މަސްތުވެގެން ހުރެ ފުލުހަކަށް ހަމަލާ ދިން މައްސަލައަކުން ދަރިފުޅު ސަލާމަތް ކުރަން ފަރުހާދު އުޅުނު ކަމުގެ ތުހުމަތުތަކެއް

ފަރުހާދު ފިކުރީ ރައީސް މުއިއްޒާއެކު: އޭނާގެ ނުފޫޒު ބޭނުންކޮށްގެން ދަރިފުޅު ސަލާމަތް ކުރަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ -- ފޮޓޯ: ޕޮލިސް

ފަރުހާދު ފިކުރީ ރައީސް މުއިއްޒާއެކު: އޭނާގެ ނުފޫޒު ބޭނުންކޮށްގެން ދަރިފުޅު ސަލާމަތް ކުރަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ -- ފޮޓޯ: ޕޮލިސް

ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީގެ ދަރިފުޅު މަސްތުވެގެން ހުރެ ފުލުހަކަށް ހަމަލާދިން މައްސަލައަކުން އޭނާ ސަލާމަތް ކުރަން ފަރުހާދު ނުފޫޒު ބޭނުން ކުރިކަމުގެ ތުހުމަތުތަކެއް ފެންމަތިވެއްޖެ އެވެ.

ފަރުހާދަށް ތުހުމަތު ކުރެވެނީ އޭނާގެ ދަރިފުޅު، މުހައްމަދު ފައުޒާން ފަރުހާދު ފެބްރުއަރީ 27، 2025، ގައި ހައްޔަރު ކުރުމުން، ނުފޫޒު ބޭނުންކޮށްގެން ދަރިފުޅު ސަލާމަތް ކުރަން އުޅުނު މައްސަލައެކެވެ.

މީގެ ކުރިން 2014 ވަނަ އަހަރު، އުމުރުން 16 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ރޭޕުކޮށް އޭނާގެ ބަރަހަނާ މަންޒަރު ނެގި މައްސަލައެއްގައި ވެސް ފައުޒާން ހައްޔަރު ކުރި އެވެ. އެފަހަރު، ފައުޒާންގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށުގައި އޮއްވާ އެއިން ހެކި ނައްތާލި މައްސަލައެއްގައި ވެސް ފަރުހާދަށް ތުހުމުތަކެއް ކުރެވުނެވެ. ހެކި ނައްތާލީ ސީދާ ފަރުހާދު ކަމަށް ތަހުގީގުތަކުން ސާބިތުވި އެވެ.

Advertisement

މި ފެބްރުއަރީ މަހު ފެންމަތި މައްސަލައިގައި ފަރުހާދުގެ ދަރިފުޅު ފައުޒާންއަށް ތުހުމަތު ކުރެވެނީ، ހުޅުމާލޭގައި ގްރޫޕު ހަދައިގެން ބާރަށް ސައިކަލު ދުއްވުމާއި ބިރުވެރިކަން އުފެދޭ ގޮތަށް އަމަލު ކުރުމެވެ. ފައުޒާން އާއި އޭނާގެ ގްރޫޕު ހުއްޓުވަން ހުޅުމާލޭގައި އެ ގަޑީގައި ހަރަކާތްތެރިވި ހުރިހާ ފުލުހުން މަސައްކަތް ކުރި އެވެ. އެމީހުން ހުއްޓުވުނީ 45 މިނެޓު ފަހުންނެވެ.

ގޭންގު ހަދައިގެން ހުޅުމާލޭގައި ބިރުވެރިކަން އުފައްދަން އުޅުނު މައްސަލައިގައި ފައުޒާން ހުއްޓުވަން މަސައްކަތް ކުރި ވަގުތު، ފުލުހަކަށް ވަނީ ހަމަލާދީފަ އެވެ. އެއިރު އޭނާ ހުރީ ވަރަށް ބޮޑަށް މަސްތުވެގެން ކަމަށްވެ އެވެ. ފައުޒާން ހައްޔަރުކޮށްގެން ފުލުސް އޮފީހަށް ގެންދިޔުމުން ކުޑަކަމުދާތަކެތި ދިނުމަށް ވަނީ އިންކާރުކޮށްފަ އެވެ.

ފައުޒާން ބަންދުގައި ހުއްޓައި، އޭނާއާ ބައްދަލު ކުރަން ސީނިއާ ފުލުހަކު ދިޔަ އެވެ. އޭގެ ފަހުން ކުޑަކަމުދާތަކެތި ދިނުމަށް ފައުޒާން އެއްބަސްވި އެވެ. އަދި ކުޑަކަމުދާތަކެތި ޓެސްޓު ކުރިއިރު، އޭނާ އެއްވެސް މަސްތުވާއެއްޗަކަށް ޕޮޒިޓިވް ނޫން ކަމަށް ނަތީޖާއިން ދެއްކި އެވެ.

ފައުޒާން ހައްޔަރު ކުރުމުގައި ހަރަކާތްތެރިވި ފުލުހުން ތުހުމަތު ކުރާ ގޮތުގައި، އޭނާގެ ކުޑަކަމުދާތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވްނުވީ، ފަރުހާދުގެ ނުފޫޒު ބޭނުންކޮށްގެން ނަތީޖާ އޮޅުވާލާފައިވާތީ ކަމަށެވެ. އެ މައްސަލައިގައި ފައުޒާން އަދި އޭނާގެ ގޭންގުގައި ހަރަކާތްތެރިވި މީހުންނަށް ބަންދުގެ މުއްދަތު ޖަހަން ކޯޓަކަށް ވެސް ނުގެންދެ އެވެ. އެއީ ވެސް ފަރުހާދު ނުފޫޒު ބޭނުންކޮށްގެން ކޮށްފައިވާ ކަމެއް ކަމަށް ފުލުހުން ތުހުމަތު ކުރެ އެވެ.

އެ މައްސަލައިގައި ފުލުހުން ސައިކަލެއް ވެސް ޓޯ ކުރި އެވެ. ސައިކަލު ޓޯކޮށް ބެލިއިރު، އެ ސައިކަލުގައި އަޅުވާފައި ހުރީ ނުބައި ނަންބޯޑެކެވެ. އެކަމަކު، ފަރުހާދުގެ ނުފޫޒު ބޭނުންކޮށްގެން އެ ސައިކަލު ޓޯޔާޑުން ނެރެފައިވާ ކަމަށް ތުހުމަތު ކުރެވެ އެވެ.

ފަރުހާދު ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރީ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގަ އެވެ. މިދިޔަ ސަރުކާރުގައި އޭނާ ފުލުހުންގެ ވަޒީފާއިން ވަކި ކުރަން ވެސް ނިންމި އެވެ. އޭނާ އާއި އިތުރު ހަ އޮފިސަރަކު ވަކި ކުރަން ނިންމީ، ފުލުހުންގެ އިސް އޮފިސަރުންގެ މައްސަލައެއް ނުއުޅޭކަން ކަށަވަރު ކުރަން ގާނޫނުން ލާޒިމު ކުރުމުން ބެލި ބެލުމުގެ ތެރެއިންނެވެ.

ކުރީގެ ޕޮލިސް ކޮމިޝަނަރު އަލީ ސުޖާއު އިސްތިއުފާ ދެއްވުމުން އެކްޓިން ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އެންމެ ފުރަތަމަ އައްޔަން ކުރީ ވެސް ފަރުހާދެވެ. ނަމަވެސް މަދު ގަޑިއިރުތަކެއްގެ ތެރޭގައި އޭނާގެ އަތުން އެ މަގާމު ވަނީ އަތުލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox