ދިވެހި ބަހުގެ ދުވަހު ދިވެހި ބަހުގެ މިނިސްޓްރީ އުވާލައިފި
ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓަރު އާދަމް ނަސީރު އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ މިނިސްޓްރީ އުވާލައި "މިނިސްޓްރީ އޮފް ކަލްޗާ އެންޑް ހެރިޓޭޖް" ގެ ނަމަށް ވަނީ ބަދަލުކޮށްފައެވެ. މި ބަދަލާއެކު އެ މިނިސްޓްރީގެ މެންޑޭޓުން ދިވެހި ބަސް އުނިކޮށް، މިނިސްޓަރުގެ މަގާމަށް ހީނާ ވަލީދު ވަނީ އައްޔަނުކުރައްވާފައެވެ.