ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު، އިބްރާހިމް ހަލީލް ވަކިކޮށްފި

ރައީސް މުއިއްޒު، އެމަނިކުފާނުގެ އޮފީހުގެ ސްޓްރެޓަޖިކް ކޮމިއުނިކޭޝަންސް މިނިސްޓަރު ހަލީލު އާއެކު: ރައީސް އޮފީހުގެ މީޑިއާ ޓީމުގައި 35 މުވައްޒަފުން އެބަތިބި --- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު، އެމަނިކުފާނުގެ އޮފީހުގެ ސްޓްރެޓަޖިކް ކޮމިއުނިކޭޝަންސް މިނިސްޓަރު ހަލީލު އާއެކު: ރައީސް އޮފީހުގެ މީޑިއާ ޓީމުގައި 35 މުވައްޒަފުން އެބަތިބި --- ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު، އިބްރާހިމް ހަލީލް އެ މަގާމުން މިއަދު ވަކިކޮށްފި އެވެ.

އަދަދު އަށް އެނގިފައިވާ ގޮތުގައި މިއަދު އެންމެ ފުރަތަމަ މަގާމުން ވަކިކުރި ބޭފުޅަކީ ހަލީލް އެވެ. އެކަމާ ގުޅޭގޮތުން ޖަވާބެއް ހޯދުމަށް ހަލީލްއަށް ގުޅުމުން ފޯނަށް ޖަވާބެއް ނުދެއްވަ އެވެ.

ހަލީލްގެ އިތުރުން، ރައީސް އޮފީހުގެ މިނިސްޓަރު، އަލީ އާރިފް ވެސް އިއްޔެ ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އޭނާ އެ މަގާމުން އިސްތިއުފާދެއްވި ސަބަބެއް ހާމައެއް ނުކުރެ އެވެ.

ސަރުކާރުގެ ކެބިނެޓު މިނިސްޓަރުންގެ ތެރެއިން މިހައިތަނަށް އަށް ބޭފުޅަކު ވަނީ މަގާމުން އިސްތިއުފާދެއްވައިފަ އެވެ. އޭގެ ތެރޭގައި ޑިފެންސް މިނިސްޓަރު، ގައްސާން މައުމޫން އާއި ފޮރިން މިނިސްޓަރު، އަބްދުالله ހަލީލް އާއި ޔޫތު މިނިސްޓަރު، އިބްރާހިމް ވަހީދު އާއި ސިޓީސް މިނިސްޓަރު، އާދަމް ޝަރީފް އާއި ޓޫރިޒަމް މިނިސްޓަރު، ތޯރިގު އިބްރާހިމް އާއި ހެލްތު މިނިސްޓަރު، އަބްދުالله ހަލީލްގެ އިތުރުން އެގްރިކަލްޗާ މިނިސްޓަރު، މަރިޔަމް މާރިޔާ އަދި، ޖެންޑާ މިނިސްޓަރު، އައިޝަތު ޝިހާމް ހިމެނެ އެވެ.

މި ހުރިހާ ބޭފުޅުން މަގާމުން އިސްތިއުފާދެއްވީ ރައީސް އޮފީހުން އަންގައިގެން ކަމަށް މި ނޫހަށް މައުލޫމާތު ލިބިފައިވެ އެވެ.

މިނިސްޓަރުންތަކެއް މަގާމުން ވަކިކޮށްފައި މި ވަނީ އޭޕްރިލް 4، ގައި އޮތް ދެ އިންތިހާބާއި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުން ސަރުކާރަށް ލިބުނު ނާކާމިޔާބީއަށްފަހު އެވެ. އެ ބައްޔަށްފަހު، އޭޕްރިލް 5، ގައި މުލީއާގޭގައި ބޭއްވި ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވަނީ ނާކާމިޔާބީގެ ޒިންމާ ޕީއެންސީގެ މަޖިލިސް މެންބަރުންނާއި ވަޒީރުންގެ ބޮލުގައި އަޅުއްވައިފަ އެވެ.

އެ ބައްދަލުވުމުގެ ތެރެއިން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ، މި ނަތީޖާ ޕޮޒިޓިވްކޮށް ނަގައި، މިހާރު ހުރި މައްސަލަތައް އިސްލާހުކޮށްގެން ކުރިއަށް ދިއުމުގެ މުހިންމުކަމާ ބެހޭގޮތުން ވާހަކަ ދައްކަވައިފައެވެ. ނަމަވެސް، ރައީސް މުއިއްޒު ވަނީ ވަރަށް ބޮޑަށް ކޯފާވެ، "ތިމަންނައަށް އެހެން ގޮތަކަށް ވިސްނަދޭން މަސައްކަތް ނުކުރުމަށް" ވިދާޅުވެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ކުރާ މަސައްކަތްތަކުގެ ސަބަބުން ވެސް ސަރުކާރަށް "ޑެމޭޖު" ލިބޭ ކަމަށް ވިދާޅުވެ، އެމަނިކުފާނު ވަނީ އެ ބައްދަލުވުމުގައި ނުރުހުން ފާޅުކުރައްވައިފަ އެވެ.

އޭގެ އިތުރުން، މަޖިލިސް މެންބަރުންނާއި ވަޒީރުން އެދިގެން "ކޮށްނުދެއްވަނީ ކޮން ކަމެއްތޯ؟" ސުވާލު އުފައްދަވައި އެމަނިކުފާނު ވަނީ ދެން އެހެން އެކަން ނުވާނެކަމުގެ އިންޒާރު ދެއްވައި، ކެބިނެޓަށް ބަދަލު ގެންނަން ޖެހިއްޖެ ނަމަ، އެކަން ވެސް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox