ޑެޕިއުޓީ ކޮމިޝަނަރު، ފަރުހާދު ރިޓަޔާ ކުރަން މުއިއްޒު އަންގަވައިފި

ޑީސީޕީ ފަރުހާދު ފިކުރީ އަދި ރައީސް މުހައްމަދު މުއިއްޒު: ފަރުހާދު އިސްތިއުފާދެއްވަން ރައީސްގެ ފަރާތުން ވަނީ އަންގަވާފަ ---

ޑީސީޕީ ފަރުހާދު ފިކުރީ އަދި ރައީސް މުހައްމަދު މުއިއްޒު: ފަރުހާދު އިސްތިއުފާދެއްވަން ރައީސްގެ ފަރާތުން ވަނީ އަންގަވާފަ ---

ދާދި އިހަކަށް ދުވަހާ ޖެހެންދެން އެކްޓިން ޕޮލިސް ކޮމިޝަނަރުގެ ހައިސިއްޔަތުން ފުލުސް އޮފީސް ހިންގެވުމާ ހަވާލުވެ ހުންނެވި، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް، ފަރުހާދު ފިކުރީ ރިޓަޔާ ކުރައްވަން ރައީސް މުހައްމަދު މުއިއްޒުގެ ފަރާތުން އަންގަވައިފި އެވެ.

އަދަދު އަށް މައުލޫމާތު ދިން މަސްދަރުތަކުން ބުނީ މަގާމުން ރިޓަޔާ ކުރައްވަން ރައީސްގެ ފަރާތުން ފަރުހާދަށް އެންގެވީ ރައީސް އޮފީހުގެ މިނިސްޓަރު، އަލީ އާރިފެވެ. ފަރުހާދަށް އަންގަވާފައި ވަނީ މި ހަފުތާގެ ތެރޭގައި އެ މަގާމުން ރިޓަޔާ ކުރަން ކަމަށް ވަނީ އެނގިފަ އެވެ. 

ފަރުހާދަކީ މި ފަހުން ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލެއްވި ތިން ބޭފުޅުންގެ ތެރެއިން އެކަކެވެ. އެ މަގާމަށް އޭނާ ކުރިމަތިލުމުން، ޕޮލިސް ބޯޑުން އޭނާއާ އިންޓަވިއު ކުރުމަށްފަހު، ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އޭނާގެ ޝަރުތު ހަމަވާ ކަމަށް އެ ބޯޑުން އޮތީ ނިންމައިފަ އެވެ. އެއަށްފަހު، އެ ބޯޑުން އެންމެ މަތިން މާކްސް ވެސް ދިނީ ފަރުހާދަށެވެ.

އެހެންނަމަވެސް، ޕޮލިސް ކޮމިޝަނަރުގެ މަގާމަށް މިދިޔަ އާދީއްތަ ދުވަހު އައްޔަނުކުރީ ފުލުހުންގެ ވަޒީފާއިން ވަކިކުރަން ޕޮލިސް ބޯޑުން ނިންމި އަހުމަދު މުހައްމަދު (ޓޫފޯ) އެވެ. އޭނާއަށް ފުލުހުންގެ ވަޒީފާ އަލުން ދިނީ މި ސަރުކާރުންނެވެ.

ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރައްވަން ފަރުހާދަށް އަންގާފައިވާއިރު، މީގެ ކުރިން ވެސް އެ ހިދުމަތުން ރިޓަޔާ ކުރައްވަން އޭނާއަށް ރައީސްގެ ފަރާތުން އެންގެވި އެވެ. އެހެންނަމަވެސް، އެ ފަހަރު އޭނާ ފުލުހުންގެ މަގާމުން އިސްތިއުފާ ނުދެއްވަ އެވެ.

މި ނޫހަށް ކަށަވަރުވެފައިވާ ގޮތުން މަގާމުން އިސްތިއުފާ ދެއްވައި، ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރައްވަން މުއިއްޒުގެ ފަރާތުން ފަރުހާދަށް އެ ފަހަރު އެންގެވީ ވެސް އަލީ އާރިފް އެވެ. މިކަން ތަފާތު ތިން މަސްދަރަކުން މި ނޫހަށް ކަށަވަރުކޮށްދިނެވެ.

ފަރުހާދުގެ މައްޗަށް ތުހުމަތު ކުރެވޭ ސީރިއަސް ޖިނާއީ މައްސަލަތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި، ރޭޕް ކޭސްއެއްގައި ހިމެނޭ އޭނާގެ ދަރިފުޅު ސަލާމަތް ކުރަން ހެކި ނައްތާލިކަމުގެ ތުހުމަތު ހިމެނެ އެވެ. އަދި މިދިޔަ އަހަރު އޭނާގެ ދަރިފުޅު ހައްޔަރު ކުރުމުން އޭނާ ބަންދުން ދޫކޮށްލަން ނުފޫޒު ފޯރުވިކަމުގެ ތުހުމަތު ވެސް ފަރުހާދަށް ކުރެވެ އެވެ.

ފަރުހާދަކީ އޮކްޓޫބަރު 20، 2021 އިން ފެށިގެން ފުލުހުންގެ ވަޒީފާއިން ވަކި ކުރަން ނިންމައި، އޮކްޓޫބަރު 10، 2021 ގައި ނޯޓިސް ވެސް ފޮނުވި ބޭފުޅެކެވެ. އޭނާގެ އިތުރުން ހަ އޮފިސަރަކު ފުލުހުންގެ ހިދުމަތުން ވަކިކުރަން ޕޮލިސް ބޯޑުން އޭރު ނިންމީ ފުލުހުންގެ އާ ގާނޫނުގެ ދަށުން ޕޮލިސް ބޯޑަށް މަތިކޮށްފައިވާ ޒިންމާގެ ދަށުންނެވެ.

ފުލުހުންގެ ހިދުމަތުން ފަރުހާދު ވަކިކުރަން ޕޮލިސް ބޯޑުން އޭރު ނިންމީ ވެސް އޭނާގެ މައްޗަށް ކުރެވޭ، ސީރިއަސް މައްސަލައެއްގެ ހެކި ނައްތާލަން މަސައްކަތް ކުރި މައްސަލައަށް ރިއާޔަތްކުރުމަށްފަހު އެވެ. ފަރުހާދު ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމަށް އައްޔަނުކުރީ މި ސަރުކާރުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox