ދިވެހި ބަހުގެ ދުވަހު، ދިވެހި ބަސް ކުރިއަރުވަން އުފެއްދި މިނިސްޓްރީ އުވާލައިފި

މުހައްމަދު މުއިއްޒު

މުހައްމަދު މުއިއްޒު

ދިވެހި ބަސް ކުރިއަރުވައި ދިވެހީންގެ ހިތްތަކުގައި ގައުމިއްޔަތުގެ ލޯބި އާލާ ކުރުމުގެ މަގުސަދުގައި ރައީސް މުހައްމަދު މުއިއްޒު އަލަށް އުފެއްދެވި، ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީ އުވާލައިފި އެވެ.

ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓަރުގެ މަގާމުގައި ހުންނެވި އާދަމް ނަސީރު އިސްތިއުފާ ދެއްވީ މިއަދު ކެބިނެޓުން ވަކިވެވަޑައިގެންނެވި 10 ބޭފުޅުންނާއެކު އެވެ. 

އާދަމް ނަސީރު އިސްތިއުފާދެއްވުމާއެކު، އެ މިނިސްޓްރީއަށް ބޭފުޅަކު އައްޔަނުކުރުމުގެ ބަދަލުގައި، މިރޭ ވަނީ ދިވެހި ބަހުގެ މެންޑޭޓު އުނިކުރުމަށްފަހު، މީގެ ކުރީގެ ސަރުކާރުތަކުން ވެސް ހިންގި ނަމުގައި ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރުގެ މަގާމަށް ހީނާ ވަލީދު އައްޔަނުކޮށްފަ އެވެ.

Advertisement

މީގެ ކުރީގެ ސަރުކާރުތަކުން ވެސް ކަލްޗާ އެންޑް ހެރިޓޭޖްގެ މެންޑޭޓު ދީގެން މިނިސްޓްރީ ހިންގި އެވެ. ނަމަވެސް، މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީގެ ނަމުގައި މިނިސްޓްރީއެއް އުފެއްދެވީ ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރުމަށާއި ދިވެހީންގެ ސިކުނޑިތައް ބިނާ ކުރުމަށް ކަމަށް ބުނެ އެވެ.

"އަޅުގަނޑުމެން މި ފަށަނީ، ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރުމުގެ ގައުމީ މަޝްރޫއު. މިއީ، ދިވެހީންގެ ސިކުނޑިތައް ބިނާކުރުމުގެ މަޝްރޫއު. ދިވެހީންގެ ކެރުމާއި އަޒުމާއި ހިތްވަރާއި އިސްލާމީ ރިވެތި ސިފަތަކަށް ހޭނުމުގެ މަޝްރޫއު. ދިވެހީންގެ ގޮތާ ފޮތާ ދިމާޔަށް އުފަލުން އެނބުރިލާނެ މަޝްރޫއު. އިރާދަކުރެއްވިއްޔާ، ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރުމުގެ މި މަޝްރޫއުން ދިވެހި ދަރީންގެ ނަފުސާނީ، ރޫހާނީ އަދި މާނަވީ ވެށި ހެޔޮގޮތުގައި ބިނާކޮށް ފައްކާކުރާނަން،" ވެރިކަމާ ހަވާލުވެވަޑައިގެން ނޮވެމްބަރު 17، 2023، ގައި ދެއްވި ތަގުރީރުގައި ރައީސް ވިދާޅުވި އެވެ.

އޭގެ ފަހުން ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓަރުކަމާ އާދަމް ނަސީރު ހަވާލުވެވަޑައިގަތުމަށްފަހު، މީޑިއާއަކަށް ދެއްވި ފުރަތަމަ އިންޓަވިއުގައި، އަދަދު ނޫހަށް ވިދާޅުވީ އުމްރާނީ ތަރައްގީއާ އެއްވަރަށް ގައުމުގެ ސިކުނޑިތައް ބިނާކުރުމަކީ ވެސް ރައީސް އިސްކަންދެއްވާ ކަމެއް ކަމަށެވެ. އެކަމުގެ ޒިންމާ އޮތީ ތައުލީމީ ވުޒާރާ އާއި ދިވެހި ބަހުގެ މިނިސްޓްރީގައި ކަމަށެވެ.

ނަސީރު ވިދާޅުވީ އެ ޒިންމާގެ ދަށުން އެ މިނިސްޓްރީ އަށް އޮތީ ގައުމާ މެދު ހޭލުންތެރިކުރުވުމާއި ގައުމަށް ރައްކާތެރިކުރާނެ، ގައުމު ދެނެގަނެ ގައުމު ސަލާމަތްކުރާނެ ގޮތްތަކާ މެދު ވިސްނާ ފިކުރުކުރާނެ ބަޔަކު އުފެއްދުން ކަމަށެވެ.

ގައުމިއްޔަތުގެ އެންމެ މުހިންމު އެއް ބަހާއަކީ ދިވެހި ބަސްކަން ފާހަގަކުރައްވައި، ނަސީރު ވިދާޅުވީ، "މަހެއް ދިރެނީ ފެނުގައި" ކަމަށާއި ހަމަ އެގޮތަށް "ބަހެއް ދިރެނީ ސަގާފަތުގައި" ކަމަށެވެ. އެގޮތުން ދިވެހި ބަހަށް ހީނަރުކަން އައީ ދިވެހިން އުޅެމުން އައި ގޮތް ނުވަތަ ސަގާފަތަށް ބަދަލުތަކެއް އައުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު އޭނާ ވިދާޅުވީ ސަގާފަތް ބަދަލުވި ނަމަވެސް، ބަސްކޮށާރު މުއްސަނދިކޮށް، ބަހަށް ލޯބި ޖައްސާނެ އިލްމީ ގޮތްތައް ދުނިޔޭގައި އެބަހުރި ކަމަށެވެ. އެގޮތުން ކުދިންގެ ސިކުނޑި އާއި ތަނާއި ވަސީލަތާ ގުޅޭ ގޮތަށް އެކަން ކުރެވޭނެ އިލްމީ ގޮތް އެބަހުރި ކަމަށާއި ރައީސްގެ ވިސްނުންފުޅަކީ ވެސް އިލްމީކޮށް އެކަންކަން ހާސިލްކުރުން ކަމަށެވެ.

"އިލްމީ ހަގީގަތްތަކާ އެކު އެކަމާ ކުރިމަތިލައިގެން ނަތީޖާ ނެރެވޭނެ،" ނަސީރު ވިދާޅުވި އެވެ.

ނަމަވެސް، މިއަދު އެ މިނިސްޓްރީ އުވައިލުމާއެކު، ދިވެހި ބަސް އާލާކޮށް ދިރުވުމުގެ މެންޑޭޓު ހަމައެކަނި އޮންނާނީ ދިވެހި ބަހުގެ އެކަޑެމީއަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox