ރާއްޖޭގައި ބާނާ މަސް ލަންކާގައި ބަންދު ކުރަން މަޝްވަރާކޮށްފި
ރާއްޖެއިން ބާނާ މަސް ސްރީލަންކާއަށް ގެންގޮސްގެން ބަންދުކޮށް، ވެލިއު އެޑަޑް އުފެއްދުންތަކުގެ ގޮތުގައި މާކެޓަށް ނެރުމާ ގުޅޭގޮތުން ދިވެހި ސަރުކާރުން ލަންކާއާއެކު މަޝްވަރާކޮށްފިއެވެ. މި މަޝްވަރާތައް ކުރިއަށްގެންދިޔައީ ދިވެހި ސަފީރާއި ލަންކާގެ ފިޝަރީޒް މިނިސްޓަރާ ދެމެދުގައެވެ. މިއީ ރާއްޖެއިން ބާނާ މަސް ޗައިނާގައި ބަންދުކުރަން ފެށި ފަދައިން، މަސްވެރިކަމުގެ ސިނާއަތް ފުޅާކުރުމަށް ކުރެވޭ މަސައްކަތެކެވެ.