މުއިއްޒު އިސްތިއުފާ ދެއްވުމަށްފަހު އަވަސް އިންތިހާބެއް ބާއްވަން ޣަފޫރު ވެސް ގޮވާލައްވައިފި

އަބްދުލްޣަފޫރު މޫސާ: ކެބިނެޓު މިނިސްޓަރުން މަގާމުން ވަކިކުރުމުގެ ބަދަލުގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމުން މުއިއްޒު އިސްތިއުފާ ދެއްވުމަށް އޭނާ ގޮވާލެއްވި -- ފޮޓޯ: އެމްޑީޕީ

އަބްދުލްޣަފޫރު މޫސާ: ކެބިނެޓު މިނިސްޓަރުން މަގާމުން ވަކިކުރުމުގެ ބަދަލުގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމުން މުއިއްޒު އިސްތިއުފާ ދެއްވުމަށް އޭނާ ގޮވާލެއްވި -- ފޮޓޯ: އެމްޑީޕީ

ރައީސުލްޖުމްހޫރިއްޔާގެ މަގާމުން މުހައްމަދު މުއިއްޒު އިސްތިއުފާ ދެއްވައި އަވަސް އިންތިހާބެއް ބާއްވަން އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ރޭ ގޮވާލައްވައިފި އެވެ. 

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޣަފޫރު ވިދާޅުވީ ކެބިނެޓުގައި ތިއްބެވި މިނިސްޓަރުން މަގާމުން ވަކިކުރެއްވުމުގެ ބަދަލުގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމުން މުއިއްޒު އިސްތިއުފާ ދެއްވުމަށްފަހު އަވަސް އިންތިހާބެއް ބާއްވަން ޖެހޭ ކަމަށެވެ. 

"މިއަދު ރައީސް މުއިއްޒު މިނިސްޓަރުންނެއް ނޫން ވަޒީފާއިން ވަކިކުރަންޖެހެނީކީ. ރައީސް މުއިއްޒު މިއަދު އިސްތިއުފާ ދޭން ޖެހެނީ. އަޅުގަނޑު އެމްޑީޕީގެ ޗެއާޕާސަންގެ ހައިސިއްޔަތުން މި ގޮވާލަނީ ރައީސް މުއިއްޒު އިސްތިއުފާ ދީފައި އަވަސް އިންތިހާބެއް މި ގައުމުގައި ބޭއްވުމަށް،" ޣަފޫރު ވިދާޅުވި އެވެ. 

ނިމިދިޔަ ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރަށް އިތުބާރު ގެއްލި، ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެފައިވާ ކަމަށް ބުނެ އެމްޑީޕީން ވަނީ ސަރުކާރަށް 12 ޑިމާންޑެއް ކޮށްފަ އެވެ. އޭގެއިތުރުން އެ ޑިމާންޑުތައް ފުރިހަމަ ކުރަން ބާރުއަޅައި އެ ޕާޓީން ރޭ ވަނީ މަގުމަތީ ހަރަކާތްތައް ވެސް ފަށައިފަ އެވެ. 

އެމްޑީޕީން ސަރުކާރަށް 12 ޑިމާންޑެއްކޮށް، އިހުތިޖާޖުކުރަން ނިންމައިފި

ސަރުކާރަށް ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ކަމަށް ބުނެ، އެމްޑީޕީން 12 ޑިމާންޑެއް ހުށަހަޅައި އިހުތިޖާޖުކުރުމަށް ވަނީ ނިންމާފައެވެ. މީގެ ތެރޭގައި ރައީސް އިސްތިއުފާ ދެއްވައި އަވަސް އިންތިހާބެއް ބޭއްވުމާއި، ސިޔާސީ ޕާޓީތައް އެކުލެވޭ އިންތިގާލީ ސަރުކާރެއް އުފެއްދުމަށް ގޮވާލުން ހިމެނެއެވެ.

އެމްޑީޕީން ރޭ ބޭއްވި މަގުމަތީ ހަރަކާތުގައި އެކި ސަރަހައްދުތަކަށް އެއްވެ މުއިއްޒުގެ އިސްތިއުފާއަށް ވަނީ ގޮވައިފަ އެވެ. 

އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ އިއްތިފާގުން ސަރުކާރަށް ކުރި 12 ޑިމާންޑުގެ ތެރޭގައި ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކުގެ ބައިވެރިވުން ހިމެނޭހެން ހާއްސަ ކޮމިޓީއެއް އެކުލަވާލައި، އެ ކޮމިޓީގެ މަޝްވަރާގެ މަތިން މެނުވީ ގާނޫނުއަސާސީއަށް އެއްވެސް ބަދަލެއް ނުގެނެވޭނެ ގޮތަށް ނިޒާމު ތަރުތީބުކުރުން ހިމެނެ އެވެ. 

ހުރިހާ ސިޔާސީ ޕާޓީތަކެއް އެކުލެވޭ އިންތިގާލީ ސަރުކާރެއް އެކުލަވާލަން ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ގޮވާލެއްވިއިރު، ހުރިހާ ސިޔާސީ ޕާޓީތައް އެއްކޮށް މަޝްވަރާތަކެއް ފެށުމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވެސް ގޮވާލެއްވި އެވެ. އަދި އަވަސް އިންތިހާބެއް ބޭއްވުމަށް ކުރީގެ ނައިބުރައީސް ފައިސަލް ނަސީމްވެސް ވަނީ ގޮވާލައްވައިފަ އެވެ. 

ނިމިދިޔަ ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރު ބޮޑުތަނުން ބަލިވިފަހުން، ސަރުކާރުގެ ކުންފުނިތަކުގެ ވެރިންނާއި ބައެއް ވަޒީރުން ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. އެކަމަކު ސަރުކާރުން މަގާމުތަކަށް ބަދަލު ގެނައި ނަމަވެސް، ސިޔާސަތުތަކަށް ބަދަލު ނުގެންނާތީ އެކަމަށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox