ދެވަނަ ފިޔަވަހީގެ ބައެއް ފްލެޓުތަކުން ކަރަންޓު ކެނޑިއްޖެ
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކާއި ފަހި ފްލެޓުތަކުން މިއަދު ހަވީރު ކަރަންޓު ކެނޑިފައިވާއިރު، ގިނަ ޓަވަރުތަކަށް މިހާރު ވަނީ އަލުން ކަރަންޓު ދީފައެވެ. ނަމަވެސް، ދިމާވި ޓެކްނިކަލް މައްސަލަތަކަކާ ގުޅިގެން ބައެއް ޓަވަރުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ސްޓެލްކޯއިން އަދިވެސް ދަނީ ކުރަމުންނެވެ.