ސާފް 20 އަހަރުން ދަށުގެ މުބާރާތް: ބަންގްލަދޭޝް އައީ ޗުއްޓީ އަކަށް ނޫން، މުބާރާތް ކާމިޔާބުކުރަން

Mar 24, 2026, 6:10 AM
ބަންގްލަދޭޝްގެ ކޯޗު ކޮކްސް: އޭނާ ވަނީ މި އައީ ޗުއްޓީ އަކަށް ނޫން ކަމަށް ބުނެފައި.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

ބަންގްލަދޭޝްގެ ކޯޗު ކޮކްސް: އޭނާ ވަނީ މި އައީ ޗުއްޓީ އަކަށް ނޫން ކަމަށް ބުނެފައި.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

ސާފް 20 އަހަރުން ދަށުގެ މުބާރާތަށް ބަންގްލަދޭޝް އިން ރާއްޖެ އަށް އައީ ޗުއްޓީއެއް ހޭދަކުރަން ނޫން ކަމަށާއި މުބާރާތް ކާމިޔާބު ކުރުމަށް ކަމަށް ބަންގްލަދޭޝްގެ ޒުވާން ޓީމުގެ ކޯޗު، އިންގްލެންޑްގެ މާކް ކޮކްސް ބުނެފި އެވެ.

ބަންގްލަދޭޝް މި ފަހަރުގެ ސާފް 20 އަހަރުން ދަށުގެ މުބާރާތުގައި ހިމެނެނީ، ތިން ޓީމު ވާދަކުރާ ގްރޫޕްގަ އެވެ. އެންމެ ފަހުގެ ރަނަރަޕް ބަންގްލަދޭޝާ އެކު އެ ގްރޫޕްގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އަދި ޕާކިސްތާން އެވެ.

މުބާރާތުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮކްސް ބުނެފައިވަނީ ސާފް 20 އަހަރުން ދަށުގެ މުބާރާތަށް ކޮންމެ ޓީމެއް ވެސް އައިސްފައިވަނީ ވަރަށް ރަނގަޅު ކޯޗުންނާ އެކު ތައްޔާރުވެގެން ކަމަށެވެ

"އަހަރެމެން ޓީމު ތައްޔާރުކުރީ އެކަން ދަނެގެން ރަނގަޅު ފައިޓްކޮށް ރަނގަޅު ވާދައެއްކުރަން. އެއީ، އަހަރެމެންނަށް އެނގޭ އިދިކޮޅަށް ނުކުންނަން އޮތީ ވަރަށް ވާދަވެރި ޓީމުތަކެއްކަން،" ކޮކްސް ބުންޏެވެ.

"ކޮންމެ ކޯޗެއް ވެސް މި މުބާރާތަށް މިއައީ މޮޅުވާން. މުބާރާތް ކާމިޔާބުކުރަން. އަހަންނަށް ވަރަށް ވަރަށް ގިނަ ވާހަކަ ދެއްކިދާނެ. އަހަރެން މި ތަނަށް މިއައީ ޗުއްޓީ އަކަށް ނޫން، އަހަރެމެންގެ ކުޅުންތެރިން ވެސް މި ތަނަށް މި އައީ ޗުއްޓީ އަކަށް ނޫން، މި ތަނަށް އައިސް ހުރި ކޮންމެ ކޯޗެއް ނޫނީ ކޮންމެ ކެޕްޓަނެއް ވެސް ބުނާނީ ގާތްގަނޑަކަށް އެހެން،"

މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށް ޕްރެޝަރެއް އޮތްތޯ ސުވާލުކުރުމުން، ކޮކްސް ބުނެފައިވަނީ، ޕްރެޝަރު އޮތީ މި ވަގުތު ހަނގުރާމައިގެ އަސަރު އެންމެ ބޮޑަށް އޮތް އިރާނާއި ޔޫކްރެއިންގައި ކަމަށެވެ.

"ޕްރެޝަރު މި ވަގުތު އޮތީ އިރާންގައި ދިރިއުޅުމުގައި. ޕްރެޝަރު މި ވަގުތު އޮތީ ޔޫކްރެއިންގައި ދިރިއުޅުމުގައި. ޕްރެޝަރު އޮތީ ހެނދުނު ހޭލާއިރު ކާނާ ނެތް ބަޔަކަށް. އަހަރެމެން މި ތިބީ ރާއްޖެ ކަހަލަ ހިތްހަމަޖެހޭ ގައުމަކަށް ފުޓްބޯޅަ ކުޅެން އައިސް، ވަރަށް ރަަނގަޅު ފުޓްބޯޅަ ކޯޗުން މަސައްކަތް ކުރާ މުބާރާތަކަށް. އަހަރެމެންނަކީ ފޭވަރިޓުންނެކޭ އަހަންނެއް ނުބުނާނަން ވަރަށް ރަނގަޅު ކުޅުންތެރިންނާއި ޓީމުތަކެއް އޮތް މުބާރާތެއްގައި އަަހަރެމެންނަށް އޮތީ އެންމެ ރަނގަޅަށް މަސައްކަތްކުރުން،" ކޮކްްސް ބުންޏެވެ.

ބަންގްލަދޭޝް އިން މި ފަަހަރުގެ ސާފް 20 އަހަރުން ދަށުގެ މުބާރާތުގެ ތިން ޓީމު ވާދަކުރާ ގްރޫޕްގައި ހިމެނުމުން، މެޗުތަކުގައި ކުޅެން ޖެހޭނީ ވަރަށް ސަމާލުވެގެން ކަމަށް ކޮކްސް ގަބޫލުކުރެ އެވެ.

"އެއީ ފުރަތަަމަ މެޗުން މޮޅުވީމަ ވަރަށް ރަނގަޅު ހާލަތެއްގައި އޮންނާނީ، ފުރަތަމަ މެޗުން ބަލިވިއްޔާ ވަރަށް އުނދަގޫ ހާލަތެއްގައި އޮންނާނީ. ހަތަރު ޓީމުގެ ގްރޫޕެއްގައި އޮތްނަމަ، މިކަން ތަންކޮޅެއް ފަސޭހަކޮށް އޮންނާނީ. އަހަރެމެންނަށް މި އޮތް ކަަމަކީ، (ތިން ޓީމުގެ ގްރޫޕެއްގައި އޮތީމަ) އެންމެ ފުރަތަމަ ނުކުމެ ވެސް ނަތީޖާ ނެރެން މި ޖެެހެނީ، އެއީ ކުރަން މި އައި ކަމަކީ، މެޗަކަށް ފަހު މެޗެއްގެ ވިސްނުން މި ހުރީ،" ކޮކްސް ބުންޏެވެ.

ސާފްގެ އުމުރުފުރާ މުބާރާތްތަކުގައި ކުޅޭ ރަނގަޅު ކުޅުންތެރިންނަށް ސީނިއާ ލެވަލްގައި އެންމެ ބޭނުންވާ ލެވަލަށް ނުދެވުމަކީ އަބަދުވެސް އޮންނަ ކަންބޮޑުވުމެެކެވެ. އެ އަށް އަލި އަޅުވާލައި، ގެނެވޭނެ ބަދަލަކީ ކޮބައިތޯ ސުވާލުކުރުމުން، ކޮކްސް ބުނެފައިވަނީ، ރަނގަޅު ބަދަލު ގެންނަން ގައުމުތަކުން މަަސައްކަތް ފަށާފައިވާކަން އޭނާ އަށް ފެންނަ ކަމަށެވެ.

"ކުރިއަށް އޮތް 10 ވަރަަަަކަށް އޮތް ދުވަސްތެރޭ މި މުބާރާތުގައި (ސާފް 20 އަހަރުން ދަށުގެ މުބާރާތުގައި) ކުޅޭ ކުޅުންތެރިން ވެގެންގޮސްފާނެ 2030 ވަނަ އަހަރު މޮޮރޮކޯ، ސްޕެއިން އަދި ޕޯޗުގަލްގައި ކުޅޭ ވޯލްޑް ކަޕްގައި ނޫނީ 2034 ވަނަ އަހަރު ސައުދީ އަރަބިއްޔާގައި ކުޅޭ ވޯލްޑް ކަޕްގައި ކުޅެފާނެ ކުޅުންތެރިންނަށް. އެއީ އަހަރެމެން މި މުބާރާތަށް އައި ވިސްނުމަކީ، މި ކުޅުންތެރިންނަކީ މި ގައުމުތަކުގެ މުސްތަގުބަލު،" ކޮކްސް ބުންޏެވެ.

ގްރޫޕް ބީގެ ފުރަތަމަ މެޗުގައި މިއަދު، 15:45 ގައި، ބަންގްލަދޭޝް އިން ނުކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox