ޒީނާ ޒާހިރު
2 ލިޔުން
ހަބަރުހުލާސާކޮށް އިއްޔެ: ސަރުކާރުގެ މަގާމުތަކަށް ބޮޑެތި ބަދަލުތަކެއް
ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރަށް ކުރިމަތިވި ބޮޑު ނާކާމިޔާބީއާ ގުޅިގެން، ސަރުކާރުގެ މަތީ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން މަގާމުތަކުން ވަކިކުރަން ފަށައިފިއެވެ. މީގެ ތެރޭގައި ހާރިޖީ ދާއިރާގެ އިސް ބޭފުޅުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވެރިން ހިމެނޭއިރު، މިއީ ސަރުކާރަށް އަމާޒުވަމުންދާ ފާޑުކިޔުންތަކާއި ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން ގެންނަމުންދާ ބަދަލުތަކެކެވެ.
ހަބަރުޒީނާގެ ފާޑުކިޔުން؛ ރައްޔިތުންގެ އިތުބާރު ހޯދޭނީ އިންސާފުވެރިވެގެން!
ޕީއެސްއެމްގެ ކުރީގެ އެމްޑީ ޒީނާ ޒާހިރު، ރައީސް މުއިއްޒަށް ފާޑުވިދާޅުވަމުން ރައްޔިތުންގެ އިތުބާރު ހޯދުމަށްޓަކައި އިންސާފުވެރި ނިންމުންތައް ނިންމުމަށް ގޮވާލައްވައިފިއެވެ. ޒީނާ މިހެން ވިދާޅުވީ ބްރޯޑްކާސްޓިން ކޮމިޝަނަށް މީހުން އައްޔަންކުރުމުގައި އޭނާއަށް ކުރިމަތިވި ބޭއިންސާފުތައް ފާހަގަކުރައްވައި، ސަރުކާރަށް އިންތިހާބުތަކުގައި ނާކާމިޔާބީއާ ކުރިމަތިލާންޖެހިފައިވާ ދަނޑިވަޅެއްގައެވެ.
