ގިނަ ރަށްތަކުގެ ކައުންސިލް ރައީސްކަން އެމްޑީޕީ އާއި އަމިއްލަ ކެންޑިޑޭޓުންނަށް
އިއްޔެ ބޭއްވި ކައުންސިލްތަކުގެ ރައީސުން ހޮވުމުގެ އިންތިހާބުގައި 70 ގޮނޑި ކާމިޔާބުކުރިއިރު، އިންތިހާބަކާ ނުލައި ލިބުނު ބާރަށު ކައުންސިލްގެ ރައީސްގެ ގޮނޑިއާއެކު ސަރުކާރު ހިންގާ ޕީއެންސީއަށް ވެސް ވަނީ 70 ގޮނޑި ލިބިފަ. ނަމަވެސް އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓުންނާއި އެހެން ޕާޓީތަކުން ވާދަކޮށްގެން ކާމިޔާބުކުރި ޖުމުލަ 30 ގޮނޑިއާއެކު ކައުންސިލް ރައީސުންގެ އަޣުލަބިއްޔަތު ވަނީ ސަރުކާރަށް ގެއްލިފަ