އަސްކަރީ، ތައުލީމީ އަދި ފަތުރުވެރިކަމުގެ ދާއިރާ ހިމެނޭހެން ސްރީލަންކާއާއެކު ހަތް އެމްއޯޔޫއެއްގައި ސޮއިކޮށްފި

އަވައްޓެރި ސްރީލަންކާ އާއި ދިވެހިރާއްޖެއާ ދެމެދު އެމްއޯޔޫތަކުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ނިއުސްފަސްޓް

އަވައްޓެރި ސްރީލަންކާ އާއި ދިވެހިރާއްޖެއާ ދެމެދު އެމްއޯޔޫތަކުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ނިއުސްފަސްޓް

ފަތުރުވެރިކަމާއި ތައުލީމީ ދާއިރާގެ އިތުރުން އަސްކަރީ ދާއިރާ ހިމެނޭހެން އެކު ޖުމުލަ ހަތް އެމްއޯޔޫއެއްގައި ސްރީލަންކާ އާއެކު ދިވެހިރާއްޖެއިން މިއަދު ސޮއިކޮށްފި އެވެ.

ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫތަކެއްގައި ސޮއުކުރީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގެ ތެރެއިން، މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

މިއަދު ސޮއިކުރި އެއްބަަސްވުންތަކުގެ ތެރޭގައި އަސްކަރީ ދާއިރާގެ ދެ އެމްއޯޔޫ ހިމެނެ އެވެ. އެއީ ޑިފެންސް ދާއިރާއިން މީހުން ތަމްރީނު ކުރުމާއި ތައުލީމު ހާސިލު ކުރުމުގެ އިތުރުން އެ ދާއިރާއިން ދިރާސާތައް ކުރުމުގެ އެއްބަސްވުމަަކާއި ދެ ގައުމު ގުޅިގެން ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމުގެ އެމްއޯޔޫއެކެވެ.

Advertisement

މިއަދު ދެން ސޮއިކުރީ ފަތުރުވެރިކަމުގެ ދާއިރާއިން ދެ ގައުމުގެ ގުޅުން ބަދަހި ކުރުމުގެ އެމްއޯޔޫއަކާއި ތައުލީމީ ދާއިރާއިން މީހުން ތަމްރީނު ކުރުމުގެ އެމްއޯޔޫއެއްގަ އެވެ.

އޭގެ އިތުރުން ދެ ގައުމުގެ ތާރީހީ ލިޔެކިޔުންތައް އާކައިވް ކުރުމުގެ އެމްއޯޔޫއެއްގައި ވެސް މިއަދު ސޮއިކުރި އެވެ. އަދި، ކުޅިވަރުގެ ދާއިރާއިން ޒުވާނުން ތަމްރީނު ކުރުމުގެ އެމްއޯޔޫއެއް އައު ކުރުމަށް ވެސް މިއަދު އޮތް ރަސްމިއްޔާތުގައި ވަނީ ސޮއިކޮށްފަ އެވެ.

މުއިއްޒު ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން މިއަދު ވަނީ ތަގުރީރެއް ވެސް ކުރައްވައިފަ އެވެ.

ސްރީލަންކާގެ ވެރިރަށް، ކޮލަމްބޯގައި ހުންނަ އެ ގައުމުގެ ޕްރެޒިޑެންޝަލް ސެކްރެޓޭރިއެޓުގައި މިއަދު ހެނދުނު ދެއްވި އެ ތަގުރީރުގައި މުއިއްޒު ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ފުޅާ ކުރުމަށާއި ސަރަހައްދީ ސުލްހަމަސަލަސްކަމާއި ހަމަޖެހުން ގާއިމުކުރުމުގައި ދިވެހިރާއްޖެ ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

ސްރީލަންކާގެ ރައީސް، އަނޫރާ ކުމާރާ ޑިސަނަޔަކެ އާއެކު މިއަދު ކުރިއަށް ގެންދިޔަ ބައްދަލުވުންތައް ވަރަށް ކާމިޔާބު ކަމަށް ވިދާޅުވެ ދެ ގައުމުގެ ދެމުގައި މިއަދު ސޮއިކުރި އެއްބަސްވުންތަކަށް ވީހާވެސް އަވަހަކަށް އަމަލުކުރަން ފެށޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އެ ދަތުރުގެ ތެރެއިން މުއިއްޒު މިއަދު ވަނީ ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް އާއި އެ ގައުމުގެ ބޮޑު ވަޒީރާ ވެސް ބައްދަލުކުރައްވައިފަ އެވެ.

ސްރީލަންކާއަށް މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުގައި އެމަނިކުފާނުގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދު އާއި ކެބިނެޓުގެ ބައެއް ވަޒީރުން ބައިވެރިވެވަޑައިގަންނަވަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox