އެންމެ ބޮޑު އިސްކަމެއް ދޭނީ ސޮއިކުރި އެއްބަސްވުންތަކުގައި އަމަލީ ސިފަ ޖައްސަން: މުއިއްޒު

ސްރީލަންކާގައި މިއަދު މުއިއްޒު ތަގުރީރެއް ދެއްވަނީ -- ފޮޓޯ: ރައީސް އޮފީސް

ސްރީލަންކާގައި މިއަދު މުއިއްޒު ތަގުރީރެއް ދެއްވަނީ -- ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެމެދު އިއްޔެ ސޮއިކުރެވުނު އެއްބަސްވުންތަކުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދިޔުމަށް މަގުފަހިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އަވައްޓެރި ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގެ ތެރެއިން ސްރީލަންކާގެ ވެރިރަށް، ކޮލަމްބޯގައި ހުންނަ އެ ގައުމުގެ ޕްރެޒިޑެންޝަލް ސެކްރެޓޭރިއެޓުގައި އިއްޔެ ދެއްވި އެ ތަގުރީރުގައި އެމަނިކުފާނު ވިދާޅުވީ އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ސޮއިކުރި އެމްއޯޔޫތަކުގައި އަމަލީ ސިފަ ޖެއްސުމަށް ކަމަށެވެ.

"ރައީސް ޑިސަނަޔަކެ އާއެކު މިއަދު ކުރެވުނު މަޝްވަރާތައް ވަރަށް ކާމިޔާބު، އަޅުގަނޑުމެންގެ އަމާޒު ވަރަށް ސާފު. މި އެއްބަސްވުންތަކުގައި ހުރި ކަންކަން ތަންފީޒުކޮށް އޭގެ އަމަލީ ފައިދާ ރައްޔިތުންނަށް ލިބޭނެކަން ކަށަވަރުކުރުން،" މުއިއްޒު ވިދާޅުވި އެވެ.

Advertisement

ސްރީލަންކާ އާއެކު ދިވެހިރާއްޖެއިން ވަނީ ޖުމުލަ ހަތް އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އޭގެ ތެރޭގައި ޑިފެންސް ދާއިރާއިން ސޮއިކުރި ދެ އެއްބަސްވުމާއި ފަތުރުވެރިކަމާއި ތައުލީމީ ދާއިރާގެ އިތުުރުން ތާރީހީ ލިޔެކިޔުންތައް އަރުޝީފު ކުރުމާ ބެހޭ އެއްބަސްވުމަކާއި ކުޅިވަރުގެ ދާއިރާއިން ޒުވާނުން ތަމްރީނު ކުރުމުގެ އެއްބަސްވުމެއް ހިމެނެ އެވެ.

 މުއިއްޒުގެ ތަގުރީރުގައި އެންމެ ބޮޑަށް އަލިއަޅުއްވާލެއްވީ އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމުގެ މައްޗަށެވެ. ޖަޒީރާ ދެ ގައުމުގެ ހައިސިއްޔަތުން ރާއްޖެއާއި ސްރީލަންކާގެ މުސްތަގުބަލު ގުޅިފައިވަނީ އިންޑިއާ ކަނޑާކަން ފާހަގަކުރައްވައި، ކަނޑުގެ ވަސީލަތްތައް ހިމާޔަތްކުރުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން މެނޭޖުކުރުމަށް ދެ ގައުމުން އެއްބަސްވެފައިވާކަން އެމަނިކުފާނު ހާމަކުރެއްވި އެވެ.

އޭގެ އިތުރުން ކަނޑުގެ ސަލާމަތީ ކަންކަމުގައި ދެ ގައުމުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ވަރުގަދަކުރަން ނިންމާފައިވާ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

ރާއްޖެއާއި ސްރީލަންކާގެ ގުޅުން އިތުރަށް ބަދަހިކުރުމުގައި ރާއްޖެއިން އަބަދުވެސް ސާބިތުކަންމަތީ ދެމިއޮންނާނެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ސަރަހައްދީ އެއްބާރުލުން އިތުރުކުރުމަށާއި، ސަރަހައްދުގެ ސުލްހަމަސަލަސްކަމާއި ހަމަޖެހުން ގާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ރާއްޖެއިން އިސްދައުރެއް އަދާކުރާނެ ކަމަށެވެ.

އަދި ދެ ގައުމުގެ ގުޅުމުގެ ސަބަބުން މުޅި ސަރަހައްދަށް ވެސް ތަނަވަސްކަމާއި ކުރިއެރުން ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ސްރީލަންކާއަށް މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުގައި އެމަނިކުފާނުގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދު އާއި ކެބިނެޓުގެ ބައެއް ވަޒީރުން ބައިވެރިވެވަޑައިގަންނަވަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox