ނަލަހިޔާ ވައްކަމުގައި ބައިވެރިވި އާސިފް މިނިވަންކުރީ ސޯލިހު

އެއްބަނޑުއެއްބަފާ ބޭބެއަށް ވަޅިން ހަމަލާ ދިން ކަމަށް ތުހުމަތުވާ އާސިފް

އެއްބަނޑުއެއްބަފާ ބޭބެއަށް ވަޅިން ހަމަލާ ދިން ކަމަށް ތުހުމަތުވާ އާސިފް

މާލޭގެ މަޖީދީމަގުގައި ހުންނަ ނަލަހިޔާ ރެޒިޑެންސްގެ އެޕާޓްމަންޓަކުން ހަތަރު މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައިގައި ހިމެނޭ އިސްމާއިލް އާސިފް މިނިވަންކުރީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ، އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައިކަން އެނގިއްޖެ އެވެ.

އެނގިފައިވާ ގޮތުގައި އާސިފް މިނިވަން ކުރީ އޭނާގެ ހުކުމުގެ މުއްދަތު އެންމެ ފަސް ދުވަހަށް ކުރުކޮށްގެންނެވެ. އޭނާ މިނިވަން ކުރީ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކުރިންނެވެ. 

ނަލަހިޔާ ރެޒިޑެންޓްސްގެ އެޕާޓުމެންޓަކުން ވަގަށްނެގި އެ ފައިސާގެ ތެރެއިން މިހައިތަނަށް ފުލުހުންނަށް ހޯދިފައި ވަނީ 50،000ރ. އެވެ. ބާކީ ހުރި ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައިގައި ފަސް މީހެއްގެ މައްޗަށް ތުހުމަތު ކުރެވޭއިރު، މިހައިތަނަށް ފުލުހުން ހައްޔަރު ކޮށްފައި ވަނީ ހަތަރު މީހެކެވެ. އަނެކަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. 

ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނޭ، އިސްމާއިލް އާސިފްއަކީ ލަނޑާ ނަގާ ދޯންޏެއްގެ ތެރޭގައި 2019 ގައި ރ. މަޑުއްވަރީ، ފެހިއަލި، އިސްމާއިލް ހައްމާދުއާ ދެމެދު އުފެދުނު ދެބަސްވުމެއްގައި ހައްމާދަށް ވަޅިން ހަމަލާދީ މޫދަށް އެއްލައިލި މައްސަލާގައި 10 އަހަރަށް ޖަލަށް ލާން ސެޕްޓެމްބަރު 2022 ގައި ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާ މީހެކެވެ.

ނޮވެމްބަރު 22، 2019، ގައި "ޖަރީ" ނަމަކަށް ކިޔާ ދޯނީގައި ހައްމާދުގެ ބޮލަށާއި ވައަތު ކޮލަށާއި ވާތު ކަންފަތަށާއި ވާތު އަތްތިލައާއި އެ އަތުގެ އިނގިލިތަކަށާއި ތުންފަތަށާއި ބުރަކައްޓަށް ވަޅި ހަރައި ޒަހަމްކޮށްލާފައިވެ އެވެ.

އެ މައްސަލާގައި އާސިފްގެ މައްޗަށް ދައުލަތުން އުފުލީ މީހަކަށް ނުރައްކާތެރި ހާނީއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ އެވެ.

ދައުވާއަށް އޭނާ އިންކާރުކުރި ނަމަވެސް, ކުށް ސާބިތުކުރަން ދައުލަތުން ގިނަ ހެކިތަކެއް ހުށަހެޅި އެވެ. އޭގެ ތެރޭގައި މައްސަލައިގެ ތަހުގީގުގައި ބައިވެރިވި ފުލުހުންނާއި ގިނަ އަދަދެއްގެ ސިއްރު ހެކިން ވެސް ހިމެނެ އެވެ.

ހައްމާދު ބުނެފައިވަނީ އޭނައަށް ހަމަލާދިނީ އާސިފް ކަމަށާއި އޭނައަށް ހަމަލާ ދިނީ ދޯނީގެ ތެރޭގައި އުޅެނިކޮށް ދީނީ ގޮތުން ހިޔާލު ތަފާތުވެގެން އުފެދުނު ދެބަސްވުމެއްގެ ތެރެއިން ކަމަށެވެ. އެކަމަކު އާސިފް ބުނެފައިވަނީ އެ އަނިޔާތަކަކީ އާނުގަނޑެއް ފަދަ ތަނެއްގެ މައްޗަށް ހައްމާދު ވެއްޓުމުން ލިބިފައިވާ ޒަހަމްތަކެއް ކަމަށެވެ.

އެ މައްސަލައިގައި އޭނާ ބަންދުގައި ހުއްޓާ، މިނިވަން ކޮށްފައި ވަނީ ސޯލިހުގެ ވެރިކަމުގެ ފަހު ދުވަސްކޮޅު ސެޕްޓެމްބަރު 19. 2023، ގަ އެވެ.

މިނިވަންވުމަށްފަހު، މިދިޔަ އަހަރުގެ ކުރީކޮޅު އަމިއްލަ އެއްބަނޑު އެއްބަފާ ބޭބެއަށް ވަޅިން ހަމަލާދިން މައްސަލައެއްގައި އޭޕްރިލް 1، 2025، ގައި އާސިފް ހައްޔަރުކުރި އެވެ.

މަޑުއްވަރީން އަދަދު ނޫހާ ވާހަކަ ދެއްކި ބައެއް މީހުން ބުނީ ދެބޭންގެ ދެމެދުގައި ކުރި ޒުވާބެއްގައި ވަޅިއަކުން ހަމަލާ ދިނީ، އެރަށު ބީޗު ހައުސް، އިސްމާއީލް އާސިފު ކަމަށެވެ. އޭނާ ދިން ހަމަލާ ޒަހަމްވީ އެއްބަނޑު އެއްބަފާ ބޭބެ މުހައްމަދު މުއީން އަށެވެ.

މުއީންގެ ބޮލުގެ ދެ ތަނަށް ވަޅިން ހަމަލާދީފައިވެ އެވެ. އޭނާއަށް މަޑުއްވަރީ ހެލްތު ސެންޓަރާއި އުނގޫފާރު ހޮސްޕިޓަލުން ފަރުވާ ދީފައިވެ އެވެ. ނަމަވެސް، އެ މައްސަލައިގައި ހައްޔަރު ކުރުމަށްފަހު، އޭނާ މިނިވަންވީ ކިހިނެއްކަމެއް ނޭނގެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox