މުއިއްޒުގެ ލަންކާ ދަތުރާ ގުޅިގެން ކޮލޮމްބޯގައި ތިބި ބައެއް ދިވެހިންނަށް ފުލުހުން ބިރު ދައްކައިފި

May 5, 2026, 9:40 AM
ރައީސް މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު ރައީސް އަނޫރާ ކުމާރު ޑިސަނަޔަކެއާއެކު: ދިވެހިން ދިރިއުޅޭ ބައެއް ގެތަކަށް ކޯޓު އަމުރަކާ ނުލައި އެ ގައުމުގެ ފުލުހުން ވަން ކަމަށްވޭ -- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު ރައީސް އަނޫރާ ކުމާރު ޑިސަނަޔަކެއާއެކު: ދިވެހިން ދިރިއުޅޭ ބައެއް ގެތަކަށް ކޯޓު އަމުރަކާ ނުލައި އެ ގައުމުގެ ފުލުހުން ވަން ކަމަށްވޭ -- ފޮޓޯ: ރައީސް އޮފީސް

ރައީސް މުހައްމަދު މުއިއްޒު ސްރީ ލަންކާއަށް ކުރައްވާ ދަތުރާ ގުޅިގެން އެ ގައުމުގައި ދިރިއުޅޭ ބައެއް ދިވެހީންނަށް ފުލުހުން ބިރުދައްކައިފި އެވެ.

ލަންކާ ފުލުހުން ވަނީ ބައެއް ދިވެހިން ލައްވައި ސިންހަލަ ބަހުން އޮތް ގަނޑެއްގައި ސޮއި ކުރުވައިފަ އެވެ. އެ ގަނޑުގައި އޮންނަނީ ލަންކާގައި ދިރިއުޅޭ ދިވެހިންނާ މުއިއްޒު ބައްދަލު ކުރައްވާ ތަނެއް ނުދާނެ ކަމަށް އެއްބަސްވާ ކަމަށެވެ.

"އާންމުކޮށް ސޯސަންވިލާގެ އެއްވެސް ހަރުދަނާ އުސޫލެއް ނެތި ދޯހަޅިކޮށް ކަންތައް ކުރާތީ އެކެންކަން އިސްލާހު ކުރަން ބުނާތީ އަދި ކޮމިއުނިޓީއަށް ބޭނުންވާ ކަންކަން އެމްބަސީއިން ނުކޮށްދޭތީ އެ ވާހަކަ ދައްކާ މީހުން އެއީ،" ޗެނަލް-13 އަށް ދިން އިންޓަވިއުއެއްގައި ލަންކާގައި ދިރިއުޅޭ މީހަކު ބުންޏެވެ. 

Advertisement

އޭގެ އިތުރުން، ބައެއް ދިވެހިންގެ ގޭގެއަށް ވެސް ލަންކާ ފުލުހުން ވަން ކަމަށްވެ އެވެ. އެ ގަތަކަށް ފުލުހުން ވަނީ ކޯޓު އަމުރެއް ވެސް ނުލައި ކަމަށްވެ އެވެ. ފުލުހުން އެގޮތަށް ވަން ބައެއް ގެތައް ބަލައިފާސް ކުރި ކަމަށް ވެސް ބައެއް މީހުން ބުންޏެވެ. 

ރައީސް މުއިއްޒު ދިވެހިންނާ ބައްދަލު ކުރައްވަން ހަމަޖެހިފައި ވަނީ މިއަދު ހަވީރު 5:15 ގައި ހިލްޓަން ހޮޓަލް، ކޮލޮމްބޯގެ ދަ ގްރޭންޑް ބޯލް ރޫމްގަ އެވެ.

ލަންކާގައި ހުންނަ ދިވެހި އެމްބަސީ އިން އެންމެ ފުރަތަމަ ފޮނުވި ދައުވަތުގައި ބުނެފައި އޮތީ އެމްބަސީ އިން ބާއްވާ ހަރަކާތަކަށް ދައުވަތު އަރުވާ ކަމަށެވެ. އެކަމަކު އާންމުން ޝަކުވާ ބޮޑުވުމުން އެއީ މުއިއްޒު ބައިވެރިވަޑައިގަންނަވާ އިވެންޓެއް ކަމަށް ފަހުން ހާމަ ކުރި އެވެ. 

ސްރީ ލަންކާއަށް ރައީސް ވަޑައިގަތީ މިދިޔަ އާދީއްތަ ދުވަހެވެ. އެނބުރި ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މިއަދުގެ ވަގުތެއްގައި ކަމަށްވެ އެވެ. އެމަނިކުފާނުގެ ދަތުރުގައި ދެ ގައުމުން ވަނީ ހަތް އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox