ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ބައެއް ފްލެޓުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިއްޖެ އެވެ.
މިއަދު ހަވީރުން ފެށިގެން ހިޔާގެ ބައެއް ޓަވަރުތަކުން ކަރަންޓު ހުރީ ކެނޑިފަ އެވެ. ސްޓެލްކޯއިން އެންމެ ފަހުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ދެވަނަ ޓަވަރާއި ހަވަނަ ޓަވަރު ފިޔަވައި އެހެން ޓަވަރުތަކަށް ކަރަންޓު ވަނީ ދީފަ އެވެ.
އެ މައްސަލަ ހައްލު ކުރަމުން ދަނިކޮށް އިތުރު ޓެކްނިކަލް މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށް މީގެ ގަޑިއެއްހާއިރު ކުރިން ސްޓެލްކޯއިން ވަނީ ހާމަކޮށްފަ އެވެ.
އަދަދު ނޫހަށް މައުލުމާތު ލިބިފައިވާ ގޮތުގައި ފަހި ފްލެޓުތައް ހުންނަ ޓަވަރުތަކަކުން ވެސް ވަނީ ކަރަންޓު ކެނޑިފަ އެވެ. އެ ކަމާ ގުޅޭގޮތުން ސްޓެލްކޯއިން މިހާތަނަށް ބަހެއް ބުނެފައެއް ނުވެ އެވެ.













