެއް އޭނާ ކުރީ ﷲ އަށްޓަކައި ނަމަ އެކަލާނގެ ހަޒުރަތުގައި ރައްކާކުރެވިފައި އޮންނަ ސަވާބާއި ދަރުމަ އެވެ.

ބައެއް މީހުން އެބައިމީހުންގެ މަގާމުތަކަކީ ރައްޔިތުންގެ ބައިތުލްމާލުން ވައްކަންކޮށް ނަހަލާލު ގޮތުގައި މުއްސަނދިވުމަށް ލިބޭ ވަސީލަތެއްކަމުގައި ހަދަ އެވެ. ލެއްވިހާ ވައްކަމެއްކޮށް ފޭރިކެއުމަށް ތިމާގެ ބާރުވެރިކަން ބޭނުންކޮށްލުމަކީ އެއީ ތިމާއަށް އެފަދަ މަގާމެއް ލިބުނު ސަބަބާއި މަގުސަދުކަމުގައި މިފަދަ މީހުން ދެކެ އެވެ. އަބާއްޖަވެރިންނަކީ މިކަހަލަ މީހުންނެވެ. އިސާހިތަކު ރައްޔިތުންގެ ހިތްތަކުގައި މިބައިމީހުންނަށް އޮންނަ ލޯތްބާއި ޝައުގުވެރިކަން ރުޅިވެރިކަމާއި ނަފުރަތަށް ބަދަލުވެ، މާތް ﷲ ދެއްވި އެފަދަ ބޮޑު ނިއުމަތް ތިމާމެންގެ ބަދުނަސީބާއި ބަލާތަކުގެ ސަބަބެއްކަމުގައި ވެގެންދެ އެވެ.

ނިމިގެން މިދާ ހަފުތާގައި ސަރުކާރުގެ ގިނަ އަދަދެއްގެ މިނިސްޓަރުން މަގާމުތަކުން އިސްތިއުފާ ދިނުމާއި ބައެއް މީހުން ވަކިކުރުމާއި މިކަން ހިނގި ގޮތާއި ބޮޑު މިނަކީ، ބަޔަކު މީހުންނަށް ހަމައެކަނި ސިޔާސީ ކަމެއްހެން ހީވިޔަސް މިއީ ދީނީ އިލްމުވެރިން ބަސް ބުނަންޖެހޭ ފަދަ ދީނާ ގުޅުންހުރި މައްސަލައެކެވެ. އެހެނީ ވެރިކަމާއި މަގާމުތައް އަދާކުރުމަކީ އިސްލާމްދީނުގައި އެކަމަށްޓަކައި ވަކި އުސޫލުތަކެއް ކަނޑައެޅިފައި ހުރި ކަމެކެވެ. އެއީކީ ކުޅޭ ކުޅިވަރެއް ނޫނެވެ. ބައިތުލްމާލުން ތިން އަހަރު ދުވަހަށް، މަހަކު އެއްފަހަރު ބޮޑު މުސާރައެއް ނަގާފައި ރައްޔިތަކަށް ކޮށްދިން ހިދުމަތެއް ނެތި، މިހާރު ދެން އިސްތިއުފާ ދިނީއޭ ބުންޏަކަސް އެއީކީ ދީނީ ގޮތުން އަދާކުރަން ޖެހޭ މަސްއޫލިއްޔަތު އަދާވީއެއް ނޫނެވެ. 

އިސްތިއުފާ ދެއްވި މީހުން އިސްތިއުފާދިނީ ކީއްވެކަން ބަޔާންކުރަންޖެހެ އެވެ. ރައްޔިތުންނަށް ހަގީގަތް ހާމަކޮށްދޭންޖެހެ އެވެ. މައްސަލަ އުޅެނީ މިނިސްޓަރުންގެތޯ ނުވަތަ ވެރިމީހާގެތޯ އެނގުމަކީ ރައްޔިތުންގެ ހައްގެކެވެ. ހުރިހާ މާނައެއްގައި މިކަމުގައި ހިޔާލުފާޅުކުރުމާއި ބަސްބުނުމަކީ ރައްޔިތުންގެ ދީނީ ވާޖިބެކެވެ. 

ބައިތުލްމާލުން މުސާރަނަގާ މުސާރަވެރިއަކު މަގާމެއްގައި ހުރެ ގިނަ ދުވަސްތަކެއް ވަންދެން ރައްޔިތުންގެ ފައިސާއިން މުސާރަ ނަގާފައި، އިސްތިއުފާދިނުމުން އެކަމެއް ނުނިމޭނެ އެވެ. އަދި އެ ނެގި ފައިސާގެ ދީނީ ހުކުމް ވެސް އޮންނާނީ ސުވާލެއްގެ ތެރޭގައެވެ. 

އިސްތިއުފާދިނީ މަގާމަށް ނާގާބިލުކަމަށް ވެގެން ނަމަ، އެމަގާމަކާ އެމީހަކު ފުރަތަމަ ވެސް ހަވާލުވެފައި އެ ވަނީ ދީނީ ގޮތުން އެ މަގާމަކާ ހަވާލުވުން ހުއްދަވެގެން ނުވާނެ ހާލަތެއްގަ އެވެ. އިސްތިއުފާދިނީ، ވެރިއަކަށް ހުރި މީހާ ގައުމު ހިންގާގޮތާމެދު ހިތްހަމަނުޖެހިގެންކަމަށްވާނަމަ، އެކަން އިސްލާހުކުރުމަށް އާންމު ރައްޔިތަކަށް ވުރެ މަގާމުވެރިޔާގެ އޮތް ޒިންމާ ބޮޑުވާނެއިރު، އެކަމަށްޓަކައި ކުރި މަސައްކަތެއް ފެންނާން އޮންނަންވާނެ އެވެ. އެފަދަ މަސައްކަތެއް ނެތްނަމަ، އެމީހަކީ އިސްތިއުފާދިނުމަކުން ރައްޔިތުންގެ ހައްގުތައް އެމީހަކާމެދު ކެނޑިގެންދާނެ މީހަކަށް ނުވާނެ އެވެ. އަދި އެފަދަ މީހުން ނެގި މުސާރަ އެއީ ބާތިލުގޮތުގައި ކެވުނު އެއްޗެއްކަމުގައި މެނުވީ ވެދާނެހެއްޔެވެ؟ 

އަލްބަގަރާ ސޫރަތުގެ ސަތޭކަ އަށްޑިހައަށްވަނަ އާޔަތުގައިވެއެވެ. "އަދި ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ބާތިލުގޮތުގައި ނުކާށެވެ! އަދި ތިޔަބައިމީހުން ދެނެތިބެގެންމެ، ފާފަވެރި ގޮތުގައި މީސްތަކުންގެ މުދާތަކުގެ ތެރެއިން ބައެއް ކެއުމަށްޓަކައި އެ މުދާތައް (އެބަހީ: އެ މުދާތަކުން ބައެއް) ވެރިންނަށް ނުދޭށެވެ!"

 

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox